ސިވިލް ކޯޓުގެ ގާޒީ ފަރުހާދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާ ކަމަށް ނިންމައިފި

ގާޒީ ފަރުހާދު

ގާޒީ ފަރުހާދު

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުއަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާ ސުލޫކީ މިންގަނޑާއި ހިލާފުވެފައި ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި ތަހުގީގުން ނިންމައިފި އެވެ.

އޭނާގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްކުރުމަށްޓަކައިރިޝްވަތުގެ ގޮތުގައި އެކި މަންފާތައް ހޯދަމުން ގެންދާކަމަށާއި، މައްސަލަތަކުގެ ފައިލްތައް ކޯޓުން ބޭރަށް ގެންދާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހެޅި އެވެ.

އެކަމާ ގުޅިގެން މީޑިއާގައި ދައުރުވި ހަބަރުތަކުގައި ފަނޑިޔާރަށް ބޮޑެތި ތުހުތަމެއް ކޮށްފައިވުމާ ގުޅިގެން ފަރުހާދުގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމި އެވެ. އެއީ އެ ކޮމިޝަނުން އާންމު އުސޫލުގެ ތެރެއިން ބެލި މައްސަލައެކެވެ.

"މި މައްސަލަ ބެލިބެލުމުން، ސުލޫކީ މިންގަނޑާ ހިލާފު ޢަމަލެއް ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ޝަކުވާގެ އެއްވެސް ހެއްކެއް އަދި މި ޝަކުވާއަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައިނުވާތީ، މި ޝަކުވާއަކީ ސައްހަ ޝަކުވާއެއް ކަމަށް ކޮމިޝަނަށް ނުފެންނާތީ،" މިއަދު ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، އެކަމާ ގުޅިގެން ފަރުހާދުގެ ސުލޫކީ މައްސަލައެއް ބަލާނެ ޖާގައެއް ނެތް ކަމަށް ވެސް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ސާބިތު ނުހިފޭ ތުހުމަތުތައް މީޑިއާތަކުގައި ގެނެސްދިނުމުގައި ފަނޑިޔާރުގެ އިއްޒަތާއި އަބުރަށް އުނިކަމެއް ނާންނާނެހެން ޒިންމާ ދާރުކަމާއެކު ގެނެސްދިނުމަށް ޖޭއެސްސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox