ޓިކެޓް ވިއްކަން އެމްބާޕޭގެ ނަން ބޭނުންކުރި ގޮތުން އޭނާ ރަތަށް

Apr 7, 2023, 9:48 AM
ޓިކެޓް ވިއްކަން އެމްބާޕޭގެ ނަން ބޭނުންކުރި ގޮތުން އޭނާ ރަތަށް

ޕެރިސް (އޭޕްރީލް 7) - އަންނަ ސީޒަނަށް ޕީއެސްޖީގެ ސީޒަން ޓިކެޓް ވިއްކަން އެ ކްލަބުން ނެގި ޕްރޮމޯޝަނަލް ވީޑިއޯއެއްގައި އެ ޓީމުގެ ތަރި ކީިލިއަން އެމްބާޕޭގެ ނަން ބޭނުންކޮށް، އިޝްތިހާރުކުރި ގޮތުން އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޕީއެސްޖީން މިހާރު ވަނީ އެ ވީޑިއޯ އެ ކްލަބްގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ ޗެނަލްތަކުން ފޮހެލައިފަ އެވެ. އެކަމަކު، އެހެން ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެ ވީޑިއޯ ވަނީ ވައިރަލްވެފަ އެވެ.

އެ ވީޑިއޯއާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކޮށް، އިންސްޓަގްރާމް މެދުވެރިކޮށް އެމްބާޕޭ ބުނީ އެއީ ޓިކެޓް ވިއްކާ ޕްރޮމޯޝަނަލް ވީޑިއޯ އިންޓަވިއުއެއް ކަމަށް އެ ކްލަބުން އޭނާ އަށް އަންގާފައިނުވާ ކަމަށެވެ. އަދި އެ ވީޑިއޯ ނެގިއިރު، ހީކުރީ އެއީ ޕީއެސްޖީން ކުޅުންތެރިންނަށް ކުރިއަށްގެންދާ މީޑިއާ ޓްރެއިނިން ދުވަހުގެ ބައެއް ކަމަށް ކަމަށާއި އެ ވީޑިއޯ ރަސްމީކޮށް ބޭނުންކުރަން ޕީއެސްޖީ އަށް ހުއްދަ ނުދޭ ކަމަށެވެ.

"އެހެންވެ، އަހަރެން ވާނީ މި މައްސަލައިގައި އަމިއްލަ އިމޭޖް ރައިޓްސްގެ ހައްގުގައި ދައުވާކުރަން ނިންމައިފައި. މިއީ މިކަން ވާންޖެހޭނެ ގޮތެއް ނޫން. ޕީއެސްޖީ އަކީ ބޮޑު ކްލަބެއް، ބޮޑު އާއިލާއެއް. ޔަގީނުން ވެސް ޕީއެސްޖީ އަކީ ކީލިއަން ސެއިންޓް ޖާމެއިން އެއް ނޫން،" އެމްބާޕޭ ބުންޏެވެ.

މީގެ ކުރިން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ބައެއް ޕްރޮމޯޝަނަލް ހަރަކާތްތަކުގައި ބައިވެރިވާން ވެސް އެމްބާޕޭ ދެކޮޅު ހަދާފައިވެ އެވެ. އެއީ ވެސް އޭނާގެ އަމިއްލަ އިމޭޖް ރައިޓްސްއާ ހިލާފުކަމެއް ކަމަށް ބުނެ އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު މި ފަހުން، މައްސަލަ ގޯސްވެގެން އުޅޭ އެންމެ ބޮޑު ސަބަބަކީ އެމްބާޕޭ އާއި އެ ކްލަބާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްގެ ސިއްރު ބައެއް މައުލޫމާތު މީޑިއާ އަށް ލީކުވުމާ ގުޅިގެންނެވެ.

އެ ގޮތުން، ޕީއެސްޖީގައި އެމްބާޕޭ މަޑުކުރަން ނިންމާ ކޮންމެ އަހަރަކަށް "ލޯޔަލްޓީ ބޯނަސް"އެއްގެ ގޮތުގައި 60 މިލއަން ޑޮލަރު ދޭން ކޮންޓްރެކްޓްގައި ލިޔެފައިވާ ކަމަށް މިދިޔަ ދުވަސްތަކުގައި ފްރާންސް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޕީއެސްޖީން އަންނަ ސީޒަނަށް ތައްޔާރުކުރާ ޕްރޮމޯޝަނަލް ވީޑިއޯތަކުގައި އެ ޓީމުގެ ދެ ތަރިން ކަމަށްވާ ލިއޮނަލް މެސީ އާއި ނޭމާ ބޭނުންނުކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުން މެސީ ވަނީ ޕީއެސްޖީއާ އެކު ކޮންޓްރެކްޓް އާ ނުކޮށް، ހިލޭ ޓްރާންސްފާއެއްގައި އެހެން ޓީމަކަށް ބަދަލުވާން ނިންމާފައިވާކަން ޕީއެސްޖީ އަށް އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox