ވިލާ ކޮލެޖުން ކިޔަވައިގެން ޓޭލާސް ޔުނިވާސިޓީގެ ސެޓުފިކެޓު ލިބޭ ތިން ކޯހެއް

ވިލާ ކޮލެޖުން ކިޔަވައިގެން ޓޭލާސް ޔުނިވާސިޓީގެ ސެޓުފިކެޓު ލިބޭ ތިން ކޯހެއް

މަތީ ސާނަވީ ތައުލީމު ހާސިލު ކުރުމަށްފަހު ހަމަ ކޮންމު ކުއްޖަކު ވެސް ދެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދުނިޔޭގެ ދުނިޔެ ގަބޫލު ކުރަ ފެންވަރުގެ ސެޓުފިކެޓެއް ހާސިލު ކުރުމެވެ. ރާއްޖޭގައި ހުރެގެން ވެސް އެފަދަ އެތައް ބައިވަރު ކޯހެއްގައި ބައިވެރިވެ ކިޔެވުމުގެ ފުރުސަތު ފަހުވެފައި އޮތެއް ކަމަކު، ރާއްޖޭގައި ކިޔަވައިގެން ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީއެއްގެ ސެޓުފިކެޓު ހޯދުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ޒަމާނަށް އަންނަމުން ދާ ބަދަލާއި، ދުވަހަކަށް ވުރެ ދުވަހެއް ރާއްޖޭގައި ތައުލީމީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ވެސް މަތިވަމުންދާ ދިއުމާ އެކު ވިލާ ކޮލެޖުން ވަނީ ރާއްޖޭގައި ހުރެގެން ބޭރުގެ މަޝްހޫރު ޔުނިވާސިޓީތަކުގެ ސެޓުފިކެޓު ހާސިލު ކުރެވޭނެ މަގު ފަހުކޮށްދީފަ އެވެ.

މިދިޔަ އަހަރު އެ ކޮލެޖުން ވަނީ މެލޭޝިއާގެ މަޝްހޫރު، ޓޭލާސް ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގައި ކޯސްތަކެއް ހިންގުމުގެ އެއްބަސްވުމެއްގައި އެ ކޮލެޖާ އެކު ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން މިހާރު ވަނީ ފަސް ކޯހެއްގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

ޓޭލާސް ޔުނިވާސިޓީއާ ގުޅިގެން އަންނަ މެއި މަހު ވިލާ ކޮލެޖުގައި ފެށުމަށް ހަމަޖެހިފައި ވަނީ:

  • ބެޗުލާސް އޮފް މާސް ކޮމިއުނިކޭޝަން (އޮނާސް)
  • މާސްޓާ އޮފް ކޮމިއުނިކޭޝަން
  • ބެޗުލާސް އޮފް ކަލިނަރީ މެނޭޖުމަންޓު (އޮނާސް)
  • މާސްޓާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓު
  • ބެޗުލާސް އޮފް އިންޓާނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓު (އޮނާސް)

މި ފަސް ކޯހަކީ ވެސް ޓޭލާސް ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ކޯސްތަކެވެ. ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައި ވާއިރު، މީގެ އިތުރުން ވެސް ތަފާތު އެކި ޔުނިވާސިޓީތަކާ ގުޅިގެން އެކި ތަފާތު ޕުރޮގުރަމުތައް ވިލާ ކޮލެޖުން ހިންގަމުންދެ އެވެ.

ބެޗުލާސް އޮފް މާސް ކޮމިއުނިކޭޝަން (އޮނާސް)

ތިން އަހަރު ދުވަހުގެ މި ކޯސް ކިޔަވައިދެމުން ގެންދާނީ ކުލާހަށް ހާޒިރު ކޮށްގެންނެވެ. މަހުން މަހަށް ކޯހުގެ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 5150ރ. އެވެ. ސަރުކާރުގެ ހިލޭ ޑިގުރީގެ ދަށުން ބައިވެރިވާ ދަރިވަރެއް ނަމަ، ކޮންމެ މަހަކަށް 3650ރ. އެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތު

އޭ-ލެވެލް އިމްތިހާނުން ތިން މާއްދާއިން ދަށް ވެގެން އީ ފާސް ލިބިފައި ވުމާއެކު މަތީ ސާނަވީ އިމްތިހާނު ފުރިހަމަ ކޮށްފައިވުމާ އެކު އޯލެވެލް އިމްތިހާނުގައި އިނގިރޭސިން ސީ ފާހެއް ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓުފިކެޓެއް ލިބިފައިވުމާ އެކު އޯލެވެލް އިމްތިހާނުގައި ސީ ފާސް ލިބިފައިވުން.

މި ކޯހުން ހާއްސަ ވެވިދާނެ ދާއިރާތައް

  • އެޑްވަޓައިޒިން އެންޑު ބުރޭންޑު މެނޭޖުމަންޓު
  • ޑިޖިޓަލް މީޑިއާ ޕުރޮޑަކްޝަން
  • ނޫސްވެރިކަމާއި މީޑިއާތަކާ ގުޅުންހުރި މަސައްކަތް
  • ޕަބްލިކް ރިލޭޝަންސް

މާސްޓާ އޮފް ކޮމިއުނިކޭޝަން

ދޮޅު އަހަރު ދުވަހުގެ މި ކޯސް ކުރިއަށް ގެންދާނީ ކުލާހަށް ހާޒިރު ކޮށްގެންނެވެ. މަހުން މަހަށް ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 5999ރ. އެވެ. ކޯހުގެ މުއްދަތަކީ ޖުމުލަ 16 މަސްދުވަހެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތު

ކޮލެޖުން ގަބޫލު ކުރާ ފެންވަރުގެ ބެޗުލާސް ޑިގުރީއަކުން ސީޖީޕީއޭ ނަތީޖާ 2.50 އަށްވުރެ މަތިން ހާސިލުކޮށްފައިވުން. (ކޯހާއި ނުގުޅޭ ދާއިރާއަކުން ޑިގުރީ ހާސިލު ކޮށްފައިވާ ދަރިވަރުން އެމްކިއުއޭއިން ގަބޫލު ކުރާ ފެންވަރުގެ ޕްރީ މާސްޓާސް ޕުރޮގުރާމެއް ފުރިހަމަ ކުރަން ޖެހޭނެ) ނުވަތަ؛

މެލޭޝިއާއިން ނޫނީ ރާއްޖޭގެ ސަރުކާރުން ގަބޫލު ކުރާ ފެންވަރުގެ ބެޗުލާސް ޑިގުރީއަކުން ސީޖީޕީއޭ ނަތީޖާ 2.00 އާއި 2.50 އާ ދޭތެރޭގެ ނަތީޖާއެއް ހޯދާފައިވުމާ އެކު ގުޅު ހުރި ދާއިރާއެއްގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން. (ކޯހާއި ނުގުޅޭ ދާއިރާއަކުން ޑިގުރީ ހާސިލު ކޮށްފައިވާ ދަރިވަރުން އެމްކިއުއޭއިން ގަބޫލު ކުރާ ފެންވަރުގެ ޕްރީ މާސްޓާސް ޕުރޮގުރާމެއް ފުރިހަމަ ކުރަން ޖެހޭނެ) ނުވަތަ؛

ކޯހާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 8 ގެ ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން.

ބެޗުލާސް އޮފް ކަލުނަރީ މެނޭޖުމަންޓު (އޮނާސް)

ތިން އަހަރު ދުވަހުގެ މި ކޯސް ކުރިއަށް ގެންދާނީ ކުލާހަށް ހާޒިރުކޮށްގެންނެވެ. މަހުން މަހަށް ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 6699 ރ. އެވެ. ސަރުކާރުގެ ހިލޭ ޑިގުރީގެ ދަށުން ނަމަ، 5032ރ. އެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތު

އޭލެވެލް އިމްތިހާތުނުގައި މަދުވެގެން ދެ މާއްދާއިން އީ ފާހަށްވުރެ މަތިން ލިބިފައިވުން ނުވަތަ؛ އެމްއެންކިއުއެފް ލެވެލް 4 ގެ ސަނަދެއް ލިބިފައިވުން.

އިނގިރޭސި ފެންވަރު:

އޯލެވެލް ނުވަތަ އެ ފެންވަރުގެ އެހެން ކޯހަކުން އޭ ފާހެއް ލިބިފައިވުން ނުވަތަ؛ އޯލެވެލް އިމްތިހާނު ފެންވަރުގެ އެންޓުރީ އިމްތިހާނެއް ފުރިހަމަ ކޮށްފައިވުން ނުވަތަ؛ މަތީ ސާނަވީ ތައުލީމު، އިނގިރޭސި މީޑިއަމަށް ކިޔަވާފައިވުން.

މާސްޓާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓު

ދޮޅު އަހަރު ދުވަހުގެ މި ކޯސް ކިޔަވައިދޭނީ ކުލާހަށް ހާޒިރުކޮށްގެންނެވެ. 26 މަހަށް، މަހުން މަހަށް ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 5999ރ. އެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތު

ކޮލެޖުން ގަބޫލު ކުރާ ފެންވަރުގެ ބެޗުލާސް ޑިގުރީއަކުން ސީޖީޕީއޭ ނަތީޖާ 2.50 އަށްވުރެ މަތިން ހާސިލުކޮށްފައިވުން. (ކޯހާއި ނުގުޅޭ ދާއިރާއަކުން ޑިގުރީ ހާސިލު ކޮށްފައިވާ ދަރިވަރުން އެމްކިއުއޭއިން ގަބޫލު ކުރާ ފެންވަރުގެ ޕްރީ މާސްޓާސް ޕުރޮގުރާމެއް ފުރިހަމަ ކުރަން ޖެހޭނެ) ނުވަތަ؛

މެލޭޝިއާއިން ނޫނީ ރާއްޖޭގެ ސަރުކާރުން ގަބޫލު ކުރާ ފެންވަރުގެ ބެޗުލާސް ޑިގުރީއަކުން ސީޖީޕީއޭ ނަތީޖާ 2.00 އާއި 2.50 އާ ދޭތެރޭގެ ނަތީޖާއެއް ހޯދާފައިވުމާ އެކު ގުޅު ހުރި ދާއިރާއެއްގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން. (ކޯހާއި ނުގުޅޭ ދާއިރާއަކުން ޑިގުރީ ހާސިލު ކޮށްފައިވާ ދަރިވަރުން އެމްކިއުއޭއިން ގަބޫލު ކުރާ ފެންވަރުގެ ޕްރީ މާސްޓާސް ޕުރޮގުރާމެއް ފުރިހަމަ ކުރަން ޖެހޭނެ) ނުވަތަ؛

ކޯހާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 8 ގެ ޑިޕްލޮމާއެއް ހާސިލު ކޮށްފައިވުން.

ބެޗުލާސް އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓު (އޮނާސް)

ތިން އަހަރު ދުވަހުގެ މި ކޯސް ކުރިއަށް ގެންދާނީ ކުލާހަށް ހާޒިރު ކޮށްގެންނެވެ. މަހުން މަހަށް ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 5150ރ. އެވެ. ސަރުކާރުގެ ހިލޭ ޑީގުރީގެ ދަށުން ނަމަ، 3483ރ. އެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތު

އޭލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާއިން އެންމެ ދަށްވެގެން އީ ފާސް ލިބިފައިވުން ނުވަތަ އެޑްވާންސް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

މި ފަސް ޕުރޮގުރާމުގައި ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުން ހުޅުވާލައިފައި ވާއިރު، ރާއްޖޭގައި ތިބެގެން މިފަދަ ކޯސްތަކެއް ހެދުމުގެ ފުރުސަތު ލިބިގެން އެ ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

މާލީ ގޮތުންނާއި އެނޫން ވެސް އެތައް ގޮތަކުން ކުރީއްސުރެ ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖައްސާލުމަކީ މިހާރު ވިލާ ކޮލެޖުގެ އެހީއާއެކު މާ އުނދަގޫ ކަމެއް ނޫނެވެ.

ވިލާ ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް އެ ކޯސްތަކަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެޕްލައި ކުރެވޭނެ އެވެ. އަދި ވިލާ ކޮލެޖަށް ހާޒިރުވެގެން ވެސް އެ ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox