ނަޕޯލީ އާއި މިލާނަށް މޮޅެއް ނުލިބި، މޮންޒާ އަތުން އިންޓަ ބަލިވެއްޖެ

Apr 16, 2023, 1:04 AM
ނަޕޯލީގެ ކްރަަވަޝްކޭލިއާ (މ) ވެރޯނާގެ ތިން ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.

ނަޕޯލީގެ ކްރަަވަޝްކޭލިއާ (މ) ވެރޯނާގެ ތިން ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.

މިލާން (އޭޕްރީލް 16) - އިޓާލިއަން ލީގުގައި މި ހަފްތާގެ މެޗުތަކުން ނަޕޯލީ އާއި އޭސީ މިލާން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، މޮންޒާ އަތުން އިންޓަ މިލާން 1-0 އިން ބަލިވެއްޖެ އެވެ.

ލީގުގެ ކުރީގައި އޮތް ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި ހެލަސް ވެރޯނާއާ 0-0 އިން އެއްވަރުވެފަ އެވެ. ބޮލޯނިއާ ދަނޑުގައި ކުޅުނު މެޗުން އޭސީ މިލާން ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ތިރީސް ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރަމުން އަންނަ ނަޕޯލީ، ރޭގެ ނަތީޖާ އަށް ފަހު ވެސް ލީގުގެ އެއް ވަނައިގައި އޮތީ 14 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 30 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލާޒިއޯ 30 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ. މިލާން އެއްވަރުވުމުން ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލުނީ އެވެ. ތިން ވަނައިގައި އޮތް ރޯމާ އާއި ހަތަރެއްގައި އޮތް މިލާނަށް ވަނީ 53 ޕޮއިންޓް ލިބިފަ އެވެ. މިރޭ އުދިނޭޒީ އަތުން ރޯމާ މޮޅުވެއްޖެނަމަ ތިން ވަނައިގައި ހަމަޖެހިލަން ފުރުސަތު ލިބޭނެ އެވެ.

ނަޕޯލީން ރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ވަނީ އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިންނަށް ފުރުސަތު ނުދޭން ނިންމައިފަ އެވެ. އެއީ މި ހަފްތާގައި މިލާނާ ދެކޮޅަށް ކުޅެން އޮތް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގަށް ވިސްނުމަށް ފަހު އެވެ.

އެކަމަކު، ރޭގެ މެޗުގައި ބެންޗުން އަރައި، ނަޕޯލީގެ ވިކްޓާ އޮސީމެން ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، އެ ޓީމުގެ ކްވިޗާ ކްރަވަޝްކޭލިއާ އަށް ލިބުނު ފުރުސަތުތަކުގައި ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.

ބޮލޯނިއާ އިން ވަނީ ރޭ މިލާން ކައިރިން 32 ވަނަ ސިކުންތުގައި ލީޑުނަގައިފަ އެވެ. އާދައިގެ ގޮތަކަށް މެޗު ފެށި މިލާން ކޮޅަށް ބޮލޯނިއާގެ ގޯލު ޖެހީ ނިކޯލާ ސަންސޯނޭ އެވެ. މިލާނަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދިނީ ތޮމާސޯ ޕޮބޭގާ އެވެ. ދެ ވަނަ ހާފުގައި ދެ ޓީމަށް ވެސް އިތުރު ގޯލެއް ޖެހޭގޮތެއްނުވި އެވެ.

އިންޓަ ދަނޑުގައި މޮންޒާ މޮޅުކޮށްދިން ގޯލު ޖެހީ އިންޓަ އެކެޑަމީގައި ތަމްރީންވި ކުޅުންތެރިއެއް ކަމަށްވާ ލޫކަ ކަލްޑިރޯލާ އެވެ. އޭނާ މި ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 12 މިނިޓަށް ވެފައި ވަނިކޮށެވެ.

އިންޓަ އިން ގޯލެއް ޖަހައި ނަތީޖާ ހަަމަހަަމަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން މެޗުގެ ފަހު ކޮޅުގައި އިންޓަގެ އެޑިން ޖެކޯ އަށް ލިބުނު ރަނގަޅު ފުރުސަތުން ގޯލެއް ނުޖެހުނެވެ. އިންޓަ އިން ލީގުގައި މޮޅެއް ނުލިބި ހޭދަކުރާ މުއްދަތުގައި މި ވަނީ މަހަކަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox