ދަގަނޑޭ ސަސް އަށް: "މިއީ ފުޓްބޯޅަ ކެރިއަރުގެ ފެށުމާ ވެސް ގުޅޭ ނިންމުމެއް"

ދަގަނޑޭ (ސަސް) އަށް ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް (މ) އާއި ސަސްގެ ރައީސް އިސްމާއިލް އާތިފް (ވ).-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ދަގަނޑޭ (ސަސް) އަށް ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް (މ) އާއި ސަސްގެ ރައީސް އިސްމާއިލް އާތިފް (ވ).-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)، ކުރިއަށް އޮތް ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެން ސޮއިކުރީ އެހެން ކްލަބްތަކުގެ ހުށަހެޅުން ވެސް ލިބިފައި އޮއްވަ އެވެ.

ސަސް އަކީ ދަގަނޑޭ، 37، ގެ ކެރިއަރުގައި އޭނާ ކުޅޭނެ ނުވަ ވަނަ ކްލަބް އެެވެ.

ދަގަނޑޭ ވަނީ މީގެ ކުރިން ރާއްޖޭގެ ޓީމުތައް ކަމަށްވާ ކްލަބް ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ވީބީ އައްޑޫ އެފްސީގެ އިތުރުން މެލޭޝިއާގެ ޕީޑީއާރްއެމް އެފްއޭ އާއި ބްރުނާއީގެ ޑީޕީއެމް އަށް ކުޅެފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ސަސް ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން: ދަގަނޑޭ (ކ) ބޯޅަ ހިފައިގެން ވެލެންސިއާގެ އައިހަމް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދަގަނޑޭ ބުނީ ކެރިއަރުގެ މިހާ ހިސާބުގައި ސަސް އަށް ކުޅެން ނިންމި ނިންމުމަކީ މުޅި ފުޓްބޯޅަ ހަޔާތާ ވެސް ގުޅޭ "ހާއްސަ" ކަމެއް ކަމަށެެެވެ.

"ކުޑަ އިރުއްސުރެ އުޅުނު ސަރަހައްދުގެ ޓީމު މިއީ. މުޅިން ރަށްޓެހިން މި ތިބީ މި ކްލަބްގެ ކަންކަމުގައި. ހަގީގަތުގައި އަބަދުވެސް ބޭނުންވެފައި ހުރީ ކެރިއަރުގެ ކޮންމެ ވެސް ހިސާބަކުން ސަސް އަށް ކުޅެން. ދެން، ސަސް މިހާރު އޮތް ހިސާބުން ކުރިއަށް ގެންދަން އެހީތެރިވެވޭނެ ހުރިހާ ގޮތަކުން ބައިވެރިވެގެން މި ކްލަބާ އެކު ވެސް ކަންކަން ހާސިލްކުރުން އަމާޒަކީ،" ސަސްގެ ކެޕްޓަން ބޭންޑް އަޅައިގެން، މިދިޔަ ހުކުރު ދުވަހުގެރޭ ދެ ގޯލު ޖެހި ދަގަނޑޭ، އިއްޔެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ދަގަނޑޭ، ސަސްއާ ރަސްމީކޮށް ގުޅުމަށް އިއްޔެ ހަވީރު ސަސް ކެފޭގައި ބޭއްވި އިވެންޓްގައި ސަސްގެ ރައީސް އިސްމާއިލް އާތިފް އާއި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން މި ސީޒަނުގައި ސަސް ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންގެ އިތުރުން ސަސް އެކެޑަމީގެ އެކި ފަރާތްތަކުން ވެސް ވަނީ މި ހާއްސަ އިވެންޓްގައި ބައިވެރިވެފަ އެވެ.

ސަސް އަށް ސޮއިކުރުމަށް ފަހު، ދަގަނޑޭ (ވ) އެ ކްލަބްގެ ރައީސް އާތިފްއާ އެކު.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ސަސްގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ ސަސް ކްލަބް އުފެދިފައި މި އޮތް ސަރަހައްދަކީ ދަގަނޑޭގެ ކެރިއަރާ ހާއްސަ ގުޅުމެއް އޮތް ތަނެއް ކަމަށެވެ. އެ ގޮތުން، ދަގަނޑޭ، ސަސްއާ ކުޅުމަކީ އަބަދުވެސް ކްލަބް މެނޭޖްމަންޓުން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމެއް ކަމަށާއި ކެރިއަރުގެ ކޮންމެ ހިސާބަކުން ނަމަވެސް ދަގަނޑޭ ސަސް އަށް ކުޅުން ހާއްސަވާނެ ކަމަށް އާތިފް ގަބޫލުކުރައްވަ އެެވެ.

"މިއީ އަޝްފާގު އުޅެބޮޑުވި ސަރަހައްދު، މި ސަރަހައްދުގެ ޓީމެއް މިހާރު މި އޮތް ހިސާބުން ކުރިއަށް ގެންގޮސްދޭން އަޝްފާގުގެ ވެސް ހާއްސަ އަމާޒެއް އެބައޮތް. އެހެން ކަމުން، މިއީ، އަޝްފާގުގެ ކެރިއަރުގައި ވަރަށް ހާއްސަވާނެ ނިންމުމެއް ކަމަށް ގަބޫލުކުރަނީ، އެއީ މި ކްލަބާ ގިނަ ގޮތްގޮތުން އޭނާ ގުޅޭނެ. އަޝްފާގު ޓީމާ ގުޅުން މިއީ ޓީމުގެ މެނޭޖްމަންޓަށް ވެސް ލިބޭ ހިތްވަރެއް،" އާތިފް ވިދާޅުވި އެވެ.

ސަސްގެ މެނޭޖްމަންޓުން ވަނީ އާބަންކޯ އާއި ރާއްޖޭގެ ސަރުކާރުން ކުޅިވަރަށް ކޮށްދޭ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

އަދި އާބަންކޯ އަކީ ކުޅިވަރުގެ އެކި ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ގިނަ ކަންކަން ކޮށްދޭ ކުންފުންޏެއްކަން ފާހަގަކޮށް، ސަސް އިން ބުނީ އުންމީދަކީ އެ ކްލަބްގެ ކަންކަމުގައި ވެސް މިހާރަށް ވުރެ ގާތްގުޅުމެއް ބަހައްޓައިގެން ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox