މަޝްވަރާއެއް ނެތި އަމީނީމަގު ހަދާތީ ސިޓީ ކައުންސިލުން ކަންބޮޑުވެއްޖެ

މާލޭ އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަދަދު

މާލޭ އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަދަދު

މަޝްވަރާއެއް ނެތި އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތް މާލޭ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓު ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރުމަށް ނިންމުމުން ސިޓީ ކައުންސިލުން ވަނީ އެކަމުގެ ހުރި ކަންބޮޑުވުންތައް މަޖިލީހަށް ހުށަހަޅާފަ އެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ލާމަރުކަޒީ ކޮމެޓީގެ ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މަގުތަކުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ކަަންބޮޑުވުންތަކަށް ޖަވާބުދާރީވެ، ރައްޔިތުންގެ ވާހަކަތަކުގެ އަޑު އަހަނީ އެ ކައުންސިލުން ކަމަށް ވާއިރު، މިކަމާ ގުޅޭ ނިންމުންތައް ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ޕްލޭނިން މިނިސްޓްރީއަށް ނިންމިގެން ނުވާނެ ކަމަށެވެ.

Advertisement

އަމީނީ މަގު ޕްރޮޖެކްޓަށް ސިޓީ ކައުންސިލުން އެއްވެސް ހުރަހެއް އަޅާފައި ނުވާނެ ކަމަށާއި، އެހެން ކަމުން މިމަސަައްކަތް ކުރުމުގައި އެ ކައުންސިލާ މަޝްވަރާ ނުކުރެވެންވީ ސަބަބެއް އޮވެެގެން ނުވާނެ ކަމަށް ނަރީޝް ވިދާޅުވި އެވެ.

"ސަރުކާރުގެ އެއްވެސް އިދާރާއަކަށް މިވަގުތާ ހަމައަށް ޖެއްސުމެއް ކޮށްފައެއް ނޯންނާނެ. އަޅުގަނޑުމެން މިހާ ގުޅިގެން މަސައްކަތްކުރާއިރު އަޅުގަނޑުމެންނާ މަޝްވަރާނުކޮށް މިމަސައްކަތް ކުރިއަށް ގެންދާތީ ކަންބޮޑުވަން،" އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަވަމުން ޕްރޮޖެކްޓު ކޯޑިނޭޓަރު އިސްމާއިލް ޝާފީ ވިދާޅުވީ، މިއީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރުއޫއެއް ނަމަވެސް މިކަމާ ގުޅޭ އެކި ހުއްދަތައް ސިޓީ ކައުންސިލުން ހޯދާ ކަމަށެވެ. އަދި މި މަޝްރުއޫގައި މާލެ ސިޓީ ކައުންސިލަކީ ސްޓޭކްހޯލްޑަރެއް ކަމަށާއި ކޮންސެޕްޓު ޑިޒައިންތައް ވެސް މާލެ ސިޓީ ކައުންސިލަށް ހުށަހަޅާކަމަށް ޝާފީ ވިދާޅުވި އެވެ.

މާލޭ ސްޓްރީޓްސްކޭޕްގެ މަސައްކަތަކީ މީގެ ކުރިން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ މަސައްކަތެއް ނަމަވެސް މިދިޔަ އަހަރުގެ ޖޫން 23 ވަނަ ދުވަހު އެ މަސައްކަތް ވަނީ ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތް މަސައްކަތްތަކުގެ ތެރޭގައި، ބޭރު މަގާއެކު 16 މަގެއްގައި ތާރު އެޅުމާއި، މާލޭގެ 105 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ނޯތު ހާބަރާ ދިމާލުން ތޮށިގަނޑު ފެޔަށް ޖައްސާ މަގު ފުޅާކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox