ވިކްޓަރީއަށް ލިލީ ސޮއިކޮށްފި

Apr 21, 2023, 12:51 AM
ވިކްޓަރީއަށް ލިލީ ސޮއިކޮށްފި

ފުރަތަމަ ޑިވިޝަނުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޑިފެންޑަރު، އަހުމަދު އަބްދުﷲ (ލިލީ) ކުރިއަށް އޮތް ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ލިލީގެ އިތުރުން ދެން ވިކްޓަރީން ސޮއިކުރިކަން އިއުލާނުކުރި ދެ ކުޅުންތެރިންނަކީ ފުޓްސަލްގައި ފާހަގަކުރެވޭ، ދެ ވަނަ ޑިވިޝަނުގައި ކުޅެފައިވާ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޔަފާއު އާއި ގޯލްކީޕަރު، ވިޝާން އަބްދުލް މަޖީދު އެވެ.

ވިކްޓަރީ އަށް ސޮއިކުރި ޔާ އެ ޓީމުގެ ޖޯޒީ ހިފައިގެން: ޔާ ވަނީ ދެ ވަނަ ޑިވިޝަނުގެ އިތުރުން ގައުމީ ފުޓްސަލް ޓީމަށް ވެސް ކުޅެފައި.

ނިއު ރޭޑިއަންޓުން 2009 ވަނަ އަހަރު ކެރިއަރު ފެށި، ޅ. ހިންނަވަރަށް އުފަން، ލިލީ ވަނީ 2015 ވަނަ އަހަރާ ހަމައަށް އެ ޓީމަށް ކުޅެފަ އެވެ. އޭނާ 2016 ވަނަ އަހަރު ކުޅުނީ ޓީސީ އަށެވެ. އަލުން ނިއު އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2019 ވަނަ އަހަރު މާޒިޔާ އަށް ބަދަލުވެ، މިދިޔަ ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކުޅެފައިވެ އެވެ.

މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ޓީމެއް ތައްޔާރުކުރަމުން އަންނަ ވިކްޓަރީން ވަނީ މީގެ ކުރިން ވެސް ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ.

ލިލީގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު އެހެން ކުޅުންތެރިންތަކެއް ވެސް ވަނީ ވިކްޓްރީ އަށް ކުޅެން ނިންމައިފަ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ވިކްޓަރީން ކެރިއަރު ފެށި މުހައްމަދު އުމެއިރު އާއި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)ގެ އިތުރުން ގިނަ އަހަރުތަކެއް ފުރަތަމަ ޑިވިޝަނުގައި ހޭދަކުރި މޫސާ ޔާމީން (ޔާމްބެ) ވެސް ހިމެނެ އެވެ.

ވެލެންސިއާ އަށް ކުޅެމުން އައި، ހުސެއިން ފައިސަލް (ފައިޓޯ)، މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ސިނާހު (ސިނާ) އާއި ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއްގައި ކުޅެފައިވާ ސައްދާމް ހުސެއިން އާއި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އަހުމަދު ރިލްވާން (ބެން) ވެސް މި ވަނީ ވިކްޓަރީ އަށް ކުޅެން ނިންމައިފަ އެވެ.

ވިކްޓަރީއާ ގުޅުނު ކީޕަރު ވިޝާން: އޭނާ ވަނީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކްލަބަށް ކުޅެފައި.

ވިކްޓަރީ އަށް މި ސީޒަނުގައި އިރުޝާދުދޭނެ ކޯޗަކީ ކުރިން އެ ކްލަބަށް ކުޅެފައިވާ ސޮބާހު މުހައްމަދު އިބްރާހިމް އެވެ. ސޮބާ، މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ވިކްޓަރީ އަށް ކޯޗުކޮށްދިނެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ އާއި އެޑްމިނިސްޓްރޭޝަން އެކި އެކި މައްސަލަތަކުގެ ސަބަބުން ވިކްޓަރީ އަށް 2019 ވަނަ އަހަރު ދިން ސަސްޕެންޝަނުން މިދިޔަ ސީޒަނުގައި އެ ޓީމު ސަލާމަތްވުމަށް ފަހު، އެންމެ ފުރަތަމަ ކުރި ކަމަކީ ކްލަބްގެ ދަރަނިތައް ފިލުވުމެވެ. އެ އަށް ފަހު ޓީމު ބިނާކުރުމުގެ މަސައްކަތް ފަށައި، މިދިޔަ ސީޒަނުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، މި އަހަރު މި ވަނީ ދުރާލާ ތައްޔާރުވާން ފަށައިފަ އެވެ. މި ވަގުތަށް ބަލާއިރު، ދެ ވަނަ ޑިިވިޝަން ތާވަލުވެފައި އޮތީ އޮކްޓޫބަރު މަހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox