އެމްބާޕޭގެ ރެކޯޑް ގޯލާ އެކު ޕީއެސްޖީން އެއް ވަނައިގައި ލީޑުފުޅާކޮށްފި

Apr 16, 2023, 1:06 AM
އެމްބާޕޭގެ ރެކޯޑް ގޯލާ އެކު ޕީއެސްޖީން އެއް ވަނައިގައި ލީޑުފުޅާކޮށްފި

ޕެރިސް (އޭޕްރީލް 16) - ޕީއެސްޖީ އަށް ފްރާންސް ލީގުގައި އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ކީލިއަން އެމްބާޕޭ މުގުރާލި މެޗުގައި 3-1 އިން ލެންސް ބަލިކޮށް ޕީއެސްޖީން ލީގުގެ ކުރީގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ޕީއެސްޖީ ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 31 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެންސަށް ވަނީ 31 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މާސޭ އަށް 30 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ.

މި މެޗުގައި އެމްބާޕޭ ޖެހި ގޯލާ އެކު، ޕީއެސްޖީގެ ޖޯޒީގައި ފްރެންޗް ލީގުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޭނާ އަށް ލިބުނީ އެވެ. ރޭގެ ގޯލަަކީ ޕީއެސްޖީ އަށް ލީގުގައި ކުޅެދިން 169 ވަނަ މެޗުގައި އެމްބާޕޭ އެ ޓީމަށް ޖަހައިދިން 139 ގޯލެވެ. މިއީ، މި ފަހަރު ލީގުގައި އެމްބާޕޭގެ 20 ވަނަ ގޯލެވެ.

Advertisement

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ލެންސްގެ މިޑްފީލްޑަރު ސަލީސް އަބްދުލް ސަމަދު އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. މެޗުގެ 19 ވަނަ މިނިޓްގައި ގާނާގެ އަބްދުލް ސަމަދަށް ރަތް ކާޑު ދެއްކީ ޕީއެސްޖީގެ އަޝްރަފް ހަކީމީ އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

މެޗުގެ 31 ވަނަ މިނިޓްގައި ލިއޮނަލް މެސީ އާއި ވިޓީނިއާ ގުޅިގެން ތަނަވަސްކުރި އެޓޭކެއްގައި އެމްބާޕޭ އަށް އޭރިއާތެރެއިން ލިބުނު ބޯޅަ ފޮނުވާލުމުން ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

ލީޑުނެގިތާ ހަ މިނިޓް ފަހުން ނޫނޯ މެންޑޭސް ދިން ބޯޅައަކުން ވިޓީނިއާ ވަނީ ޕީއެސްޖީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 37 ވަނަ މިނިޓްގައި ކޯނަރަކުން ލިބުނު ބޯޅައެއްގައި އޭރިއާބޭރުން ވިޓީނިއާ ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 40 ވަނަ މިނިޓްގައި އެމްބާޕޭ ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކޮށްލައި ޖާގައެއް ހޯދުމަށް ފަހު މެސީ ވަނީ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ލެންސްގެ ހަމައެކަނި ގޯލު، މެޗުގެ 60 ވަނަ މިނިޓްގައި ޖެހީ ޕެނަލްޓީ އަކުން ޕްޒެމިސްލޯވް ފްރަންކޯސްކީ އެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނީ ލީގުގައި ބާކީ އަށް މެޗު އޮއްވައި، ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ލިބުނު ނަމަވެސް އެއީ ހުރިހާ ކަމެއް ދޫކޮށްލައި، ލީގު ޔަގީންވީ ކަމަށް ދެކިގެން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox