މާޒިޔާ އާއި ނިއު އަށް ކުޅުނު ޔާމްބެ ވިކްޓަރީ އަށް

Apr 12, 2023, 8:49 AM
ވިކްޓަރީ އަށް ސޮއިކުރުމަށް ފަހު ޔާމްބެ އެ ޓީމުގެ ޖޯޒީ ހިފައިގެން.

ވިކްޓަރީ އަށް ސޮއިކުރުމަށް ފަހު ޔާމްބެ އެ ޓީމުގެ ޖޯޒީ ހިފައިގެން.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު މޫސާ ޔާމީން (ޔާމްބެ) ކުރިއަށް އޮތް ސީޒަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ދެ ވަނަ ޑިވިޝަނުގައި ކުޅެން ސޮއިކޮށްފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ވިކްޓަރީ އާއި ނިއު އިން ދެ ވަނަ ޑިވިޝަނަށް މި ފަހަރު ދުރާލާ ތައްޔާރުވުމުގެ ގޮތުން، ވަރުގަދަ ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދެ ޓީމުން އަންނަނީ ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ކުޅެފައިވާ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ.

ވިކްޓަރީން ރޭ ސޮއިކުރި ޔާމްބެ، ފުރަތަމަ ޑިވިޝަނަށް ތައާރަފްވީ އުފަން ރަށަށް ނިސްބަތްވާ ތޮއްޑޫ ޓީމުންނެވެ. ތޮއްޑޫ ޓީމާ އެކު ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ޔާމްބެ އޭގެ ފަހުން ފެނުނީ އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އިންނެވެ.

އޭވައިއެލް ޓީމުގައި ޔާމްބެ ދެއްކި މޮޅު ކުޅުމުގެ ސަބަބުން 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޭނާ އަށް ފުރުސަތު ލިބުނެވެ. ނިއު އިން އެ ސީޒަނުގައި ޔާމްބެ ބޭނުންކުރި ކޮންމެ މެޗެއްގައި މޮޅު ކުޅުމެއް ދެއްކި އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ޔާމްބެ (ވ) އާއި ސްޓެވާޓް އުފާފާޅުކުރަނީ،

ނިއު ދޫކޮށް 2014 ވަނަ އަހަރު މާޒިޔާ އަށް ބަދަލުވެ، ވޭތުވެދިޔަ އަށް ވަރަކަށް އަހަރު އޭނާ ކުޅުނީ އެ ޓީމުގެ ފެހި ޖޯޒީގަ އެވެ. މާޒިޔާ އަށް ގިނަ މެޗުތަކެއް ކުޅެދިން ޔާމްބެ އަށް މިދިޔަ ސީޒަންތަކުގައި ޓީމުގައި ގިނަ މެޗުތަކެއް ނުކުޅެވުނު ސަބަބަކީ އަނިޔާގެ މައްސަލަތަކެވެ.

ޔާމްބެ ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

ވިކްޓަރީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އެވެ. ޔާމްބެ އިތުރުން ވިކްޓަރީން ސޮއިކުރި ކުޅުންތެރިންނަށް ބަލާއިރު، ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ވިކްޓަރީން ކެރިއަރު ފެށި މުހައްމަދު އުމެއިރު އާއި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)ގެ ސޮއި ވެސް ހޯދައިފަ އެވެ.

ދެން، ވިކްޓަރީން ސޮއި ހޯދި ކުޅުންތެރިންނަށް ބަލާއިރު، ވެލެންސިއާ އަށް ކުޅެމުން އައި، ހުސެއިން ފައިސަލް (ފައިޓޯ)، މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ސިނާހު (ސިނާ) އާއި ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއްގައި ކުޅެފައިވާ ސައްދާމް ހުސެއިން އާއި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން، އަހުމަދު ރިލްވާން (ބެން) އެވެ.

ވިކްޓަރީން ވަނީ މިދިޔަ އަހަރު އެ ކްލަބުން ސަސްޕެންޝަނުން ސަލާމަތްވާން ކުރި މަސައްކަތުގައި ކުޅުންތެރިންނަށް ނުދީ ހުރި ހުރިހާ މުސާރައެއް ކުޅުންތެރިންނަށް ދީ ހަލާސްކޮށްފަ އެވެ. އަދި މި ސީޒަނަށް ވިކްޓަރީއާ ގުޅޭ ކުޅުންތެރިންނަށް ދޭން ޖެހޭ އެޑްވާންސްގެ ކަންކަން ވެސް ވީ އެންމެ އަވަހަށް ހަމަޖައްސައިދިނުމުގެ ކަންކަން ފުރިހަމަ ކުރަމުން އަންނަ ކަމަށް އެ ކްލަބުން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox