ހުލާސާކޮށް އިއްޔެ: ރައީސް ސޯލިހާ ބައްދަލުކުރަން ގާސިމާއި ނަޝީދު ހުށަހެޅުއްވުން

Apr 15, 2023, 1:26 AM
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ނަޝީދުގައި ގާސިމް. -- ފޮޓޯ: އަދަދު

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ނަޝީދުގައި ގާސިމް. -- ފޮޓޯ: އަދަދު

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަކުރައްވަން ނިންމަވައި، އަދި ނަޝީދާއި ގާސިމްގެ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތައް ފަށާފައި ވަނިކޮށް އެ ދެ ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަން ހުށަހެޅުއްވާފައިވާކަން "އަދަދު" ނޫހަށް އެނގިފައިވާކަން އިއްޔެ ރިޕޯޓުކުރި އެވެ.

މިކަން ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ޖޭޕީގެ އިސް ބައެއް ބޭފުޅުން ކަށަވަރުކޮށް ދެއްވި އެވެ.

އެމްޑީޕީގެ އިސް ބައެއް މެމްބަރުންނާއެކު ދާދި ފަހުން ރައީސް ސޯލިހު ބޭއްވެވި ބައްދަލުވުމެއްގައި ވެސް ނަޝީދު އާއި ގާސިމްގެ އެ ހުށަހެޅުއްވުމުގެ ވާހަކަ ހިއްސާ ކުރެއްވެވި އެވެ.

"ގިނަ ބޭފުޅުން ތާއިދު ކުރެއްވި އެ ބައްދަލުވުން ކުރިއަށް ގެންދަވަން. ސަބަބަކީ އެމްޑީޕީގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސް [ސޯލިހު] އާ ބައްދަލު ކުރައްވަން ހުށަހެޅުއްވީމަ ބައްދަލު ކުރައްވަން ޖެހޭނެ ކަމަށް ލަފާ ދެއްވީ،" ރައީސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް ސޯލިހާ ބައްދަލު ކުރައްވަން ހުށަހެޅުއްވި ވާހަކަ ގާސިމް ވެސް ވަނީ އޭނާގެ ޕާޓީގެ އިސް ބޭފުޅުންނާ ހިއްސާ ކުރައްވައިފަ އެވެ.

ނަމަވެސް ބައްދަލުކުރެއްވުމުގެ ބޭނުމެއް ނޭނގެ އެވެ. އަދި ބައްދަލުކުރައްވަން ރައީސް ސޯލިހު ނިންމެވި ކަމެއް އަދި އެކަމަށް ތާރީހެއް ކަނޑައަޅުއްވާފައިވާ ކަމެއް ނޭނގެ އެވެ.

މުހިންމު ބައްދަލުވުމަކަށް ގާސިމް އާއި ނަޝީދު ހުށަހެޅުއްވިއިރު، ގާސިމްއާއެކު ކޯލިޝަން ހެދުމަށް ނަޝީދު ޝަރުތުކުރާ ކަންކަމުގެ ޑްރާފުޓު ކަރުދާހެއް ވަނީ އިއްޔެ ލީކްވެފަ އެވެ.

"އަދަދު" ނޫހުން ފަޅައިއަރުވާލި އެ ކަރުދާހުގައި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމާއި، ސަރުކާރު ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބޭ ގޮތަށް ހެދުމަށާއި، ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ފަހުން، އެ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓު ހުވާ ކުރުމާ ދެމެދު ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނަގައި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފާސްވެއްޖެނަމަ 2024 ގެ މަޖިލިސް އިންތިހާބު އެ ބަދަލުތަކާ އެކު ބޭއްވުމަށް ހުށަހަޅުއްވާފައިވެ އެވެ.

ނަޝީދުގެ އެ ކަރުދާހާ ގުޅޭ ގޮތުން ޖޭޕީ އާއި ނަޝީދު ވެސް ވިދާޅުނުވާއިރު، އެ ދެ ފަރާތުން ވެސް އެ ކަރުދާސް ދޮގެއް ނުކުރެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ފުރޮޅާލުމަށް ނަޝީދު ދެކެވަޑައިގަންނަވާ ހުވަފެން ހަގީގަތަކަށް ހެއްދެވުމަށްޓަކައި، މިދިޔަ އަހަރު އޯގަސްޓް މަހު މާލޭގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް އެ މަނިކުފާނު ގަރާރެއް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، އެ ގަރާރަށް ވޯޓަށް އެހުމުގެ ބަދަލުގައި ގަރާރު ގެންދެވީ އަލުން މަޝްވަރާ ކުރެއްވުމަށް ވިދާޅުވުމަށް ފަހު އެވެ.

"ރައީސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކޮށްގެން އަދި ޕާޓީގެ އެހެން ވެސް ގުނަންތަކާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ހިމުން އެއްގޮތް އުސޫލުތަކާއި ހަމަތަކެއް ހޯދޭނެ, އެއީ އަޅުގަނޑުގެ ހިތުގަ ޝައްކު ހިނގާނެ ކަމެއް ނޫން," އެ ކޮންގްރެސްގައި ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ނަޝީދު ބޭނުންފުޅުވާއިރު، ރައީސް ސޯލިހު އަދި ގާސިމް ވެސް ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް އެ ދެބޭފުޅުން ވިދާޅުވެފައިވެ އެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ކުރީޒަމާނުގައި ގުޑިއެރުވުމަކީ ވަރަށް ބޮޑު އިޙުތިފާލުތަކަކަށްފަހު، ބޮޑު ރަސްމިއްޔާތުތަކެއް އޭގައި ހިމެނިގެން، ކޮށްއުޅުނު މުހިއްމުކަމެކެވެ. އޭރު އިރުވައި މޫސުން ފެށޭއިރަށް، ނުވަތަ އިރުވައިމޫސުމުގެ ފުރަތަމަ ނަކަތްކަމުގައިވާ މުލަނަކަތް ލައިގަންނައިރަށް، އެކަން އިޢުލާންކުރުމަށް މުހިއްމު ކަންތައްތަކެއް ކުރިއަށްގެންދެއެވެ. ގުޑިއެރުުވުމުގެ އެހާރު ހަނދާންކޮށްލަމާ ހިންގަވާށެވެ.

ދުވަހުގެ ކޯޓޭޝަން

ހިޔާ ފްލެޓުގެ ޓަވަރެއްގައި މިރޭ އަލިފާން ރޯވާން މެދުވެރިވީ ނިއްވާނުލައި އެއްލާލި ސިގިރެޓެއްގެ ސަބަބުން ކަމަށާއި އެފަދަ އަމަލުތައް ކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އާބަންކޯއިން ރޭ ދިނެވެ. އެ ކުންފުނިން ވިދާޅުވީ،.

މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި ޔުނިޓްތައް ދެނެގަނެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ. މި ފަދަ ހާދިސާތައް ތަހުޤީޤު ކުރުމަށްފަހު ރައްޔިތުންގެ ސަލާމަތަށް އިހްމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތުވެސް އޮންނާނެ,"

ދުވަހުގެ ފޮޓޯ

ޕްރެޒިޑެންޓް ކަޕްގައި ރޭ ސަސް އާއި ވެލެންސިއާ ކުޅުނު މެޗްގައި ސަސްގެ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ބޯޅައެއް ވެލެންސިއާގެ ކީޕަރު ދިފާއު ކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox