އެމްބާޕޭގެ ދެ ގޯލުން މޮޅުވެ ޕީއެސްޖީ ލީގު ކަށަވަރުކުރުމާ ގާތަށް

Apr 22, 2023, 12:39 AM
އެންޖާސް ކޮޅަށް ގޯލު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.

އެންޖާސް ކޮޅަށް ގޯލު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.

ޕެރިސް (އޭޕްރީލް 22) - ކީލިއަން އެމްބާޕޭ ޖެހި ދެ ގޯލާ އެކު، 2-1 އިން އެންޖާސް ބަލިކޮށް، ޕީއެސްޖީން ފްރެެންޗް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.

ފްރެންޗް ލީގުގެ އެއް ވަަނައިގައި ޕީއެސްޖީ އޮތީ ބާކީ ހަ މެޗު އޮތްއިރު، 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 32 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ އަށް 31 މެޗުން ވަނީ 64 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނައިގައި އޮތް ލެންސްގެ 31 މެޗުން 63 ޕޮއިންޓް އެބައޮތެވެ.

ޕީއެސްޖީން ލީޑުނެގީ ލިއޮނަލް މެސީ ބައިވެރިވެގެން ކުރި އެޓޭކެއްގައި މެޗުގެ ނުވަ ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ގޯލުންނެވެ. މިއީ ހުއާން ބެނާޓް ދިން ބޯޅައަކުން އެމްބާޕޭ ޖެހި ގޯލެކެވެ.

Advertisement

މެޗުގެ 26 ވަނަ މިނިޓްގައި މެސީ ދިން ބޯޅައަކުން އެމްބާޕޭ ވަނީ ހުސްކޮށް އަރައި، އެންޖާސްގެ ކީޕަރު ޕޯލް ބެނަޑޯނީ ކައިރިން ގޯލު ޖަހައިފަ އެވެ. މިއީ މި ފަހަރު ލީގުގައި އެމްބާޕޭގެ 22 ވަނަ ގޯލެވެ. އަދި މުޅި ސީޒަނަށް ބަލާއިރު، 34 ވަނަ ގޯލެވެ. މިއީ މި ސީޒަނުގައި ލީގުގައި މެސީ ދިން ބޯޅަތަކުން ޖެހި 15 ވަނަ ގޯލެވެ.

އެންޖާސް އަށް މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު މެޗުގެ 87 ވަނަ މިނިޓްގައި ޖަހައިިދިނީ ސައީދު ތޯބް އެވެ.

މި މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ މޮޅުވިޔަސް ހަގީގަތުގައި މިއީ މުޅި މެޗަށް ބަލާއިރު، ޕީއެސްޖީ ދަށް ދުވަހެއް ކަމަށެވެ. އަދި ހާއްސަކޮށް ދެ ވަނަ ހާފުގައި ޕީއެސްޖީ އަށް އަމިއްލަ ގޭމް ނުކުޅެވުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ގަލްޓިއޭ ފާހަގަކުރި އެވެ.

"ޕީއެސްޖީ އަށް އޮތީ ހަމައެކަނި ނަތީޖާއެއް ނެރެ މޮޅުވުމެއް ނޫން އަހަރެން ދެކޭ ގޮތުގައި، އެބަޖެހޭ ހަމަ މޮޅަށް ކުޅެގެން މޮޅުވާން،" ގަލްޓިއޭ ބުންޏެވެ.

ޕީއެސްޖީން 11 ވަނަ ފަހަރަށް ލީގު ޗެމްޕިއަން ހޯދުމާ ގާތުގައި އޮތްއިރު، އެ ކްލަބުން ނުވަ ފަަހަރު ލީގު ކާމިޔާބުކުރީ 2011 ވަނަ އަހަރު ގަތަރުގެ އިންވެސްްޓަރުން އެ ކްލަބް ގަތް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox