އަހަރަކު އެއްފަހަރު ޒިޔާރަތްކުރާ ޝެފް

އަހަރަކު އެއްފަހަރު ޒިޔާރަތްކުރާ ޝެފް

ރޯދަމަހަށް ހަނދުބަލާ ދުވަހަކީ އަލަމާރިތަކާއި ހަރުތަކުގައި ހުރި ކައްކާ ފޮތްތައް ނަގައި އެއްތަންކޮށް، ފަސޭހައިން އަތުޖެހޭނޭ ހިސާބެއްގައި ބަހައްޓާ ދުވަހެވެ. "ކަރުނަޔާ ނުލައި ކެއްކުން" މިފޮތުން ފެށިގެން ގޮސް ޖުވޭގެ އެންމެ ފަހުގެ ކައްކާފޮތްވެސް ހިމެނޭ ގޮތަށެވެ. ފޮތް ހުޅުވާލެއް މަދުކަމުން، ހިރަފުސް ފޮޅާލާ އިރަށް ހީވަނީ އިއްޔެ ގަތް ފޮތެއް ހެންނެވެ. މިއީ ތެދެއް ނޫންކަން ސާބިތުކޮށްދެނީ، ކަން ލަންބާލާފައި ހުރި ދެތިން ޞަފުޙާ ފާހަގަވާން ހުންނަ ހުރުމެވެ.

ދެން ފޮޅައި، ދޮވެ، ސާފުކުރަނީ ވޭތުވެދިޔަ އެގާރަ މަސް ދުވަހު ތެލި ހަރުގެ އެންމެ ބިއްދޮށަށް ލާ ރައްކާކޮށްފައި ހުރި ޚާއްޞަ ބަދިގޭ ސާމާނެވެ. ބޯކިބާ ފިހަން ގެންގުޅޭ "ހެޕީކޯލް" ތަވާގައި އެންމެފަހުން އަތްޖާސި ހަނދާން ވަނީ މިދިޔަ އަހަރުގެ ފިޠުރު ޢީދު ވިލޭރެއެވެ. އަވަން ތަށިތައް ނަގާ ސިންކުގައި ބަރިޖަހާލުމުން ކުޑަ މީހާ "މަންމާ! ތަށި ފަރުބަދަ" އެކޭ ގޮވާލީ ސަބަބެއް ނެތީމައެއް ނޫނެވެ. ލޯ ތަށިތަކުން ފެށިގެން ގޮސް، އަރިމަތި ނައްޓާލެވޭ ތަށިތަކާއި ސިލިކޯން ތަށިތަކެެވެ. އެކި ބައްޓަމަށް ހުރި ތަށިތައް ފެނުމުން، މީ އަނެއްކާ ވިޔަފާރިއެއް ހިންގާ މީހެއް ބާވައޭ ހިތަށް އެރިއެވެ. ހައްތަހާވެސް ކޮންމެވެސް "ރެސިޕީ" އަކަށް ބޭނުންވެގެން ހޯދުމަށްފަހު ދެތިން ފަހަރަކު ބޭނުންކޮށްފައި ނުވަތަ އަދި އަތްނުލާ ހުރި ތަކެއްޗެވެ. ޢާއްމުކޮށް ބޭނުންކުރެވޭ ވައް ދެ ތައްޓާއި ހަތަރެސްކަން ދެ ތަށި ފިޔަވައެވެ. ލެވުނުތަނެއް ހަނދާން ނެތިގެން މި އުޅެނީ އެއް ޖޯޑުން ފެށިގެން ބައި ސައިސަމުސަލާ ހަމައަށް މިނަން ގެންގުޅޭ "ސަމުސާ ފައްޗެވެ." އެތައް އިރަކު ހޯދައިގެން އެ، ވެސް ފެނިއްޖެއެވެ. އަމުނާފައި އޮތް ބޮޅު ހަލާކުވެ ސަމުސާތައް ހުރީ ތަރުތީބުގެއްލިފައެވެ. އަނެއްކާ އެ މަސައްކަތްވެސް ކުރަންވީއެވެ.

މުލަ ރޯދަ ދުވަހު ހަދަން ވިސްނީ ލަޒާންޔާއެވެ. އެކަމަކު ޙަޤީޤީ ޝެފެއް ނޫންކަމުން އެ ހަދަން ނިންމީ ފިހާރައިން ލަޒާންޔާ ޝީޓު ގަނެގެންނެވެ. އެހެން ސާމާނު ތައްޔާރުކުރެވުމުން ފަޚުރުވެރިވެލާފައި ލަޒާންޔާ ޝީޓުތައް ނަގަން ފޮށި ހުޅުވާލުމުން ފުރަތަމަވެސް ބޯދިއްކޮށްލީ ބޮޑު އުކުނެކެވެ. އަތްމަތި އަވަސްކޮށްލާފައި ފޮށި ހުޅުވާލިއިރު މިއޮތީ ހާއްޔެކެވެ. ވީ ފޫއްސަކުން ހުރިގޮތަށް ލީ ކުނިވަށިގަނޑަށެެވެ.

އެހެން ދުވަހެކެެވެ. އެއްކަލަ، ރޯދަމަހަށް އަންނަ ޝެފެވެ. ފޮނި އެއްޗެއް ހަދަން ވިސްނަނިކޮށް ވަރަށް ކަވި މަސައްކަތްތަކެއް ކުރަން ޖެހޭ ރެސިޕީއެއް ފެނިއްޖެއެވެ. ކޮންމެވެސް ޒާތެއްގެ "ޕައި"އެކެވެ. ފުރަތަމަ ހެދީ ޕައި ކުރަސްޓުގަނޑެވެ. މާ ބޮޑު އުނދަގުލެއް ނެތި އެކަން ނިމިއްޖެއެވެ. މި ކުރަސްޓު ހަދަން ޖެހުނީ އަރިމަތި ނައްޓާލެވޭ ކަހަލަ ތައްޓެއްގައެވެ. އެތެރެއަށް އަޅާ ހުރިހާ ސާމާނެއް ހަދައި ވަރަށް ނަލަކޮށް އަތުރާލެވިއްޖެއެވެ. ދެއަތުން ތަށީގައި ހިފަހައްޓައިގެން ހުރެފައި ތަށިން އެއް އަތް ދޫކޮށްލީ އަވަނުގެ ދޮރު ހުޅުވަންވެގެންނެވެ. އަސްތާ ކަމަކު ދާކަށް ނެތެވެ. ތަށީގެ އަރިމަތި ނެއްޓި މިއޮތީ މާސިންގާ ތަނޑުގަނޑެއްހެން އުޅަނބުށީގައި އެޅިފައެވެ. ސިއްސައިގެން ގޮސް އަތްގުޑުވާލެވުމުން، ޕައި އަރިޖަހާލައި، އަޅާފައި ހުރި ފިލިންގެ ސަބަބުން މަޑުވެފައިވާ ކުރަސްޓުގަނޑަށް ނުހިފެހެއްޓިގެން އޭގެ ދެ ބައިކުޅަ އެއްބައި އެ ފޭބީ ބިންމައްޗަށެވެ. މިއަދު ފިހަން މި ޖެހެނީ އާދަޔާ ޚިލާފު ޒާތެއްގެ ޕައި އެކެވެ. ޝެފްސް ސްޕެޝަލް ތޯއްޗެކެވެ.

އިއްޔެ ފޭސްބުކް ފީޑަށް އެ އައީ ވަރަށް ހަދާލަން މަސައްކަތްކުރަން ބޭނުންވެފައި ހުރި ރެސިޕީއެކެވެ. އެލްގޮރިދަމްތަކާ ހުރެ، އެ ސޮރަށް ސިއްރުކުރެވޭ އެއްކަމެއްވެސް ނޯވެއެވެ. ކިރު ބޯކިބަލެވެ. އަކުރުން އަކުރަށް ފިލިން ފިއްޔަށް އެ ބަލައިގެން މަސައްކަތް ފައްޓައިފީމެވެ. މި ފަހަރު ކާމިޔާބުކުރަން އަޒުމު ކަނޑައަޅައިގެންނެވެ. އެކަމަކު އުޅެ އުޅެ މިއެއް ނުފިހެވެއެވެ. ބައި ގަޑި އިރު ވީ އިރުވެސް މި އޮތީ ބޮކި ޖަހާލަ ޖަހާލައެވެ. މަތިން ހަރު ނުވާތާ، މުށި ކުލަވެސް އެރީކީ ނޫނެވެ. އަނެއްކާވެސް އެ ވެބްސައިޓް ބަލާލައިފީމެވެ. އޮތީ މުށިކުލަ އެރީމާ އަވަނުން ނެގުމަށެވެ. އަނެއްކާވެސް އަވަނަށް ލާ ޖައްސައިފީމެެވެ. އެ ބުނާ ކުލައެއް ނޭރިއެވެ. ކުއްލިއަކަށް މެދުން ފެންފޮޅެއްހެން ޕުއްޕާލާފައި އެ ފެއްޓީ މަތި ކަޅުވާށެވެ. ގަންނާކުރެއްވި ބިރުން އަވަހަށް އަވަނުން ތަށި ނަގައިފީމެވެ. މިވެސް ފޭލްވީ ކަމަށް އަރިމަތީގައި ބޭއްވީއެވެ. ރޯދަވިއްލާ ނިންމުމަށްފަހު، އެނދި ބައި ކަހާލާފައި، ސަމުސާ ޖަހައިގެން ކާން ނިންމައިގެންނެވެ. ރޯދަވިއްލައިގެން ތަށި ދޮވެ ނިންމާފައި އެއްކަލަ ބޯކިބާ މަތިން ހަނދާންވެގެން ބަލާލައިފީމެވެ. ހައިރާންވެ އަންތަރީސްވާހާވެއެވެ. އަވަނުން ނެގި އިރު ބޮކި ޖަހަޖަހާ އޮތް ބޯކިބާ މިއޮތީ ރީތިކޮށް ހަރުވެލާފައެެވެ. ހުދުކޮށް ހުރި ބައިތައް ރީތިކޮށް ކަފާލެވެއެވެ. ކާލިއިރު ރަހަވެސް ރަނގަޅެވެ. އެކަމަކު ދެން ކުރާނީ ކީއްހެއްޔެވެ. ހާރުދަމުގައި މޭޒަށް ނަަގާނީއެވެ. އަޅެ ރެސިޕީގައި އެ ނަގާފައި ބެހެއްޓީމައި އަމިއްލައަށް ހިކޭނޭ ކަން ލިޔެފައި އޮތް ނަމަ ނޫން ހެއްޔެވެ. ގޯހީ ރެސިޕީއެވެ. ޝެފެއް ނޫނެވެ.

ދެން މިހެން އެކައްޗެއް ހަދައި، އަނެކައްޗެއް ހެދޭތޯ މަސައްކަތްކުރަމުންދަނިކޮށް އިސާހިތަކު ރޯދަމަސް ނިމިދާނެއެވެ. އަނެއްކާވެސް މި ކަވި ރެސިޕީތަކާއި އެއަށް ބޭނުންވާ އާލާތްތައް ފޮރުވަންވީއެވެ. އެކަހަލަ ތަކެތި ކެއްކުމުގެ މަސައްކަތް ޙަޤީޤީ ކައްކާއިންގެ ނުވަތަ އަސްލު ޝެފުންގެ އަތްމައްޗަށް ދޫކޮށްލަން ވީއެވެ. ހުރިހާ ރޯދަ ޝެފުންގެ އޭޕްރަންތައް ބާލައި، ޗުއްޓީ ނަގަންވީއެވެ. ރޯދަ މަހަކީ މީރުކޮށް ކައްކާ މޮޅެތި ކައްކާއިންގެ ހުނަރާއި ފަންނުވެރިކަމުގެ އަގު ވަޒަންކުރެވޭ މަހެކެވެ. މާސްޓަރ ޗެފުގައި ބައިވެރިވާން ތައްޔާރުވެވޭނީ އަދި ހައެއްކަ ރޯދަމަސް ނިމޭ ފަހުންނެވެ. އަދި ތައްޔާރެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox