އުސޫލުގެ ތެރެއިން އެދުމުން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަބަދުވެސް މައުލޫމާތު ދެން: އުރީދޫ

Apr 20, 2023, 6:52 AM
އުރީދޫގެ ނިޔާޒް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވިދާޅުވީ އުރީދޫއިން އިދާރާތަކަށް އަބަދުވެސް އެއްބާރުލުން ދޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އުރީދޫގެ ނިޔާޒް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވިދާޅުވީ އުރީދޫއިން އިދާރާތަކަށް އަބަދުވެސް އެއްބާރުލުން ދޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އޮންނަ އުސޫލުތަކުގެ ތެރެއިން އެދުމުން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އެ ކުންފުނިން މައުލޫމާތި ފޯރުކޮށްދޭ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

މީހުންނަށް ގުޅައިގެން މަކަރުން ފައިސާ ހޯދާ މައްސަލަ ހައްލު ކުރަން ޓެލެކޮމް އޮޕަރޭޓަރުންގެ އެއްބާރުލުން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި އޮއްވައި، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު މި ނޫހާ ވާހަކަދައްކަވަމުން ވިދާޅުވީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ބޭނުންވާ މައުލޫމާތު އެ ކުންފުނިން "އަބަދުވެސް ފޯރުކޮށްދޭނެ" ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ ރެގިއުލޭޓަރީ އުސޫލުތަކުގެ ތެރެއިން ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެދޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދޭން އެދިއްޖެނަމަ އެ މައުލޫމާތު އުރީދޫއިން އަބަދުވެސް ފޯރުކޮށްދޭނެ،" ނިޔާޒު ވިދާޅުވި އެވެ.

މަކަރުން ފައިސާ ހޯދާ މައްސަލަ ހައްލު ކުރަން ދިރާގާއި އުރީދޫގެ އެއްބާރުލުން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވީ މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގަ އެވެ.

"މި މައުލޫމާތުތައް ރައްކާކުރެވިފައި ހުންނަނީ ދިރާގާއި އުރީދޫގައި ކަމުގައި ވާތީ އެފަރާތްތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް ކޯލް ރެކޯޑް ތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެމުން ނުދާތީއާއި އަދި ފޯރުކޮށްދޭ މައުލޫމާތުތައް އެކި ފޯމެޓްގައި ހުރުމުން ، އެކަމުގެ ސަބަބުން އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާކަން ފާހަގަކޮށް، އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރުން ލާޒިމުވާ ފަދަ ގާނޫނީ މިންގަނޑެއް އޮތުން މުހިއްމުކަމުގައި އަޅުގަނޑު ދެކެން،" އެ ސިޓީގައި އިމްރާން ވިދާޅުވި އެވެ.

އެހެންނަމަވެސް، މަކަރުން ފައިސާ ހޯދުމުގެ މައްސަލަތައް ހައްލު ކުރަން އޮޕަރޭޓަރުންގެ އެއްބާރުލުން ލިބޭ ކަމަށް ޓެލެކޮމިނިއުކޭޝަން އޮތޯރިޓީން ވެސް ފަހުން ބުންޏެވެ. އެތަނުގެ ސީއީއޯ އިލްޔާސް އަހުމަދު މި ނޫހާ ވާހަކަ ދައްކަވަމުން ބުދަ ދުވަހު ވިދާޅުވީ ކުށް ކުރުމުގެ އެއްވެސް ކަމެއް ހުއްޓުވަން އޮޕަރޭޓަރުންގެ ފަރާތުން އެއްބާރުލުން ނުލިބި ނުދާ ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ފަރާތްތަކުން ގުޅިގެން މަޝްވަރާކޮށްގެން މިކަންތައްތައް [ސްކޭމް ހުއްޓުވުމަށް މަސައްކަތް] މި ކުރަނީ. އަޅުގަނޑުމެންނަށް ގުޅުން ހުރި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ލިބޭ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox