އޮޅުވާލައިގެން 6،000 ރ. ހޯދުމުން 24،000 ރ. ގެ ޖޫރިމަނާއެއް

ކްރިމިނަލް ކޯޓު އިމާރާތް؛ އޮޅުވާލައިގެން ފައިސާ ޖަމާކުރި މީހަކަށް ކޮމިއުނިޓީ ސާވިސްގެ އަދަބު ކަނޑައަޅައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކްރިމިނަލް ކޯޓު އިމާރާތް؛ އޮޅުވާލައިގެން ފައިސާ ޖަމާކުރި މީހަކަށް ކޮމިއުނިޓީ ސާވިސްގެ އަދަބު ކަނޑައަޅައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކަށް ގުޅައި، މަސައްކަތް ކުރަމުން އައި ރިސޯޓުގެ އިސް މީހެއް ކަމަށް ބުނެ އޮޅުވާލައިގެން 6،000 އެއްހާ ރުފިޔާ ހޯދި މީހަކަށް އަދަބެއްގެ ގޮތުގައި 24،000ރ. ގެ ޖޫރިމަނާއެއްކޮށްފި އެވެ.

މި މައްސަލާގައި ދައުލަތުން އަބްދުﷲ މުއާޒު ސައީދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން ލ. އަތޮޅު ސިކްސް ސެންސާސް ރިސޯޓްގައި މަަސައްކަތް ކުރާ ތައިލެންޑް މީހަކަށް ގުޅައި، އެ ރިސޯޓްގެ ފައިނޭންޝަލް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މީހެއް ކަމަށް ބުނެ އޮޅުވާލައިގެން އަމިއްލަ ބީއެމްއެލް އެކައުންޓަށް 400 ޑޮލަރު (6،144 ރ.) ޖަމާކޮށްފައިވެ އެވެ.

ޝަރީއަތުގައި އަބްދުﷲ މުއާޒު ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. ކުށަށް އިއުތިރާފުވެފައިވާތީ ޖަލު އަދަބެއްގެ ބަދަލުގައި ޖޫރިމަނާގެ އަދަބަކަށް ލުއިކޮށްދޭން އޭނާ އެދިފައިވެ އެވެ. އަދި ވަޒީފާ އަދާކޮށް މުސާރަ ލިބޭ މީހަކަށް ވާތީ ޖޫރިމަނާ ދެއްކޭނެ ކަމަށް އޭނާ ޝަރީއަތުގައި ބުނެފައިވެ އެވެ.

ގާނޫނުގައި، އެ ދައުވާއަށް ކަނޑައަޅާފައިވާ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ކުށަށް އިއުތިރާފުވާ ނަމަ މިންގަނޑު އެއް ދަރަޖަ ދަށްކުރެވެ އެވެ. އެއީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

ފަނޑިޔާރަށް ލިބިދޭ އިހުތިޔާރުގެ ތެރެެއިން އަދަބުގެ އަސާސީ މިންގަނޑު ވަނީ އެއް ދަރަޖަ ކުޑަކޮށްފަ އެވެ. އަދި ހަތަރު މަހުގެ ޖަލު އަދަބު 24،000 ރ. ގެ ޖޫރިމަނާއަކަށް ބަދަލުކޮށް 24 ދުވަހުގެ ޖަލު އަދަބު ވަނީ 137 ގަޑިއިރަށް މުޖުތަމައަށް ހިދުމަތް ކޮށްދިނުމުގެ އަދަބަކަށް ބަދަލުކޮށްދީފަ އެވެ.

ޖޫރިމަނާ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށް، މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބު އިއްވެވި ހުކުމުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox