ލިވަޕޫލާއި ޗެލްސީ އަނެއްކާ ވެސް އެއްވަރު

Apr 5, 2023, 12:27 AM
ޗެލްސީގެ ހަވާޓްޒް ޖަހާ ބޯޅަ ރީބައުންސް ވެގެން އޭނާ އަތުގައި ޖެހިފައި ބޯޅަ ގޯލަށް ދަނީ.

ޗެލްސީގެ ހަވާޓްޒް ޖަހާ ބޯޅަ ރީބައުންސް ވެގެން އޭނާ އަތުގައި ޖެހިފައި ބޯޅަ ގޯލަށް ދަނީ.

ލަންޑަން (އޭޕްރީލް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި، 0-0 އިން އެއްވަރުވިއިރު، މިއީ މި ދެ ޓީމު ލަނޑެއް ނުޖެހި މި ނަތީޖާ އިން ޖެހިޖެހިގެން އެއްވަރުވި ހަތަރު ވަނަ މެޗެވެ.

މި މެޗުގައި ޗެލްސީ އަށް އިރުޝާދުދިނީ ދާދި ފަހުން އެ ޓީމުގެ ކޯޗުކަމުން ވަކިކުރި ގްރަހަމް ޕޮޓާގެ ބެކްރޫމް ސްޓާފެއް ކަމަށްވާ ބްރޫނޯ ސަލްޓޯ އެވެ. މިއީ، ހެޑް ކޯޗެއްގެ ރޯލުގައި ސަލްޓޯގެ އަލަތު މެޗެވެ.

ރޭގެ މެޗަށް ފަހު ބްރޫނޯ ބުނީ ދިމާވެފައިވާ ހާލަތާ ހެދި މި މެޗަށް ފޯކަސް ކުރަން އުނދަގޫވި ކަމަށާއި އެކަމަކު، ދެއްކި ކުޅުމާއި ތަނަވަސްކުރި ފުރުސަތުތަކަށް ބަލާއިރު، މިއީ މޮޅުވެވޭނެ މެޗެއް ކަމަށެވެ.

Advertisement

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗަށް ލިވަޕޫލުން ނެރުނު ފުރަތަމަ އެގާރަ އަށް ވަނީ ބަދަލުތަކެއް އަތުވެފަ އެވެ. ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީ ދަނޑުގައި ބަލިވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ އަށް ވަނީ ހަ ބަދަލެއް ގެނެސްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ މުހައްމަދު ސަލާހު ބެންޗަށް ލުމެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ރީސް ޖޭމްސް ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމީ، އެ އެޓޭކުގައި ޗެލްސީގެ އެންޒޯ ފެނާންޑޭޒް އޮފްސައިޑް ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކަނޑައެޅުމުންނެވެ.

ލިވަޕޫލުން ވެސް ކޮންމެ ވެސް ވަރަކަށް އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. ޗެލްސީން ވަނީ ދެ ވަނަ ހާފުގައި ވެސް ގޯލެއް ޖަަހައިފަ އެވެ. ޗެލްސީގެ ކައި ހަވާޓްޒް ޖެހި ގޯލު ވީއޭއާރް އިން ބަލާފައި ބަލައިނުގަންނަން ނިންމީ ބޯޅަ ގޯލަށް ވަނީ ހަވާޓްޒް އަތުގައި ޖެހިފައި ކަމަށްވާތީ އެވެ.

ލިވަޕޫލާއި ޗެލްސީ އެއްވަރުވުމުން ގަދަ ހަތަރެއްގެ ރޭހަށް ވަންނަން މަސައްކަތް ކުރަމުން އަންނަ މި ދެ ޓީމަށް ވެސް ވަނީ އުނދަގޫ ބޮޑުވެފަ އެވެ. ލިވަޕޫލް ލީގުގެ އަށް ވަނައިގައި އޮތީ 28 މެޗުން 43 ޕޮއިންޓާ އެކު އެވެ. ލީގުގެ 11 ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 29 މެޗުން 38 ޕޮއިންޓް ލިިބިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ލެސްޓާ ސިޓީ ދަނޑުގައި އެސްޓަން ވިލާ ވަނީ 2-1 އިން މޮޅުވެފަ އެވެ. ލީޑްސް ޔުނައިޓެޑުން ފަހަތުން އަރައި، 2-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު، ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ބްރައިޓަން އިން ވަނީ 2-0 އިން ބޯންމައުތުގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox