ސަރުކާރުން އެއްވެސް މީހަކަށް ވަޒީފާގެ ބިރެއް ނުދައްކާނެ: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު؛ ސަރުކާރުން އެއްވެސް މީހަކަށް ވަޒީފާގެ ބިރު ނުދައްކާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު؛ ސަރުކާރުން އެއްވެސް މީހަކަށް ވަޒީފާގެ ބިރު ނުދައްކާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އެއްވެސް މީހަކަށް ވަޒީފާގެ ބިރު ނުދައްކާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށާއި، މިފަހުން ވަޒީފާއިން ވަކިކޮށްފައި ވަނީ، ސިޔާސީ މަގާމުތަކުގައި ތިބި މީހުން ކަމަށެވެ.

ސިޔާސީ މަގާމުތަކަކީ، ކޮންޓްރެކްޓަކާ ނުލައި، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން އައްޔަންކުރާ މަގާމުތަކެއް ކަމަށްވާތީ، އެ މަގާމުތަކުން މީހުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް މިއުވާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ މަސްއޫލިއްޔަތަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށެވެ.

"ހެނދުނު ނިކުމެ، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން އުޅެފަ، ރޭގަނޑު އެ ފިކުރެއްގެ މީހުންނާއެކު ނިކުމެ ހެނދުނު ތަންފީޒުކުރަން އެ އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަ ދައްކާނަމަ، އެއްގޮތުން ދަންނަވާނަމަ ސިޔާސީ ކަންކަމަށް ލޯ ނުހުޅުވެނީއޭ ނުވަތަ އެ މަގާމުގައި އެ ބޭފުޅަކު ކުރުމުގެ ބޭނުން ކެނޑެނީ،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ފިކުރު ހުރި ގޮތަކުން، ސިވިލް ސާވިސް އާއި އާންމު ވަޒީފާތަކުގައި ތިބި މީހުންނަށް ވަޒީފާގެ އެއްވެސް ބިރެއް ނޯންނާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ކަން ކުރި ގޮތަށް ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި، ގުޅުމެއް ނެތް މަސައްކަތްތައް ހަވާލު ކުރުން ފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއުވާން އިތުރަށް ވިދާޅުވީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކޮށްގެން، ފަރުވާ ކުޑަވެގެން ނުވަތަ ކުށެއްކޮށްގެން މީހަކު ވަޒީފާއިން ވަކިކޮށްގެން ނުވަތަ ފިޔަވަޅު އެޅުމަކީ އެއީ ސިޔާސީ ގޮތުން އަޅާ ފިޔަވަޅެއް ނޫން ކަމަށެވެ.

ވިއްސަކަށް މިނިޓަށް ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ވަޒީފާގެ ބިރު ނޯންނާނެ ކަމަށް ރައީސް ވިދާޅުވި ވީޑިއޯ ޝެއާކޮށް، ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވަކިކުރުމާ ގުޅުވައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަނީ ސިޔާސީ ކަންކަމުގެ އެންމެ އަސާސީ ކަންކަން ނޭނގޭ މީހުން ކަމަށެވެ.

"އަޅުގަނޑު އެހާ ބޮޑަކަށް އެކަމުގައި ހައިރާނެއް ނުވޭ. ހާމަކަން ބޮޑު އިންތިހާބެއްގެ ނަތީޖާއެއް ގަބޫލުނުކޮށް 2018ގައި ވެސް، މިހާރުވެސް އުޅުއްވާ އެއް ބޭފުޅުންތަކެއް އެކަންކަމުގައި އެ އުޅުއްވަނީ" ވަޒީފާގެ ބިރު އޮތް ކަމަށް ބުނެ ވާހަކަ ދައްކަނީ، އިދިކޮޅަށް ނިސްބަތްވާ މީހުންކަން އިޝާރާތްކުރައްވަމުން މިއުވާން ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހު ކާމިޔާބު ކުރެއްވި ނަމަވެސް، އެމަނިކުފާނާ ވާދަކުރެއްވި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަކި ފެކްޝަނެއް ހައްދަވައިގެން ފާޅުގައި ނުކުންނަވައިފަ އެވެ. ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަނީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީއަށް ތާއީދުކުރަން ނިންމައިފަ އެވެ.

އެއާއެކު ސަރުކާރުގައި މިހާރު ތިިއްބެވި ނަޝީދު ފެކްޝަނުގެ ބޭފުޅުން ވަނީ ވަކިކުރަން ފަށައިފަ އެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ހިމެނެ އެވެ.

މީގެ އިތުރުން، ރައީސް ސޯލިހަށް ތާއިދުނުކޮށް ޖޭޕީގެ ސްލޮޓުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރަން އެމްޑީޕީގެ ތެރެއިން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox