ޖާބިރު ވިދާޅުވަނީ "ރައީސަށް އަވަގުރާނަ ގޮވާ އޯޑިއޯ" އަކީ އަސްލެއް ނޫންކަަމަށް

ޖާބިރު ވިދާޅުވަނީ "ރައީސަށް އަވަގުރާނަ ގޮވާ އޯޑިއޯ" އަކީ އަސްލެއް ނޫންކަަމަށް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް، ހުތުރުބަހުން ވާހަކަދައްކަވާފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބަޔަކު އާއްމުކުރި އޯޑިއޯ އަކީ އަސްލެއް ނޫން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ދެއްކެވި ވާހަކައިގައި ރައީސަށް ތައުރީފުކުރައްވަން ފެށްޓެވުމުން، ޖާބިރުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯގެ ވާހަކަ އެހެން މެމްބަރަކު ވިދާޅުވާ އަޑު އިވެ އެވެ. އެއާ އެކު އޭނާ އެ މެމްބަރަކަށް ރައްދު ދެއްވި އެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ އޯޑިއޯއަކުން ދައްކާނެ ވާހަކައެއް ނޯންނާނެ. އޯޑިއޯ ހަދައިގެން މީހުން ޖަހަމުން ދަނީ މަދަކުން ނޫން. އެއީ ރާއްޖޭގައި ވަރަށް ޒަމާނުއްސުރެ ކުރަމުން އަންނަ ކަންކަން،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި މީހުންގެ ނަމުގައި އޯޑިއޯ އާއި ފޮޓޯ ހަދައިގެން ވާހަކަތައް ދެއްކުމަކީ އާކަމެއް ނޫން ކަމަށެވެ.

ރައީސަށް ނިސްބަތްކޮށް ހުތުރުބަހުން ވާހަކަ ދައްކާ އޯޑިއޯގައިވާ އަޑަކީ ޖާބިރުގެ އަޑުކަން ނުވަތަ ނޫންކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް އެކި މީސްމީހުންގެ އަޑުން އެހެން މީހުން ވާހަކަ ދެއްކުމަކީ ރާއްޖޭގައި ވެސް އަދި އެހެން ގައުމުތަކުގައި ވެސް ހިނގާ ކަމެކެވެ.

ޖާބިރުގެ އޯޑިއޯއެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އެ އޯޑިއޯ އާއްމުކުރި ހަފުތާގައި ވެސް މަޖިލީހުގެ ޖަލްސާތަކުގައި އޭނާ ވާހަކަ ދެއްކެވީ ރައީސް ސޯލިހާ އެއްކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox