ކޯޓު އަމުރާ ހިލާފުވެ، ސްރީލަންކާގެ ލޯކަލް އިންތިހާބު އަނެއްކާވެސް ފަސްކޮށްފި

ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ލަންކާގެ ރައްޔިތުންތަކެއް މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭޕީ

ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ލަންކާގެ ރައްޔިތުންތަކެއް މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭޕީ

ކޯޓު އަމުރަކާ ހިލާފުވެ، ސްރީލަންކާގެ ލޯކަލް އިންތިހާބު އަނެއްކާވެސް ފަސްކޮށްފި އެވެ.

އެންމެ ފުރަތަމަ ރާވާފައި އޮތީ މާޗް މަހު އިންތިހާބު ބޭއްވުމަށެވެ. އެހެން ނަމަވެސް އިންތިހާބުގެ ކަންކަމަށް ފައިސާ ދޫކުރަން ސަރުކާރުން ދެކޮޅު ހެދި އެވެ. ސަރުކާރުން ބުނީ މުސާރަ އާއި ޕެންޝަން ދިނުމަށް އިސްކަންދެވޭނެ ކަމަށެވެ.

އެކަމުގައި ސަރުކާރާ ދެކޮޅަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އަދި އެޕްރީލް 25 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ފައިސާ ދޫކުރަން އަމުރު ކުރި އެވެ. އެކަމަކު މިހާތަނަށް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

"ފައިސާ ދޫކުރާނެ ޔަގީން ތާރީހެއް ސަރުކާރުން ފޯރުކޮށްދީފި ނަމަ ނުވަތަ ސުޕްރީމް ކޯޓުން އިތުރު އަމުރެއް ނެރެފި ނަމަ އިންތިހާބު ބާއްވާނެ އާ ތާރީހެއް އިއުލާން ކުރާނަން،" އިލެކްޝަންސް ކޮމިޝަނުގެ ބަޔާނެއްގައި ބުންޏެވެ.

ލޯކަލް ކައުންސިލަރުން އިންތިހާބު ކުރުމަށް ނަގާ އެ ވޯޓަކީ ރައީސް ރަނިލް ވިކްރަމަސިންހަގެ ސަރުކާރަށް ކުރިމަތިވާ ފުރަތަމަ ވޯޓުގެ އިމްތިހާނެވެ.

ލަންކާއަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ބެއިލްއައުޓް ޕެކޭޖުގެ ދަށުން ތިން ބިލިއަން ޑޮލަރު ލިބޭނެކަން ޔަގީންވީ މިދިޔަ މަހު އެވެ.

އައިއެމްއެފްގެ އެހީ ހޯދަން ސްރީލަންކާއިން މަސައްކަތް ކުރާތާ ގާތްގަނޑަކަށް އަހަރެއް ވެއްޖެ އެވެ. އެތައް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ ސްރީލަންކާއަށް އައިއެމްއެފް އެހީއަކީ ބޮޑު އުއްމީދެކެވެ.

އެހެން ނަމަވެސް އެނެލިސްޓުން ލަފާދޭ ގޮތުގައި ސްރީލަންކާއަށް އަދިވެސް ގޮންޖެހުންތައް ގިނަ އެވެ. ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބުނު އިރު، ކަރަންޓާއި ތެލުގެ އަގު އުފުލި، އިންފްލޭޝަން 50 ޕަސެންޓަށް މަތިވި އެވެ.

ރައްޔިތުންނަށް ދިމާވަމުން ދިޔަ ދަތިތަކާ ހެދި މުޒާހަރާކޮށް 2022 ވަނަ އަހަރު ސަރުކާރު ބަދަލުކުރި އެވެ. ލަންކާއިން ޑޮލަރު ހުސްވެ، އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަރަނިތައް ޑީފޯލްޓުވީ މިދިޔަަ މޭ މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox