ހުއްރިއްޔާއާ އެއްވަރުކޮށް ޕޮލިސް ކުރިއަށް

Apr 10, 2023, 6:18 AM
ހުއްރިއްޔާގެ ވެޓަރަންސް ކްލަބްގެ ސަމާއު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހުއްރިއްޔާގެ ވެޓަރަންސް ކްލަބްގެ ސަމާއު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސްޓެލްކޯ ވެޓަރަންސް ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ހުއްރިއްޔާ ވެޓަރަންސް ކްލަބާ 1-1 އިން އެއްވަރުކޮށް, ޕޮލިސް ކްލަބުން މުބާރާތުގެ އަނެއް ބުރުގެ ޖާގައެއް ހޯދައިފި އެވެ.

ގްރޫޕް ސީން ގަދަ ތިން ޓީމު އަނެއް ބުރަށްދާއިރު, މި ވަގުތު އެ ގްރޫޕްގެ ކުރީގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި ޕޮލިހެެވެ. މި ދެ ޓީމަށް ވެސް ކުއާޓާ ފައިނަލް ޔަގީންވެފައިވާއިރު، ހުއްރިއްޔާ ތިން ވަނައިގައި އޮތީ ދެ މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ގްރީން ސްޓްރީޓްސް އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.

މި ގްރޫޕްގައި ބާކީ އޮތް ދެ މެޗަކީ ބުދަ ދުވަހު ހަވީރު ސޮކަ މޭޓްސް އާއި ޕޮލިސް ކުޅޭ މެޗާއި ހުކުރު ދުވަހު ހަވީރު ހުއްރިއްޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފަށައިގެން ލީޑުނެގީ ހުއްރިއްޔާ އިންނެވެ. އެ ގޮތުން މެޗުގެ ފަސް ވަނަ މިނިޓްގައި ހުއްރިއްޔާގެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު ސަމާއު އެވެ. އޭރިއާތެރެއިން ހުއްރިއްޔާ އިން ކުރި އެޓޭކެއްގައި ރީބައުންސް ވެގެން އައި ބޯޅަ ސަމާއު ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ހުއްރިއްޔާގެ މާސޭ (ވ) އަތުން ބޯޅަ ހޯދަން ޕޮލިހުގެ މަހުމޫދު މަަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފުރަތަމަ ހާފުގައި ހުއްރިއްޔާ އިން ކުޅެމުން ދަނިކޮށް އެ ޓީމުގެ ކެޕްޓަން، ކުރީގެ މަޝްހޫރު ފޯވާޑް މައުސޫމް އަބްދުލް ގަފޫރު (މާސޭ) އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. މިއީ މި މެޗުގައި ހުރާ އަށް ލިބުނު ބޮޑު ގެއްލުމެކެވެ. ހުއްރިއްޔާ އަށް ފުރަތަމަ ހާފު ވެސް ލީޑުގައި އޮވެ ނިންމައިނުލެވުނެވެ. އެ ގޮތުން މެޗުގެ 19 ވަަނަ މިނިޓްގައި ޕޮލިހުގެ އަބްދުﷲ އިބްރާހިމް މަނިކް (އޮއްޕޮ) ވަނީ އެ ޓީމަށް ގޯލު ޖަހައިދީފަ އެވެ. ހުއްރިއްޔާ އޭރިއާ ރޮނގުކައިރިން އަބްދުﷲ އަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ހުއްރިއްޔާގެ ކުރީގެ ތަރި، އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) ކުޅެން ނުކުތްއިރު، އެ ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދޭން ކުރީގެ ކުޅުންތެރިޔާ، ހުސްނީ އަބްދުލް ރަހުމާން އޭރިއާބޭރުން ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ. އަދި ޕޮލިހުން ވަނީ ހިލޭ ޖެހުމުން ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލައިފަ އެވެ.

މުބާރާތުގައި މިއަދު އޮތީ ގްރޫޕް އޭގެ ފަހު މެޗެވެ. އެ ގޮތުން މި މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ބުރު ސްޕޯޓްސް ކްލަބް އެވެ. ތިން ޓީމު ވާދަކުރާ މި ގްރޫޕުން ދެ ޓީމަށް އަނެއް ބުރުގެ ފުރުސަތު ލިބޭއިރު، އީގަލްސް އިން ވަނީ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ބަލިކޮށްފަ އެވެ. ދަ ގްރާންޑޭ އިން ވަނީ ދެ ވަނަ މެޗުގައި ބުރުގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ. ބުރަށް އަނެއް ބުރުގެ ފުރުސަތެއް އޮތީ މިއަދު އީގަލްސް ބަލިކޮށްގެންނެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox