ލީކުވި އީމެއިލް މައްސަލައިގައި ގަލްޓިއޭ ބުނަނީ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް

Apr 15, 2023, 12:43 AM
ގަލްޓިއޭ: އޭނާގެ މައްޗަށް ކުރާ ނަސްލީ ތަފާތުކުރުމުގެ ތުހުމަތުތަކަށް އިންކާރުކުރޭ.

ގަލްޓިއޭ: އޭނާގެ މައްޗަށް ކުރާ ނަސްލީ ތަފާތުކުރުމުގެ ތުހުމަތުތަކަށް އިންކާރުކުރޭ.

ޕެރިސް (އޭޕްރީލް 15) - މިދިޔަ ސީޒަނުގައި ފްރާންސްގެ ނީސް އަށް ކޯޗުކޮށްދިންއިރު، މިހާރު ޕީއެސްޖީއާ ހަވާލުވެހުރި ކޯޗު ކްރިސްޓޮފް ގަލްޓިއޭ ކުރި އީމެއިލެއް ކަމަށް ބުނާ މެއިލެއް ލީކުވެ، އޭގައި ނަސްލީ ތަފާތުކުރުމަށް ބާރު ލިބޭ ގޮތަށް ދައްކާފައިވާ ވާހަަކަތަކެއްގެ މައްސަލަ ހޫނުވެއްޖެ އެވެ.

ނީސްގެ ވެރިންނަށް ގަލްޓިއޭ ފޮނުވި ކަމަށް ބުނާ އީމެއިލްގައި އޭނާ ބުނެފައިވާ ގޮތުގައި އެ ކްލަބްގެ ސްކޮޑުގައި ކަޅު ނަސްލުގެ ކުޅުންތެރިންނާއި މުސްލިމް ކުޅުންތެރިން ގިނަ ކަމަށް ބުނެ، ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި ނީސް އަށް ކޯޗުކޮށްދިން ގަލްޓިއޭގެ މި މެއިލްގެ މައްސަލަ، ނީސްގެ ޕްރޮސެކިއުޝަން އޮފީހުން ވަނީ ތަހުގީގުކުރަން ފަށައިފަ އެވެ. މިކަން ތަހުގީގުކުރަމުން އަންނަ ފަރާތްތަކުން އަންނަނީ އެކަން ކުރިއަށްދާ މުއްދަތުގައި ގަލްޓިއޭ އަށް ޕީއެސްޖީގެ ކޯޗުގެ ޒިންމާއާ ހަވާލުވެ ނުހުރެވޭނެ ކަމަށް ބުނެ ވެސް ވާހަކަ ދައްކަމުންނެވެ.

Advertisement

ކުރެވިފައިވާ މި ތުހުމަތުތަކަށް ގަލްޓިއޭ ވަނީ ރައްދުދީފަ އެވެ.

"އަހަރެންގެ އަބުރު ކަތިލަން މަސައްކަތްކުރާ މި މީހުންނާ މެދު އަހަރެން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިން. އަހަންނަށް މި ވަގުތަށް އޮތް ހިތްހަމަޖެހުމަކީ މި ވަގުތު މީގެ ތަހުގީގެއް ކުރިއަށްދިއުން،" ފްރާންސްގެ ކްލަބްތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗު ގަލްޓިއޭ ބުންޏެވެ.

ޕީއެސްޖީގެ ސަޕޯޓަރުންގެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ނިމިގެންދާއިރު، ހަގީގަތް ހާމަވެގެންދާނެ ކަމަށާއި އުންމީދަކީ ގަލްޓިއޭގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން އޭނާ ސަލާމަތްވުން ކަމަށެވެ.

ގަލްޓިއޭގެ ކޯޗުކަމުގައި، ފްރާންސްގެ ކްލަބް، ލިލް އިން ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމަށް ކުޅުނު ތުރުކީގެ މުސްލިމް ކުޅުންތެރިޔާ، ބުރަކް ޔިލްމާޒް ބުނެފައިވަނީ ގަލްޓިއޭ އަކީ ދީނީ ގޮތުންނާއި އެހެނިހެން ގޮތަކުން ވެސް ނަސްލީ ތަފާތުކުރުމެެއް ގެންގުޅޭ ކޯޗެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox