ނަޕޯލީ އަތުން ތަފާތު ބޮޑު މޮޅެއް ހޯދައި މިލާން ތިން ވަނަ އަށް

Apr 3, 2023, 12:47 AM
ލަނޑު ޖެހުމަށް ފަހު މިލާނުގެ ލެއާއޯ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު މިލާނުގެ ލެއާއޯ އުފާފާޅުކުރަނީ.

ނޭޕްލްސް، އިޓަލީ (އޭޕްރީލް 3) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ދަނޑުގައި ރޭ 4-0 އިން ތަފާތު ބޮޑު މޮޅެއް ހޯދައި އޭސީ މިލާނުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ. މިއީ މި ފަހަރު ލީގުގައި ނަޕޯލީ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.

މިއީ، 2007-2008 ވަނަ ސީޒަނުގައި އެޓަލަަންޓާ އަތުން ބަލިވި މެޗަށް ފަހު ނަޕޯލީ އެންމެ ފަރަގު ބޮޑުކޮށް ލީގު މެޗަކުން ބަލިވި ފަހަރެވެ. މިލާނާއި ނަޕޯލީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ލެގުގައި މި މަހު 12 އާއި 18 ވަނަ ދުވަހު ބައްދަލުކުރާނެ އެވެ.

އިޓާލިއަން ލީގުގެ އެއް ވަަނައިގައި ނަޕޯލީ އަދިވެސް އޮތީ 16 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ނަޕޯލީ އަށް ވަނީ 28 މެޗުން 71 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލާޒިއޯ އަށް ވަނީ 28 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ޖެހިލި މިލާނުގެ އޮތީ 28 މެޗުން 51 ޕޮއިންޓެވެ. ހަތަރެއްގައި އޮތް އިިންޓަ މިލާނާއި ފަހެއްގައި އޮތް ރޯމާ އަށް ވަނީ 28 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ރޯމާ، ރޭ ކުޅުނު މެޗުން ވަނީ ސަމްޑޯރިއާ އަތުން 3-0 އިން މޮޅުވެފަ އެވެ.

ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނުކުތްއިރު، ނަޕޯލީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ޓީމަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސީމެން އަނިޔާގައި ހުރުމެވެ. އިޓަލީ ލީގުގެ ލަނޑު ލިސްޓު ކުރީގައި އޮތީ އޮސީމެން އެވެ. އޭނާގެ ބަދަލުގައި ނަަޕޯލީގެ ފޯވާޑް ލައިން ބެލެހެއްޓި ޖިއޮވާނީ ސިމިއޯނީ އަށް އެންމެ ރަނގަޅަށް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މިލާނުން ރޭގެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ ވެސް ދެ ގޯލުގެ ލީޑެއްގަ އެވެ. އެ ގޮތުން މެޗުގެ 17 ވަނަ މިނިޓްގައި ބްރަހިމް ޑިއާޒް ދިން ބޯޅަކަށް ހުސްކޮށް އަރައި، މިލާންގެ ރަފައެލް ލެއާއޯ ވަނީ ހަމަޖެހިލައިފައި ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ނަޕޯލީގެ ޑިފެންސްތެރެއިން ބްރަހިމް ޑިއާޒަށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލަށް ވަނީ ނަޕޯލީގެ ޑިފެންޑަރު، ދެކުނު ކޮރެއާގެ ކިމް މިން ޖައެ ފައިގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 59 ވަނަ މިނިޓްގައި ރަފައެލް ލެއާއޯ ވަނީ މިލާނުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ސަންޑްރޯ ޓޮނާލީ ދިން ބޯޅައަކުން ލެއާއޯ ޖެހި ގޯލެކެވެ. އޭގެ އަށް މިނިޓް ފަހުން، އަލެކްސިސް ސަލަމޭކާ ވަނީ މިލާނުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox