ގުރައިދޫ ދާއިރާ އިންތިހާބުގެ ވޯޓުލުން ފަށައިފި

Apr 15, 2023, 3:05 AM
ގުރައިދޫ ވޯޓުލާ މަރުކަޒުގައި މީހަކު ވޯޓުލަނީ. މިއަދުގެ އިންތިހާބުގައި 3400 މީހުންނަށް ވޯޓު ލެވޭ -- ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)

ގުރައިދޫ ވޯޓުލާ މަރުކަޒުގައި މީހަކު ވޯޓުލަނީ. މިއަދުގެ އިންތިހާބުގައި 3400 މީހުންނަށް ވޯޓު ލެވޭ -- ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން ދެންމެއަކު ފަށައިފި އެވެ.

ކ. ގުރައިދޫގެ އިތުރުން އެ އަތޮޅު ގުޅި އާއި މާފުށި ހިމެނޭ އެ ދާއިރާގެ ތިން ރަށުގެ އިތުރުން މާލޭގައި ވެސް މިއަދު ވޯޓުލުން ކުރިއަށްދާނެ އެވެ.

މިއަދުގެ އިންތިހާބުގައި ވާދަ ކުރައްވަނީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިބްރާހިމް ޝާޒް އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ހުސެއިން ރިޒާ އާދަމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ އަލީ އަރީފެވެ.

ގުރައިދޫގައި ވޯޓުލުމަށް ކިޔޫގައި ތިބި މީހުންގެ އައިޑީ ކާޑު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ބަލަނީ. -- ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)
ގުރައިދޫގައި ވޯޓުލުމަށް ކިޔޫގައި ތިބި މީހުންގެ އައިޑީ ކާޑު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ބަލަނީ. -- ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)

ގުރައިދޫގައި ވޯޓުލުމަށް ކިޔޫގައި ތިބި މީހުންގެ އައިޑީ ކާޑު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ބަލަނީ. -- ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު)

މިއަދު ބާއްވާ އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ ގުރައިދޫއިން 1394 މީހުންނާއި މާފުށިން 1366 މީހުންނާއި ގުޅިން 663 މީހުންނެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށެވެ. އެއަށްފަހު ވޯޓު ގުނަން ފަށައި މިރޭ ނަތީޖާއެއް ލިބޭނެ އެވެ. ހުރިހާ ވޯޓު ފޮޓެއްގައި ވެސް ގަޑިއަށް ވޯޓުލާން ފެށުނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އިބްރާހިމް ރިޒާ، 55، ނިޔާވުމުންނެވެ. އޭނާ ނިޔާވީ ކެންސަރަށް ފަރުވާ ކުރަމުންދާތާ ގިނަ ދުވަސްތަކަކަށްފަހެވެ.

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން 147 އަށް ކައިރިވެފައި އޮއްވާ މިއަދު ކުރިއަށްދާ އިންތިހާބުން މޮޅުވުން އިދިކޮޅަށް އަދި ސަރުކާރަށް ވެސް މުހިންމެވެ.

ވޯޓު މަރުކަޒުތައް

މާލެ: އިއްޒުއްދީން ސްކޫލް

މާފުށި: މާފުށީ ސްކޫލް

ގުރައިދޫ

  • 1 ނަންބަރު ފޮށި: ކައުންސިލް އިދާރާ،
  • 2 ނަންބަރު ފޮށި: ޔޫތު ސެންޓަރު

ގުޅި: ގުޅީ ސްކޫލް

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox