ފަތްޕިލާވެއްޔާއި ހުޔާއި މޫދުވިނަވެސް ކާށެވެ!

ފަތްޕިލާވެއްޔާއި ހުޔާއި މޫދުވިނަވެސް ކާށެވެ!

އެތައް ގޮތަކުން ރިވާވެފައިވެއެވެ. މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތުމާ ހަމައަށް އިތުރު އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ދުވަހަކުވެސް، އެއް ދުވަހަކު ދެފަހަރަކަށް ރޮއްޓާއި ތެލަކުން ބަނޑުފުޅު ފުރެންދެން ފަރިއްނުކުޅުއްވަ އެވެ. އެހެން ރިވާޔަތެއްގައި އޮންނަނީ، ދުވަހަކުވެސް ބަނޑުފުޅު ފުރެންދެން ރޮށި ފަރިއްކުޅުއްވައި ނޫޅުއްވާކަމުގަ އެވެ. މި ރިވާޔަތްތައް އިލްމުވެރިން ބަޔާންކުރައްވައި، ކިޔައިދެއްވަނީ އިތުރު އެކަލޭގެފާނުގެ ދުނިޔަވީ އުޅުއްވުމުގެ ޒުހުދުވެރިކަމުގެ ވާހަކަތަކެވެ. އިތުރު އެކަލާނގެފާނުގެ ހަޔާތްޕުޅުގައި މުޅި އަރަބި ކަރައިގެ ވެރިކަން އިތުރު އެކަލޭގެފާނަށް ލިބިލެއްވުމުންވެސް، މޮޅެތިހާ ކާނާގެ ބާވަތްތަކާއި ދުނިޔަވީ ބޮޑާކަމާއި ކައިރިއަށްވެސް ވަޑައިނުގަންނަވާކަން ބަޔާންކުރެއްވުމުގެ ގޮތުންނެވެ. ނުލިބިގެން ނޫންކަން ބުނެދިނުމުގެ ގޮތުންނެވެ.

އަޅުގަނޑަށް މިރިވާޔަތްތަކުން މުޅިން އެހެން މާނައެއް މުޅިން އެހެން ނަޒަރިއްޔާތެއް ފެނެ އެވެ. އާދޭހެވެ! ރޮއްޓާއި މިބާވަތުގެ ތަކެއްޗަކީ އަހަރެމެން ބަނޑުފުރާ ކާންވީ އެއްޗެއްސެއް ނޫނެވެ. ވަރަށް ސާފެވެ. އިތުރު އެކަލޭގެފާނުގެ ކިބައިގައި އަހަރެމެން މުއުމިނުންނަށް ހެޔޮ ނަމޫނާވާކަމުގައި މާތް ﷲ ވަނީ އަންގަވާފަ އެވެ. ޒުހުދުވެރި ނޫން ދުނިޔަވީ އަދި ދުނިޔޭގެ އުފާވެރިކަމަށް އެދޭ މީހާވެސް، ރޮއްޓާއި ހަނޑޫފަދަ ތަކެއްޗަކީ އޭނާގެ ކެއިންބުއިމުގެ މާބޮޑު އަސާސަކަށް ހަދައިގެން އުޅުމީ، މާތް ނަބިއްޔާގެ އަމަލުފުޅުން ފެންނާން އޮތް މޮޅު ގޮތާ ދިމާ އިދިކީލިކަމެކެވެ. އެހެން އެކަން ނުވާންޖެހޭ ސަބަބެއް ނެތެވެ. ސިއްތުނާ ޢާއިޝާގެފާނު ވިދާޅުވާ ފަދައިން، އިތުރު އެކަލާނގެފާނުގެ އުޅުއްވުމަކީ ޤުރުއާނެވެ. ބިމުގައި ހިނގާބިނގާވެ އުޅޭ ޤުރުއާނެވެ.

"އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތައް ލެއްވި..." ކަލާނގެ ކަމަށް އަންޢާމް ސޫރަތުގެ 141 ވަނަ އާޔަތުގައި ބަޔާންކުރެއެވެ. އާދޭހެވެ! މާތް ﷲ އީ އުޑުން ފެން ވެއްސަވައި، އޭގެ ޒަރީއާއިން ހުރިހާ ބާވަތެއްގެ ގަސްފެޅުއްވި ކަލާނގެއެވެ. އަދި އެގަސްތަކުން ތިމަންރަސްކަލާނގެ ފެހިކަން ނެރުއްވަމޭ އަންޢާމް ސޫރަތުގެ 99 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. އެހެންވީމާ ވެޔޮތަކަށް ދެމޭ އަދި ވެޔޮނޫން ފެހިކަމަކީ، އެކަންކަން މާތް ﷲ އިންތިޒާމުކުރެއްވި ގޮތުގެ މައްޗަށް ވިސްނާފިކުރުކުރުމުގެ ވަސީލަތުން އެކަލާނގެ ކުޅަދުންވަންތަކަމުގެ މައްޗަށް ވިސްނާފިކުރުކުރުމަށް އޮތް މަގެކެވެ.

އަންޢާމް ސޫރަތުގެ ހަވާލާދެވުނު ދެ އާޔަތުން ކުރެ އެއް އާޔަތުގައި ފެހިކަމުގެ ވާހަކަ، އަނެއް އާޔަތުގައި ވެޔޮއަދި ވެޔޮ ނޫން ގަސްތަކުގެ ވާހަކައާއި ހުރިހާ ބާވަތެއްގެ ގަސްގަހާގެހި ނެރުއްވުމުގެ ވާހަކަ އައިސްފައިވަނީ، ތަފާތު ބާވަތް ބާވަތުގެ މޭވާތަކާއި އަދި އެނޫންވެސް ދަނޑުގޮވާމުގެ ބާވަތްތަކާ ގުޅުވައިގެންނެވެ. އެހެންވީމާ ގަސްގަހާ ގެއްސާއި ވެޔޮތަކުގައި ލައްވާފައިވާ ފެހިކަން، އެއީ އެއިން ދުލަށާއި ސިކުނޑިއަށާއި ހަށިގަނޑަށް އަރާމާއި ލައްޒަތު ހޯދައިގަތުމަށް މާތް ﷲ ލައްވަވާފައިވާ ނިއުމަތެކެވެ. އާދޭހެވެ! އެކަމަކީ ޝައްކެތް އޮތްކަމެއް ނޫންތާއެވެ! ޒަމާނުއްސުރެ ބޭސްވެރިކަމުގައި އެކިއެކި ފަތްޕިލާވެލި ބޭނުންކުރެއެވެ. އަދި އަހަރެމެންގެ ސިއްހަތަށް ފައިދާހުރި ކާނާގެ އެންމެ މުހިންމު އެއް ބާވަތަކީ، ފަތްޕިލާވެލި ކަމާމެދަކު އެއްވެސް ބޭފުޅަކު ދެބަހެއް ނުވެއެވެ.

ޢަބަސަ ސޫރަތުގެ 24 ވަނަ އާޔަތުގައި އިންސާނާއަށް ދެއްވި ނިއުމަތްތައް ހަނދާންކޮށްދިނުމުގެ ގޮތުން އޭނާ ކައިބޮއިއުޅޭ ތަކެއްޗަށް ވިސްނާފިކުރުކުރުމަށް އަންގަވައެވެ. އެއަށްފަހު ވިދިގެން އައި އާޔަތްތަކުގައި "...ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގަސްތައް ފެޅުއްވީމެވެ. އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ. އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ. އަދި ގަސްތައްގިނަ ބަގީޗާތަކެވެ. މޭވާގެ ބާވަތްތަކާއި ހުއިތަކެވެ. އެއީ ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ ނައަމް ސޫފިތަކަށް ދިރިއުޅުމުގެ އުފަލެއްގެ ގޮތުގަ އެވެ." ނިކަން ވިސްނަވާށެވެ! "އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ." އޮތް ބަސްފުޅުން ފަތްޕިލާވެއްޔަކީ ކާބޯތަކަތީގެ ތެރޭގައި ހިމެނެންޖެހޭ މުހިންމު ބާވަތެއްކަމަށް ސާފުކޮށް ދޭހަކުރެވެ އެވެ. "މޭވާގެ ބާވަތްތަކާއި ހުއިތަކެވެ." މިބަސްފުޅުންވެސް ހަމަ އެމުރާދު ނެރެވެއެވެ. "އެއީ ތިޔަބައިމީހުންނަށާއި ނައަމް ސޫފިތަކަށް ވެސް ދިރިއުޅުމުގެ އުފަލެއްގެ ގޮތުގައެވެ." މިގޮތަށް އަންގަވާފައި އޮތުމުން، ފަތްޕިލާވެއްޔާއި ހުއިތަކަކީ ހަމައެކަނި ގެރިބަކަރީގެ ކޮއްތުނޫންކަން ސާފުކޮށް އެވަނީ ބަޔާންކުރައްވާފައެވެ. ގެރިބަކަރިއަށްވުރެ ކުރިޔަށް އައީ އަހަރެމެން އިންސާނުންގެ ވާހަކަ އެވެ.

ތަފާތު ގަސްތައް ލެއްވިލެއްވުމާއި އެއިން ކޮންމެ ގަހަކުން ލިބޭ ބާވަތްތައް ތަފާތުވެގެންވާހިނދު، އެހުރިހާ ގަސްތަކަކަށް އަސާސީގޮތުން ދެވެނީ އެއް ކާނާއެއްކަމުގައިވީކަމީ ކަލާނގެ ގުދުރަތްތެރިކަމުގެ ތެރެއިންވާކަމެއްގެ ގޮތުގައި އައްރަޢުދު ސޫރަތުގެ 4 ވަނަ އާޔަތުގައި ސިފަކުރައްވާފައިވެ އެވެ. އެއާޔަތް ނިންމަވާލައްވާފައިވަނީ "...އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. " އާދޭހެވެ! ކާބޯތަކެތީގެ ތެރެއިން އިންސާނާގެ ހަށިގަނޑަށް ބޮޑަށް ފައިދާކުރާ ތަކެއްޗާއި، އަދި ވަކި އިންސާނަކު ހުންނަ ހާލަތެއްގެ ސަބަބުން އޭނާއަށް ބޮޑަށް ބޭނުންވާ މާއްދާ ހިމެނިފައިވާ ކާބޯތަކެއްޗަކީ ކޮބައިކަން ދެނެގަތުމަށް، އައިސްފައިވާ އިރުޝާދެކެވެ. ވިސްނާފިކުރުކުރާ ބަޔަކަށް މެނުވީ މުއުމިނުންކަމުގައި ނުމެވެވޭނެއެވެ. ޝައްކެތް ނެތްގޮތުން ފެހިކަންގަދަ ފަތަކީ އެހެނިގެން ވަރަށް ގިނަ ކާބޯތަކަޗެއްޗަށްވުރެ ކެއުމަށް މޮޅުކުރެއްވި އެއްޗެއްކަމީ، ޒަމާނުގެ އިލްމީ ހަގީގަތެކެވެ.

ތަފާތު މޭވާއާއި ފަތްޕިލާވެއްޔާއި ހުއި، އެއީ ނައަމްސޫފިއެކޭ އެއްގޮތަށް އަހަރެމެންނަށް ހުރި ދިރިއުޅުމުގެ އުފަލެއްގެ ގޮތުގައި ޢަބަސަ ސޫރަތުގެ އާޔަތްތަކުގައި ސިފަކުރައްވާފައި އޮންނަ ކަމީ އާދަޔާ ހިލާފު ނަޒަރަކުން އެކަމުގެ މައްޗަށް ވިސްނާލުން އެދެވިގެންވާ ކަމެކެވެ. ހެކިތައް ފެންނާނީ ވިސްނާ ފިކުރުކުރާ ބަޔަކަށެވެ. ފަތްޕިލާވެއްޔާއި ހުއިގެ ފެހިކަމަކީ އަދި ފެހިކަން ގަދަ މަންޒަރުތަކަކީ ބަލާލަން ހިތްގައިމު، ސިކުނޑިއަށް އަރާމުދޭ މަންޒަރުތަކެކެވެ. އެކަމަކު ޢަބަސަ ސޫރަތުގައި އެތަކެއްޗަކީ ދިރިއުޅުމުގެ އުފަލެއްގެ ގޮތުގައި ސިފަކުރައްވާއި އޮންނަނީ މޭވާފަދަ ކާބޯތަކެއްޗާ ލާމަހައި އެއް ލިސްޓަކަށް ބަޔާންކުރައްވަމުންނެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި އެކަމުން މުރާދުވެވެނީ ދިރިއުޅުމުގެ އުފާތައް ލިބިގަތުމުގައި ތިމާ ކާބޯތަކެތީގެ ދައުރުގެ މުހިންމުކަމެވެ. ދިރިއުޅުމުގެ އެއްވެސް އުފަލަކާއި އަރާމަކީ ތިމާ ދުޅަހެޔޮ ސިއްހަތެއްގައި ހުރެގެން މެނުވީ ލައްޒަތު ލިބިގަނެވޭނެ ކަންކަމެއް ނޫނެވެ. ދުޅަހެޔޮ ސިއްހަތަކަށް އެންމެ އިސްދައުރެއް އަދާކުރަނީ ތިމާ ކައިބޮއިއުޅޭ ތަކެއްޗެވެ. އާދޭހެވެ! ހުރިހާ އުފަލަކާއި ލައްޒަތެއްގެ ވަސީލަތަކީ، ކާބޯތަކެތި އިސްލާހުކޮށް، އޭގައި މޭވާއާއި ފަތްޕިލާވެލި ގިނަކުރުންކަމުގައި އެއާޔަތުން އަޅުގަނޑަށް މާނަވެއެވެ. ކުރު ޖުމުލައިން ބަލާޣާތުގެ އިންތިހާގައި އެއާޔަތުގައި ސިފަކުރައްވަނީ، އެތަކެއްޗަކީ އަހަރެމެންނަށް ހުރި އުފަލެއްކަމަށެވެ. އާދޭހެވެ. އުފަލާއި މަޖާ އޮތީ މޭވާއާއި ފަތްޕިލާވެއްޔާއި ހުއިގައެވެ. ހަމައެކަނި އެއިން ދުލަށް ލިބޭ ރަހައިގެ މަޖަލުން އެކަންޏެއް ނޫނެވެ. އެއިން ހަށިގަނޑަށް ގެނެސްދޭ ދުޅަހެޔޮކަމުގެ މަޖަލާއި، ދުޅަހެޔޮކަމުން ހަޔާތުގެ މަޖާތަކަށް މަގުފަހިކުރުވާ އުފާވެރިކަމުންވެސްމެ އެވެ.

ދުނިޔަވީ އުފަލާއި އަރާމު ބޭނުންވާ މީހާއަށް އަޅުގަނޑުގެ ނަސޭހަތަކީ، ޢަބަސަ ސޫރަތުގެ 24 ވަނަ އާޔަތެވެ. "ފަހެ އިންސާނާ އޭނާ ކައިބޮއިއުޅޭ ތަކެއްޗަށް ބަލާފާހުށިކަމެވެ!" ތެޔޮރޮއްޓާއި މަސްހުންޏެވެ. ހަވާދުގައި ތެލުލީ ކުޅިމަހާއި ހަވާދާ ނުލައި ތެލުލައިފައިވާ މަހެވެ. ބަޖިޔާތަކާއި ގުޅަތެކެވެ. ކުޅިރޮށިތަކާއި ކާޖާއެވެ. ޢަބަސަ ސޫރަތުގައި، ދުނިޔަވީ އުފަލެއްކަމުގައި އެތަކެތި ލެއްވިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވި ތަކެތީގެ ތެރޭގައި މިތަކެއްޗެއް ހަމަގައިމު ނިހިމެނެއެވެ. މާތް ނަބިއްޔާ އެއް ދުވަހެއްގައި ރޮއްޓާއި ތެލުން ދެފަހަރަށް ބަނޑުފުރާނަ މުއްތި ނުކުރައްވަނީ ލިބިވަޑައި ނުގަންނަވާތީކީ ނުމެނޫންމެ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox