އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމުގެ ޕްރޮޖެކްޓާއި ތިލަފުއްޓާއި މާލެ ގުޅާލާ ބްރިޖު އަޅަމުންދާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ވިއްކާލުމަށް ކުންފުނީގެ ވެރިން ވިސްނަމުންދާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އެފްކޮންސްއިން ރާއްޖޭގައި ހިންގާ ތިލަމާލެ ގުޅާލާ ބްރިޖަކީ 530 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އަދި އައްޑޫގައި ހިންގާ ޕްރޮޖެކްޓަކީ 147 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެހެންކަމުން
އިންޑިއާގެ ދި އިކޮނަމިކްސް ޓައިމްސްގެ އިއްޔެ އަދަދުގައި ބުނެފައިވާ ގޮތުން ބިލިއަނަރު ޝަޕޫރު މިސްޓްރީގެ މައި ކުންފުނިން ހިންގާ އެފްކޮންސް ވިއްކާލަނީ އެ ކުންފުނީގެ ފައިސާތަކެއް ތާށިވެފައި ހުރުމުން އެ ދަތި ފިލުވުމަށެވެ.
ޝަޕޫރްޖީ ގްރޫޕަކީ 29 ބިލިއަން ޑޮލަރުގެ ކުންފުންޏެކެވެ. ކުންފުންޏަށް އެންމެ ގިނައިން ފައިސާ ވަންނަނީ ޓާޓާ ސަންސްގައި އޮންނަ 18 ޕަސެންޓު ހިއްސާއިންނެވެ. އެއީ އެ ކުންފުނީގެ ޖުމްލަ އާމްދަނީގެ 90 ޕަސެންޓެވެ. ނަމަވެސް ޓާޓާއާއެކު ޖެހުނު މައްސަލައަކާ ގުޅިގެން ޓާޓާގެ ހިއްސާތައް ވަނީ ބޭނުންނުކުރެވޭ ގޮތަށް ތަޅުލެވިފަ އެވެ.
އިކޮނަމިކް ޓައިމްސްއިން ބުނެފައި ވަނީ އެފްކޮންސް ވިއްކާލައިގެން ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ޝަޕޫރު ގްރޫޕުން ލަފާ ކުރެ އެވެ. ނަމަވެސް މިވަގުތު ވިއްކާލުމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި ކުންފުނި ވިއްކާލުމުގެ މަގްސަދުގައި ޝަޕޫރް ގްރޫޕުން އެއްވެސް އެހެން ބަޔަކާ ވާހަކަ ދައްކާފައިނުވާ ކަމަށް ވެސް ވެ އެވެ.











