އިންޑިއާގެ ބޭސް ކުންފުންޏަކުން ގަވާއިދާ ހިލާފުވި ކަމަށް އެމެރިކާއިން ބުނެފި

މީހެއްގެ ލޮލަށް ބޭސް އަޅަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

މީހެއްގެ ލޮލަށް ބޭސް އަޅަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގައި ތިން މަރަކާއި ސީރިއަސް އިންފެކްޝަންތަކަކާ ގުޅުން ހުރި ކަމަށް ބެލެވޭ އިންޑިއާގެ ބޭސް ކުންފުންޏަކުން ރައްކާތެރިކަމުގެ ގަވާއިދުތަކާ ހިލާފުވި ކަމަށް އެމެރިކާއިން ބުނެފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިދިޔަ ހަފުތާގައި ރިޕޯޓު ނެރުނީ އިންޑިއާގެ ޗެންނާއި ސިޓީގައި ހުންނަ ފްލޯބަލް ފާމާ ކުންފުނީގެ ޕްލާންޓު ބަލައި ފާސްކުރުމަަށް ފަހު އެވެ.

ގްލޯބަލް ފާމާއިން ވިއްކާ ލޮލަށް އަޅާ ތިކި ބޭސް ނުވަތަ އައިޑްރޮޕްސް ވިއްކުން ހުއްޓާލައި މާކެޓުގައި ހުރި ތަކެތި އަނބުރާ ގެންދިޔައީ މިދިޔަ ފެބްރުއަރީ މަހު އެފްޑީއޭގެ ލަފާގެ މަތިންނެވެ.

Advertisement

އެފްޑީއޭއިން ވަނީ އެ ކުންފުނީގެ އުފެއްދުންތައް އެމެރިކާއަށް އިމްޕޯޓް ކުރުން ވެސް މެދުކަނޑާލައިފަ އެވެ.

މައްސަލަ ޖެހުނު ބޭސް ވިއްކަނީ އެޒްރިކެއާ އާޓިފިޝަލް ޓިއާޒް އަދި ޑެލްސަމް ފާމާޒް އާޓިފިޝަލް ޓިއާޒްގެ ނަމުގަ އެވެ. ބޭހަށް ނުގުޑާ ނުރައްކާތެރި އިންފެކްޝަންތަކެއް އެމެރިކާގައި ފެތުރުނީ އެ ދެ ބޭހުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

ސީރިއަަސް އިންފެކްޝަން ކުރިމަތިވާ ސިޔުޑޯމޮނާޒް އޭރުގިނޯސާގެ އާއްމު ނޫން ސްޓްރެއިންއެއް ހަށިގަނޑުން ފެނުނު 68 ބަލި މީހުން ތިބި ކަމަށް އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބުނީ މާޗް މަހު އެވެ. އެއީ 16 ސްޓޭޓަކަށް ނިސްބަތްވާ މީހުންނެވެ.

ބޭހަށް ނުގުޑާ އެ ސްޓްރެއިން މީގެ ކުރިން ދުވަހަކު ވެސް އެމެރިކާއިން ފެނިފައެއް ނުވެ އެވެ. އެއީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ނުރައްކާ އެއްޗެކެވެ.

އޭގެ ސަބަބުން އެމެރިކާގައި ތިން މީހުން މަރުވި އިރު، އަށް މީހުންގެ ލޮލުގެ ފެނުން ގެއްލުނެވެ. އަދި ހަތަރު މީހުންގެ ސާޖަރީ ހަދައި ލޯ ނަގަން ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox