އައިޕީއެލް 2023: ބެންގަލޫރާ އެކު ވިރާތަށް ވެސް ރަނގަޅު ފެށުމެއް

Apr 3, 2023, 9:07 AM
ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ ތަރި ވިރާތު: އޭނާ ވަނީ ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކާފައި.

ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ ތަރި ވިރާތު: އޭނާ ވަނީ ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކާފައި.

ނިއު ދިއްލީ، އިންޑިއާ (އޭޕްރީލް 3) - ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިިމިއާ ލީގު (އައިޕީއެލް)ގެ މި އަހަރުގެ ސީޒަންގެ ފެށުން ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ރަނގަޅުކޮށްފި އެވެ.

މި އަހަރުގެ ސީޒަނަށް ވަރުގަދަ އަށް ތައްޔާރުވި ބެންގަލޫރުން އެ ޓީމުގެ ފުރަތަމަ މެޗުގައިވަނީ މުމްބާއީ އިންޑިއަންސް އަށް ވިކެޓުން ބަލިކޮށްފަ އެވެ.

މެޗުގެ ޓޮސް ދިމާވުމުން ބެންގަލޫރުން ނިންމީ އެ ޓީމުން ފުރަތަމަ ފީލްޑް ކުރާށެވެ. މުމްބާއި ކުޅެން އަރައި، 20 އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ. މުމްބާއީ އަށް މެޗުގައި މައްސަލަތައް ދިމާވީ ފުރަތަމަ ތިން ވިކެޓު ފަސް އޯވަރުގެ ތެރޭގައި ގެއްލުމުންނެވެ. އޭގެ ތެރޭގައި ދެ އޯޕަނަރުން ކަމަށްވާ ކެޕްޓަން ރޯހިތު ޝަރުމާ އާއި އިޝާން ކިޝަންގެ ވިކެޓު ހިމެނެ އެވެ.

މުހިންމު ކުޅުންތެރިޔާ ސޫރްޔަކުމާރު ޔާދަވްގެ ވިކެޓު އަށް ވަނަ އޯވަރުގައި ގެއްލި މުމްބާއީ ޕްރެޝަރުގައި އޮއްވައި އެ ޓީމަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ތިލަކް ވަރުމާ ދެއްކި މޮޅު ކުޅުމުންނެވެ. ތިލަކް ވަނީ ނުބައިނުވެ 46 ބޯޅައިން 84 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި ބެންގަލޫރުން ކުޅެން އަރައި ފުރަތަމަ 16.2 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 172 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. އެ ޓީމުގެ ދެ އޯޕަނަރުން ކަމަށްވާ ވިރާތް ކޯލީ އާއި ފަފް ޑު ޕްލެސިސް މޮޅު ކުޅުމެއް ދެއްކިއިރު މުމްބާއީ އަށް މީގެ ތެރެއިން ކުޅުންތެރިއެއް ނުބައިކުރެވުނީ މެޗުގެ 15 ވަނަ އޯވަރުގަ އެވެ.

މި އިނިންގްސްގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ބެންގަލޫރުގެ ކެޕްޓަން ފަފްް ވަނީ 43 ބޯޅައިން 73 ލަނޑު ހަދައިފަ އެވެ. ވިރާތު ވަނީ ނުބައިނުވެ 49 ބޯޅައިން 82 ލަނޑު ހަދައިފަ އެވެ.

މުބާރާތުގައި މިހާތަނަށް ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅެފައިވާއިރު ޗެމްޕިއަން ގުޖުރާތުން ފެށި ރަނގަޅު މޮޅަކާ އެކުގަ އެވެ. ކޮލްކަތާ ނައިޓް ރައިޑާސް އަތުން ޕަންޖާބު މޮޅުވިއިރު، ލަކްނޯ އިން ވަނީ ޑެލީ ކެޕިޓަލްސް ބަލިކޮށްފަ އެވެ. މިހާތަނަށް މުބާރާތުގައި އެންމެ ބޮޑު ސްކޯއެއް ހޯދި ރާޖަސްތާން ރޯޔަލްސް އިން ވަނީ ބޮޑު ތަފާތަކުން ސަންރައިސާސް ހައިދްރާބާދު ބަލިކޮށްފަ އެވެ.

އިންޑިއަން ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ޗެންނާއީ ސުޕަ ކިންގްސް ނިކުންނާނީ ލަކްނޯ ސުޕަ ޖަޔަންޓްސް އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox