މެކް އަލިސްޓާގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެ: ރިޕޯޓް

Apr 10, 2023, 8:45 AM
މެކް އަލިސްޓާގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެ: ރިޕޯޓް

ލަންޑަން (އޭޕްރީލް 10) - ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރު، އަލެކްސިސް މެކް އަލިސްޓާގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބްރައިޓަންއާ އެކު 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށް ކޮންޓްރެކްޓްގައި ހުރި މެކް އަލިސްޓާ، 24، އެންމެ ފަހުން ދިން އިންޓަވިއުތަކުގައި ވެސް އޭނާ އެ ކްލަބްގައި ހުރީ އުފަލުން ކަމަށް ވަނީ ބުނެފަ އެވެ.

އެކަމަކު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބްރައިޓަން އިން ވަނީ މި ސީޒަނަށް ފަހު މެކް އަލިސްޓާ އާއި އެ ޓީމަށް ކުޅޭ އެކުއެޑޯގެ މޮއިސަސް ކައެެސޭޑޯ އެ ކްލަބް ދޫކޮށްލާނެ ކަަމަށް ބަލައި ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ.

Advertisement

އާޖެންޓީނާއާ އެކު، މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި މެކް އަލިސްޓާ ގަންނަން މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ އާއި ލިވަޕޫލް އަދި މެންޗެސްޓާ ސިޓީން މަސައްކަތް ކުރާއިރު، އިޓަލީ އާއި ސްޕެއިންގެ ކްލަބްތަކުން ވެސް އޭނާ އަށް ފާރަލަ އެވެ.

ބްރައިޓަންގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އިނގިރޭސި ކްލަބްތަކުގެ ހަރަދުކުރުމުގެ ވައްޓަފާޅި އާއި މި ވަގުތު މާކެޓްގެ އަގުތަކަށް ބަލާއިރު، މެކް އަލިސްޓާގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެ އެވެ.

ބްރައިޓަންގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު، މެކް އަލިސްޓާ އުފާފާޅުކުރަނީ.

އެ ގޮތުން، ބްރައިޓަންގެ އެ އޮފިޝަލް މިސާލެއްގެ ގޮތުން ދައްކާފައިވަނީ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ޗެލްސީން ބެންފީކާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒް ގެންނަން ދެއްކި 130 މިިލިއަން ޑޮލަރުގެ ފީ އެވެ. އަދި ޗެލްސީން ޖެނުއަރީ ޓްރާންސްފާގައި ޔޫކްރެއިންގެ ވިންގް، މިހައިލޯ މުޑްރިކް އަށް 100 މިލިއަން ޑޮލަރު ހޭދަކުރަން ނިންމިއިރު، މެކް އަލިސްޓާ އަކީ ޕްރިމިއާ ލީގުގައި ފެންވަރު ސާބިތުކޮށްދީފައިވާ ކުޅުންތެރިއަކަށް ވާތީ އޭނާ އަށް ވެސް އެ އަގު ލިބޭނެ ކަމަށް ބްރައިޓަން އިން ގަބޫލުކުރެ އެވެ.

އާޖެންޓީނޯސް ޖޫނިއާސް އަށް 2016 ވަނަ އަހަރު ކުޅެން ފަށައި، އެ ޓީމު ދޫކޮށް، 2019 ވަނަ އަހަރު ބްރައިޓަން އަށް ބަދަލުވުމަށް ފަހު، މެކް އަލިސްޓާ ވަނީ އަލުން އާޖެންޓީނޯސް ޖޫނިއާސް އާއި ބޮކަ ޖޫނިއާސް އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފަ އެވެ.

ދާދި ފަހުން ޗެލްސީން ވަކިކުރި ކޯޗު، ގްރަހަމް ޕޮޓާގެ ކޯޗުކަމުގައި ބްރައިޓަން އަށް ގެނައި، މެކް އަލިސްޓާ އަންނަނީ މި ވަގުތު ބްރައިޓަންއާ ހަވާލުވެހުރި އިޓަލީގެ ކޯޗު ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 29 މެޗުން މެކް އަލިސްޓާ ވަނީ 10 ގޯލު ޖަހައި، ދެ ގޯލު ޖަހަން ފުުރުސަތު ހޯދައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox