މިއީ ފުޓްބޯޅައެއް ނޫން، މާޒިޔާ ވިސްނަން ޖެހޭ: އިވާން

މާޒިޔާގެ ކޯޗު އިވާން ވެންކޯވް: އިދިކޮޅު ޓީމުތަކުން މާޒިޔާގެ ގޭމް ކުޅުނަނުދޭން ގިނަ ކަންކަން ރާވާނެކަމަށް ބެލެވޭ ކަމަށް އިވާން ވަނީ ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ސްޕޯޓްސް

މާޒިޔާގެ ކޯޗު އިވާން ވެންކޯވް: އިދިކޮޅު ޓީމުތަކުން މާޒިޔާގެ ގޭމް ކުޅުނަނުދޭން ގިނަ ކަންކަން ރާވާނެކަމަށް ބެލެވޭ ކަމަށް އިވާން ވަނީ ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ސްޕޯޓްސް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް، ރޭ، މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގެ ދެ ވަނަ ހާފުގައި ޓީސީ ސްޕޯޓްސް ކްލަބުން ހެދި ގޮތުން ކުޅެން ޖެހުނީ ފުޓްބޯޅަ އެއް ނޫން ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެ ފަދަ ކަންކަަމަށް ސަމާލުވާންޖެހޭނެ ކަމަށް މާޒިޔާ ކޯޗު، ބަލްގޭރިއާގެ ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ބުނެފި އެވެ.

ޕްރެޒިޑެންޓްސް ކަޕް ގްރޫޕް ބީގައި ރޭ ކުޅުނު މެޗުން މާޒިޔާ އިން ވަނީ ޓީސީ އަތުން 2-0 އިން މޮޅުވެފަ އެވެ.

މި މެޗުގައި މާޒިޔާ އިން ދެ ގޯލު ވެސް ޖެހި ފުރަތަމަ ހާފުގެ ފަހުކޮޅުގައި، އިބްރާހިމް އައިސަމް އެވެ. އައިސަމް އަކީ ކުރިން ޓީސީ އަށް ކުޅުނު ކުޅުންތެރިއެކެވެ. މި މެޗުގައި މާޒިޔާ އަށް އިތުރު ގޯލު ޖަހަން ގިނަ ބޯޅަތަކެއް ލިބިގެންދިޔައިރު، ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ޝޮޓްތަކެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.

މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އިވާން ބުނީ މި މެޗަށް ބަލާލުމުން ފެންނާނެ ކަމަކީ މިއީ މާޒިޔާ އިން އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅުނު މެޗެއް ކަމަށެވެ.

އެ ގޮތުން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅު ވަރަށް މޮޅަށް މާޒިޔާ އިން ކުޅުނު ކަމަށާއި އެހެން ނަމަވެސް، ދެ ވަނަ ހާފުގައި މާޒިޔާ އަށް ފުޓްބޯޅައެއް ނުކުޅެވުނު ކަމަށް އިވާން ވަނީ ބުނެފަ އެވެ.

"އެއީ 15 ވަރަކަށް މިނިޓް މި ކުޅެވުނީ. 30 ވަރަކަށް މިނިޓް މި ދިޔައީ އަނިޔާވި ކުޅުންތެރިންނަށް ފަރުވާ ދިނުމުގައި ދެން ކުޅުންތެރިންނަށް ދަނޑުމަތީގައި ފަރުވާ ދިނުމުގައި. ދެ ވަނަ ހާފަށް ކޮމެންޓެއް ދެވެން ނެތް، ފުޓްބޯޅައެއް ނޫން އެ ކުޅުނީ،" އިވާން ބުންޏެވެ.

މާޒިޔާއާ ދެކޮޅަށް ކުޅުނު ޓީސީން މި މެޗުގައި ކުޅެފައިވަނީ އެންމެ ތިން ޕްރެކްޓިހަށް ފަހު އެވެ. އެހެންވެ، އެ ޓީމުގެ ގިނަ ކުޅުންތެރިންގެ މެޗު ފިޓްނަސް މައްސަލަ ދިމާވި އެވެ. މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އާއި އީގަލްސް ނޫނީ، ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ޕްރީ ސީޒަން ޕްރެކްޓިސް ކުރި ޓީމެއް ނެތެވެ.

ކުރިއަށް ހުރި މެޗުތަކުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ގިނަ ޓީމުތަކެއްގެ ފަރާތުން ވެސް ޕްރީ ސީޒަން ނުހަދާތީ ދިމާވާ މައްސަލައާ ހުރެ، މެޗުގެ ވަގުތު ދުއްވުމުގެ ކަންކަމާއި އަނިޔާގެ މައްސަލައިގައި ދަނޑުމަތީގައި ފަރުވާ ހޯދުމުގެ ކަންކަން ކުރިއަށްދާނެކަން ހަނދާންކޮށްދީ އިވާން ގާތުގައި ސުވާލުކުރުމުން، އޭނާ ބުނީ މާޒިޔާ އިން އެ ހާލަތަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

"އަހަރެމެން އެބަޖެހޭ މި ކަަހަަލަ ހާލަތްތަކުގައި ހަދާނެ ގޮތްތައް ވެސް ވިސްނާފައި ބާއްވަން، ހަގީގަތުގައި މިއީ ފުޓްބޯޅައެއް ނޫން، މިއީ ފުޓްބޯޅައެއް ނޫން، އަހަންނަށް ވިސްނޭ. އެމީހުންގެ ފިލޯސަފީ، އެ މީހުން މި ޓެކްޓިކްސް ބޭނުންކުރަނީ ވަކި ބޭނުމެއްގައި. އަހަރެން ދެކޭ ގޮތުގައި މި ކަމަށް އަހަރެމެންނަށް ކުރެވޭނެ ކަމަކީ މިހާރަށް ވުރެ އެގްރެސިވްކޮށް (ވަރުގަދަ އަށް) ކުޅުން އެ މީހުންގެ ހާފުގައި ވެސް އެ ގޮތަށް ކުޅެންވީ، މާ ގިނަ ވަގުތު ބޯޅަ ނުހިފަހައްޓައި ވެސް ޑައިރެކްޓްކޮށް ކުޅެގެން ގޯލު ޖެހޭ ވަރު އިތުރުކުރަންވީ،" އިވާން ބުންޏެވެ.

އީގަލްސް އަތުން މާޒިޔާ މޮޅުވި ޗެރިޓީ ޝީލްޑް މެޗެކޭ އެއް ގޮތަށް މި މެޗުގައި ވެސް މާޒިޔާ އަށް ގޯލު ޖަހަން ލިބުނު ގިނަ ފުރުސަތުތައް ނިންމައިނުލެވުނެވެ. އޭގެ އެއް ސަބަބު ކަމަށް ކޯޗު އިވާން ބުނީ މާޒިޔާގެ ސާބިއާ ފޯވާޑް، ސްޓެފަން މިހަލޮވިޗް މި ފަހުން އަމިއްލަ ގައުމަށް ދާން ޖެހުމުން ގެއްލުނު ޕްރެކްޓިސްތަކުގެ އަަސަރު މި މެޗުގައި އޭނާގެ ކިބައިން ފެނުން ކަމަށެވެ.

"ކުރިއަށް ހުރި މެޗުތަކުގައި ދެން ލިބިފައި މި ތިބި ބިދޭސީ ކުޅުންތެރިން ބޭނުންކުރެވޭނެ، އެއީ ވެސް އިތުރަށްރަނގަޅު ކުރަން ލިބޭ ފުރުސަތެއް،" އިވާން ބުންޏެވެ.

ރޭގެ މެޗުގެ ކުރިން އިއްޔެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޗު އިވާން ބުނީ މާޒިޔާ އަށް އަންނަ ކޮންމެ ކުޅުންތެރިއަކަށް ވެސް ސައިކޮލޮޖިކަލީ ކޮންމެ މެޗަކުން މޮޅުވުމުގެ ޕްރެޝަރު އޮންނާނެ ކަމަށެެވެ. ސަބަބަކީ އެ ޓީމަކީ ހުރިހާ ކަމެއް ބަރާބަރަށް ކުރަމުން އަންނަ ޓީމު ކަމަށްވެފައި، އެ ޓީމު މޮޅުވާން ޖެހޭނެ ކަމަށް އެ އޮންނަ ގަބޫލުކުރުމާ ހެދި، ފުޓްބޯޅައިގައި ބޮޑު ޓީމަށް އެ އޮންނަ ޕްރެޝަރަށް ބަލާފައި ކަމަށް ވެސް އިވާންގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ ޗެރިޓީ ޝީލްޑް މެޗަށް ފަހު، މާޒިޔާގެ ކުޅުމުގައި އަދި މާ ބޮޑު ތަފާތެއް ނެތް ކަމަށް ބުނެފަ އެވެ.

ސާންތީގެ އެ ވާހަކައާ ބެހޭގޮތުން، ދެކެނީ ކިހިނެއްތޯ އެހުމުން، އިވާން ބުނީ ކޮންމެ މީހެއްގެ ވިސްނުމަށް ވެސް އިހުތިރާމްކުރާނެ ކަމަށާއި އެކަމަކު، އެ އަށް ބަލައިގެން މާޒިޔާ އިން ވަކި ކަމެއް ދައްކަން އުޅުމަކީ ބޭކާރު ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި، މާޒިޔާ އިން ވިސްނީ އަމިއްލަ އަށް ޓީމުގެ އެންމެ ރަނގަޅު ކުުޅުން ދައްކަން ކަމަށް އިވާން ވަނީ ބުނެފަ އެވެ.

ރޭގެ މޮޅާ އެކު މާޒިޔާ އަށް ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ލިބުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ހަ ޓީމު މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭއިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ. މާޒިޔާ އޮތީ ޓީސީ އާއި ބުރު ސްޕޯޓްސް ކްލަބާ އެކު ދެ ވަނަ ގްރޫޕްގަ އެވެ. މި ގްރޫޕްގައި ދެން އޮތް މެޗުގައި ޓީސީ އަށް ބުރު އަތުން މޮޅެއް ނުލިބިއްޖެނަމަ މާޒިޔާ ދެން އޮތް މެޗަށް ނުކުތުމުގެ ކުރިން ވެސް ސެމީ ޔަގީންވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox