14 އަހަރަށް ފަހު ގުރައިދޫ ދާއިރާ އެމްޑީޕީއަށް!

ޝާޒް ދާއިރާގެ ބައެއް މެމްބަރުންނާއެކު: މިއީ އެމްޑީޕީ މެމްބަރަކު ގުރައިދޫ ދާއިރާއަށް އިންތިހާބުވި ފުރަތަމަ ފަހަރު -- ފޮޓޯ: އެމްޑީޕީ

ޝާޒް ދާއިރާގެ ބައެއް މެމްބަރުންނާއެކު: މިއީ އެމްޑީޕީ މެމްބަރަކު ގުރައިދޫ ދާއިރާއަށް އިންތިހާބުވި ފުރަތަމަ ފަހަރު -- ފޮޓޯ: އެމްޑީޕީ

ގުރައިދޫ ދާއިރާ އަކީ ޑީއާރުޕީ ޒަމާނުއްސުރެ "އެމްޑީޕީއާ ދެކޮޅު" ދާއިރާ އެކެވެ. މިދިޔަ 14 އަހަރު ވެސް ރައްޔިތުންގެ މަޖލީހުގައި އެ ދާއިރާ ތަމްސީލުކުރެއްވީ އެމްޑީޕީއާ ދެކޮޅު ފިކުރުގެ ބޭފުޅެއްގެ ގޮތުގައި މަރުހޫމް އިބްރާހީމް ރިޒާ އެވެ.

ނަމަވެސް މިިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒް މި ވަނީ ތާރީހީ ބޮޑު މޮޅެއް ހޯއްދަވައިފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ޝާޒަކީ އެމްޑީޕީގެ ފަރާތުން ގުރައިދޫ ދާއިރާ ތަމްސީލު ކުރައްވާނެ ފުރަތަމަ މެމްބަރެވެ.

ނަތީޖާ ދައްކާ ގޮތުން ޝާޒަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އެންމެ ގާތުން ވާދަ ކުރެއްވި ޕީޕީއެމްގެ ހުސެއިން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 122 ވޯޓެވެ.

ގުރައިދޫ ދާއިރާގެ ތާރީހު

އެންމެ ފުރަތަމަ ޑީއާރުޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ 2009 ވަނަ އަހަރު އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ 100 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ. އެފަހަރު ދެޕާޓީއަށް ލިބުނު ވޯޓުގެ ތަފާތު ނިސްބަތުން ކުޑަވީ އެފަހަރުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ އަދަދު ވެސް ގިނަވީމަ އެވެ. އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓުންނާ އެކު އެ ފަހަރު އެ ދާއިރާއަށް ޖުމްލަ ފަސް ބޭފުޅުން ކުރިމަތިލެއްވި އެވެ.

2009 ގެ ނަތީޖާ

  1. އިބްރާހީމް ރިޒާ(ޑީއާރުޕީ): 723 ވޯޓު
  2. އަލީ ޝާހީން ހުސައިން (އެމްޑީޕީ): 678 ވޯޓު
  3. މުހައްމަދު ސަލީމް: 331 ވޯޓު
  4. އަލީ ސިރާޖް: 220 ވޯޓު
  5. މާދިހު އިސްމާއީލް: 06 ވޯޓު

އެ އަހަރުގެ އިންތިހާބަކީ ރާއްޖެއަށް މަލްޓިޕާޓީ ނިޒާމު ތައާރަފްވީ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރި ފުރަތަމަ އިންތިހާބެވެ. މިހާރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން ވަކި ދާއިރާއެއްގެ ގޮތުގައި ގުރައިދޫ ދާއިރާ އުފެއްދީ ވެސް އެ އިންތިހާބަށެވެ. އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި މާލެ އަތޮޅަށް ވެސް ހުންނަނީ ދެ ގޮނޑި އެވެ.

ތާރީހީ އެ އިންތިހާބުގައި އޭރުގެ ޑީއާރުޕީން ހޯދި ކާމިޔާބީ، ޑީއާރުޕީގެ ފުރަތަމަ ލީޑަޝިޕުން އުފެއްދި ޕީޕީއެމް އިން ވެސް މިދިޔަ 14 އަހަރު ދެމެހެއްޓި އެވެ. ޕީޕީއެމަށް އެ ދާއިރާ ތިން ފަހަރު ވެސް ކާމިޔާބުކޮށްދެއްވީ މަރުހޫމް ރިޒާ އެވެ.

އެ ތިން ފަހަރުގެ ތެރެއިން ދެ ފަހަރު އޭނާ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިރު ވެރިކަމުގައި އޮތީ އެމްޑީޕީ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު އެވެ.

ތިން އިންތިހާބުގެ ތެރެއިން އެންމެ ތަފާތު ކުޑަ ނަތީޖާއެއް ނުކުތީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 އާއި 2019 ގައި ވެސް ރިޒާ އިންތިހާބު ކާމިޔާބުކުރެއްވީ 200 އެއްހާ ވޯޓުގެ ތަފާތުންނެވެ. އޭނާ އަށް 2014 ވަނަ އަހަރުގެ އިންތިހާބުގައި 1153 ވޯޓު ލިބިވަޑައިގެންނެވި އިރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 808 ވޯޓެވެ. އެފަހަރު ވެސް އެމްޑީޕީގެ ފަރާތުން ނުކުމެވަޑައިގެންނެވީ 2009 ވަނަ އަހަރު ވެސް ވާދަކުރެއްވި ކެންޑިޑޭޓެވެ.

މިފަހަރު އެމްޑީޕީގެ ޝާޒު ގޮނޑި ކާމިޔާބު ކުރެއްވީ 114 ވޯޓުގެ ތަފާތަކުންނެވެ. ޝާޒަށް 1340 ވޯޓު ލިބުނުއިރު އެންމެ ގާތުން ވާދަ ކުރި ކެންޑިޑޭޓަށް ލިބުނީ 1226 ވޯޓެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު ގުރައިދޫ ދާއިރާއިން އެމްޑީޕީއަށް މި ލިބުނީ ތާރީހީ މޮޅެކެވެ. ސަތޭކައެއްހާ ވޯޓުގެ ތަފާތަކުން ނަމަވެސް އެމްޑީޕީއަށް މި ލިބުނީ ބޮޑު މޮޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox