ސަރުކާރުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ފާއިތުވި ހަތަރު އަހަރު ގެނެވުނު އަމާންކަން: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ): މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ވޭތުވެދިޔަ ހަތަރު އަހަރު ގެނެވުނު އަމާންކަން ކަމަށް - ފޮޓޯ: ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ): މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ވޭތުވެދިޔަ ހަތަރު އަހަރު ގެނެވުނު އަމާންކަން ކަމަށް - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ވެއެތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެ ދެކެމުންދާ ހަމަޖެހުމާއި އަމާންކަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެެ އެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު މާރިޔާ ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނަށާއި ގައުމުގެ އިސްވެރިންނަށް ރައްދުކުރައްވާ މި ހަތަރު އަހަރު ރާއްޖެއަށް ގެނެވިފައިވާ ތަރައްގީގެ މައިގަނޑު އެއް ސަބަބަކީ ގައުމުގައި ގާއިމުވެފައިވާ އަމާންކަން ކަމަށް ވިދާޅުވެފަ އެވެ.

"2008 ވަނަ އަހަރު މަލްޓިޕާޓީ ޑިމޮކްރަޓިކް ނިޒާމެއް ތައާރަފުކޮށް، ޑިމޮކްރަސީގެ މަގަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރި ފަހުން، ފާއިތުވެދިޔަ ހަތަރު އަހަރާއި ފަސް މަހަށްވުރެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމުވެފައި އޮތް ދުވަސްތަކެއް ދިވެހިން ދެކިފައި ނުވާނެކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގައުމު ދެކެމުން މިދާ އަމާންކަމާއި ހަމަޖެހުން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ގިނަ ގޮންޖެހުންތަކާއެކުވެސް، ތަރައްގީގެ ދުވެލީގައި، އަސްކަރީ ދާއިރާވެސް ހިމެނިގެން، ދިވެހިރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މާރިޔާ ވިދާޅުވީ މިއަހަރުގެ ސިފައިންގެ ޝިއާރަކީ "ސިފައިންގެ ބަދަހިކަން – ގައުމުގެ ހަމަޖެހުން" ކަމަށާއި އެ ޝިއާރުން ހަނދާންކޮށްދެނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރެވޭނީ ސިފައިން ބަދަހި ލަޝްކަރެއްގެ ގޮތުގައި އޮވެގެން ކަމަށެވެ.

ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެދުނު 6:00 ޖެހިއިރު ކަޅުތުއްކަލާ ކޮށީގައި ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު މާރިޔާ އެވެ.

މިއަދު ސިފައިންގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް
މިއަދު ސިފައިންގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

މިއަދު ސިފައިންގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ވެސް އެ ހަފުލާގައި ބައިވެރިވި އެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ހިދުމަތް ފެށީ އޭޕްރީލް 21، 1892 ގަ އެވެ. ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox