އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މި އަހަރު ރާއްޖޭގައި

މިދިޔަ އަަހަރުގެ ރަންނަމާރި ޗެލެންޖް ސާފިން މުބާރާތުގެ ތެރެއިން ކުޅަދާނަ ރާޅާއެޅުންތެރިޔާ އިބޫ.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިދިޔަ އަަހަރުގެ ރަންނަމާރި ޗެލެންޖް ސާފިން މުބާރާތުގެ ތެރެއިން ކުޅަދާނަ ރާޅާއެޅުންތެރިޔާ އިބޫ.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މި އަހަރުގެ ޖުލައި މަހު ރާއްޖޭގައި ބާއްވަން ނިންމައި މި އަހަރު ގައުމީ ސާފް ލީގުގެ ބައެއް މުބާރާތްތައް ބާއްވާ ތާރީހުތަކަށް ބަދަލުގެނެސްފި އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މި އަހަރު ރާއްޖޭގައި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ ޖަޕާނުގަ އެވެ. އެ ފަހަރު ރާއްޖޭ އިން ވެސް ވާދަކުރި އެވެ. މުބާރާތުގެ ފައިނަލު ހީޓުގައި ވާދަކޮށް ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދިއިރު އިސްމާއިލް ރަޝީދު (ސްމައިލީ) ދިޔައީ ހަތަރަކަށެވެ.

ޖުލައި މަހުގެ 8-17 އަށް އޭޝިއަން ޗެމްޕިއަންޝިޕް ބާއްވަން މިހާރު ނިންމާފައި އޮތީ ކ. ހިންމަފުށީގަ އެވެ. މި މުބާރާތުގެ އެކި ކަންކަން ހަމަޖެއްސުމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

އޭޝިއާގެ އެންމެ ބޮޑު ސާފިން މުބާރާތް ރާއްޖޭގައި ބާއްވާތީ ގައުމީ ސާފް ލީގަށް ގެނައި އެންމެ ބޮޑު ބަދަލަކީ ޖުލައި މަހުގެ ހަތަރަކުން އަށަކަށް ހިންމަފުށީގައި ބާއްވަން އޮތް "ގާމާދޫކޮޅު" މުބާރާތް ޖޫން މަހަށް އަވަސްކުރުމެވެ. އެ މުބާރާތް މިހާރު އޮންނާނީ ޖޫން 14-18 އަށެވެ.

މީގެ އިތުރުން ޖުލައި މަހުގެ 31 އިން ފަހެއް އޮގަސްޓަށް ބާއްވަން ހަމަޖެހިފައި އޮތް ރ. ކިނޮޅަހު "ހުރާކޮޅު ރާާާޅުގަނޑު" މުބާރާތް ވަނީ ޖުލައި 26-30 އަށް އަވަސްކޮށްފަ އެވެ.

"ގާމާދޫކޮޅު" މުބާރާތާއި ހުރާކޮޅު ރާޅުގަނޑު" މުބާރާތް ބާއްވާ ދުވަސްތަކަށް ބަދަލުތައް ގެނައި ނަމަވެސް ގައުމީ ލީގުގައި ދެން ހުރި މުބާރާތްތައް ޝެޑިއުލް އާ އެއްގޮތަށް ކުރިއަށްދާނެ އެވެ. މި ގޮތުން މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ" މުބާރާތް ގދ. ގައްދޫގައި މިދިޔަ ފެބްރުއަރީ މަހު ވަނީ ބާއްވައިފަ އެވެ. މ. މުލީގައި އޮންނަ "މުލީކޮޅު ރާޅުގަނޑު" މުބާރާތް މެއި ތިން ވަނަ ދުވަހު ފަށާނެ އެވެ.

އަދި ގައުމީ ލީގުގެ ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖު" އޮންނާނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށެވެ.

އޭޝިއަން ޗެމްޕިއަންޝިޕާއި މި އަހަރު ހުރި އެހެން ބައިނަލްއަގްވާމީ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން އަންނަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އެ ގޮތުން ގައުމީ ޓީމްގެ ހަ ސާފަރުން އަންނަނީ ގައުމީ ޓީމުގެ ފުލްޓައިމް ކޯޗު ކަމަށްވާ ދެކުނު އެފްރިކާގެ ކްލައިޓް މާޓިންގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

މިއަހަރު ގައުމީ ސާފިން ޓީމަށް ހުރި މުބާރާތްތަކުގެ ތެރެއިން ފުރަތަމަ މުބާރާތަކީ މެއި މަހުގެ 30 ގައި އެލް ސަލްވަޑޯގައި އޮންނަ ވޯލްޑް ސާފިން ގޭމްސް އެވެ. އޭގެ ފަހުން އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށްފަހު ގައުމީ ޓީމުން ތައްޔާރުވާނީ އޮގަސްޓް މަހުގެ ފަހުކޮޅު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox