ސްކޭމް ކޯލްތައް ހުއްޓުވަން އޮޕަރޭޓަރުުންގެ އެއްބާރުލުން ލިބޭ: ކޭމް

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލިޔާސް އަހުމަދު (ވ)

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލިޔާސް އަހުމަދު (ވ)

އޮޅުވާލައިގެން ފައިސާ ހޯދުމަށް އެކި ނަންނަމުގައި ކުރަމުންދާ ސްކޭމް ކޯލުތައް ހުއްޓުވަން ޓެލެކޮމް އޮޕަރޭޓަރުުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ސީއީއޯ އިލިޔާސް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގައި ހޯމް މިނިސްޓަރު އިމްރާން ވަނީ ޖަލުން ކުރާ ސްކޭމް ކޯލުތައް ހުއްޓުވުުމަށް ޓެލެކޮމް އޮޕަރޭޓަރުންގެ އެންމެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށެވެ.

ކޭމްގެ ސީއީއޯ އިލިޔާސް "އަދަދު" އަށް ވިދާޅުވީ ސްކޭމް ކޯލުތައް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމަށް ޓެލެކޮމް އޮޕަރޭޓަރުންގެ ފަރާތުން ލިބެންޖެހޭ އެންމެ ފުރިހަމަ އެއްބާރުލުންް ވެސް ލިބޭ ކަމަށެވެ.

Advertisement

"އަޅުގަނޑުމެން ހުރިހާ ފަރާތްތަކުން ގުޅިގެން މަޝްވަރާކޮށްގެން މިކަންތައްތައް [ސްކޭމް ހުއްޓުވުމަށް މަސައްކަތް] މި ކުރަނީ. އަޅުގަނޑުމެންނަށް ގުޅުން ހުރި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ލިބޭ،" އިލިޔާސް ވިދާޅުވި އެވެ.

އިލިޔާސް ވިދާޅުވީ އެކި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން ގުޅުމާއި މެސެޖުކުރުން ހުއްޓުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު 1، އިން ފެށިގެން ސިމްކާޑު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ވަރަށް އަވަހަށް އެކަކަށް ސިމް ދޫކުރާ އަދަދު ކޮންޓްރޯލުކުރުމުގެ މަސައްކަަތް ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މި ފަހަކަށް އައިސް އެކި އިދާރާތަކާއި ކުންފުނިތަކުގެ ނަމުގާ ގުޅާ މީޙުން އަތުން ފައިސާ ހޯދުމާއި އެކައުންޓުގެ މައުލޫމާތު ހޯދައިގެން އެކައުންޓުން ވައްކަން ކުރުމުގެ މައްސަލަ ވަަނީ އިންތިހާއަށް ގިނަވެފަ އެވެ. މިފަދަ މައްސަލަތަކުގައި ސްކޭމް ކޯލުތައް ކުރާ މީހުން އަތުލައިގަނެވެނީ މަދު ފަހަރެއްގަ އެވެ.

މިދިޔަ އަހަރު އެކަނިވެސް އޮޅުވާލައިގެން ބޭންކު އެކައުންޓުން ފައިސާ ހޯދުމުގެ 1087 މައްސަލަ ހުށަހެޅި ކަމަށް ފުލުހުން ބުނެ އެވެ. މިއަހަރުގެ މިހައިތަނަށް 155 މައްސަލަ ހުށަހަޅާފައިވާކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox