އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މީހެއްގެ ލޮލުން އެފްރިކަން އައި ވޯމްއެއް ނަގައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މީހެއްގެ ލޮލުން އެފްރިކަން އައި ވޯމްއެއް ނަގަނީ -- ފޮޓޯ: އޭއީއެޗް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މީހެއްގެ ލޮލުން އެފްރިކަން އައި ވޯމްއެއް ނަގަނީ -- ފޮޓޯ: އޭއީއެޗް

އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުން މީހެއްގެ ލޮލުން އެފްރިކަން އައިވޯމްއެއް ނަގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ.

އެފްރިކަން އައި ވޯމް ނުވަތަ "ލޮއިއޭސިސް" އަކީ ޕެރަސައިޓް ފަންޏެއް ކަމަށްވާ ލޮއަ ލޮއާގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. އެއީ އެފްރިކާއިން ނޫނީ ވަރަށް މަދުން ފެންނަ އެއްޗެކެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު 'އަދަދު' އަށް ބުނީ، އެފްރިކަން އައިވޯމް ފެނިފައި ވަނީ އެ ހޮސްޕިޓަލަށް ދެއްކި ބިދޭސީ ފިރިހެނެއްގެ ލޮލުން ކަމަށެވެ. އޭނާ ޑޮކްޓަރަށް ދެއްކީ ލޯ ރަތްވެ، ހިރުވާ، އެއްޗެއް ލޮލުގައި އުޅޭ ކަހަލަ އިހުސާސެއް ކުރެވޭތީ އެވެ.

ޑޮކްޓަރަށް ދެއްކުމުން އެފްރިކަން އައި ވޯމްއަށް ޑައިގްނޯސްކޮށްފައި ވަނީ، ބަލިމީހާގެ ލޮލުގެ ފެން ފަށަލައިން އެ ފަނި ފެނުމުންނެވެ. އަދި، އޮޕަރޭޝަންކޮށް އެ ފަނި ނަގާފައި ވާއިރު، ބަލިމީހާއަށް ދޭންޖެހޭ އިތުރު ފަރުވާވެސް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ފޯރުކޮށްދެމުންނެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މީހެއްގެ ލޮލުން އެފްރިކަން އައި ވޯމް ނެގުމުގެ އޮޕަރޭޝަން ކުރަނީ -- ފޮޓޯ: އޭއީއެޗް
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މީހެއްގެ ލޮލުން އެފްރިކަން އައި ވޯމް ނެގުމުގެ އޮޕަރޭޝަން ކުރަނީ -- ފޮޓޯ: އޭއީއެޗް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މީހެއްގެ ލޮލުން އެފްރިކަން އައި ވޯމް ނެގުމުގެ އޮޕަރޭޝަން ކުރަނީ -- ފޮޓޯ: އޭއީއެޗް

އެ ހޮސްޕިޓަލުން އިތުރަށް ބުނީ، މިއީ ފެނުނު އެފްރިކަން އައި ވޯމްގެ ފުރަތަމަ ކޭސް ކަމަށެވެ. އަދި ޝައްކު ކުރެވޭ މިފަދަ އިތުރު ކޭސް އެއް ވެސް ފެނިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެފްރިކަން އައި ވޯމް އަކީ ކޮބާ؟

ލޮއޭސިސް ނުވަތަ އާންމުކޮށް ކިޔާ ނަމުން ނަމަ އެފްރިކަން އައި ވޯމް އަކީ ޕެރަސައިޓް ފަންޏެއް ކަމަށްވާ ލޮއަ ލޮއާގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. މި ބަލި ޖެހެނީ އިންފެކްޓްވެފައިވާ ޑިއާ ފްލައިސް ކިޔާ ސުއިއްޕެއް ދަތް އެޅުމުންނެވެ. ޑިއާ ފްލައިސް އިންފެކްޓް ވަނީ މި ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބޮއެގެންނެވެ.

މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫން ކަމަށްވާއިރު، ފަތުރުވެރިންނަށް މި ބަލި ޖެހެނީ ގިނަ ދުވަސްތަކެއް ވަންދެން ޑިއާ ފްލައިސް އުޅޭ ސަރަހައްދުތަކުގައި އުޅުމުން ކަމަށް ސީޑީސީން ބުނެ އެވެ. ނަމަވެސް، 30 ދުވަހަށް ވުރެ މަދު ދުވަސްކޮޅަކު އެފަދަ ސަރަހައްދެއްގައި އުޅުނު ފަތުރުވެރިންނަށް މަދުން ނަމަވެސް ބަލި ޖެހިފައި އެބަހުއްޓެވެ.

ޑިއާ ފްލައިސްގެ ޒަރިއްޔާއިން އިންސާނުން ގަޔަށް މި ބަލި ޖައްސާ ޕެރަސައިޓް ދަނީ އާންމު ގޮތެއްގައި، ހުޅަނގާއި މެދު އެފްރިކާގެ ޖަންގަލިތައް ހުންނަ ސަރަހައްދުގަ އެވެ. ސީޑީސީން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ޑިއާ ފްލައިސް އާންމުކޮށް ދަތް އަޅަނީ، ވާރޭ މޫސުމާއި ދުވާލު ގަޑީގަ އެވެ.

މި ބަލި ޖެހިފައިވާ މީހުންނަށް މަސްތަކެއް ވަންދެން އެއްވެސް އަލާމާތެއް ނުފެނި ވެސް ހުރެދާނެ އެވެ. ބަލި ޖެހިފައިވާ މީހުންގެ ގައިގެ އެކި ތަންތަން ހިރުވާ، ދުޅަވެފައި ހުރެދާނެ އެވެ. މިއީ އާންމުކޮށް ހުޅުތައް ކައިރިން ތަދުނުވާ ޒާތެއްގެ ދުޅައެއް ކަމަށްވާއިރު، ބައެއް ފަހަރު ދުޅަ ތިރިވެ، އަނެއްކާވެސް ދުޅަވެ އެވެ.

ބަލި ޖެހިފައިވާ މީހުންގެ ލޮލުގެ ފެން ފަށަލައިގެ ތެރޭގައި، ފަންޏެއް އުފެދެ އެވެ. އަދި، އެ ފަނި ލޯ ތެރޭގައި އުޅޭ ކަމުގެ އިހުސާސް ވެސް ކުރެވޭއިރު، ބަލާ މީހަކަށް ފަނި ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މަދުން ފެންނަ ބަލީގެ އިތުރު އަލާމާތްތަކުގެ ތެރޭގައި މުޅި ހަށިގަނޑު ހިރުވުމާއި، މަސްތަކާއި، ހުޅުތަކުގައި ރިއްސުން އަދި ވަރުބަލިވުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox