އާސެނަލާއި ސިޓީގެ ރޭސް ފޯރިގަދަ، ޗެލްސީ ސޮއްސާލައިފި

Apr 1, 2023, 8:45 PM
އާސެނަލްގެ ޖީސޫސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އާސެނަލްގެ ޖީސޫސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (އޭޕްރީލް 2) - އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރާ ރޭހުގައި އޮތް އާސެނަލާއި މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، ލީގުގެ ވާދަވެރިކަން ބޮޑުވިއިރު، އެސްޓަން ވިލާ އަތްދަށުވެ، ޗެލްސީ ފަހަތަށް ސޮއްސާލައިފި އެވެ.

ސިޓީން ވަނީ ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ފަހަތުން އަރައި 4-1 އިން މޮޅުވެފަ އެވެ. އާސެނަލުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދީ 4-1 އިންނެވެ. އަދި އެސްޓަން ވިލާ އިން ވަނީ ޗެލްސީ އަތުން 2-0 އިން މޮޅުވެފަ އެވެ.

މި ނަތީޖާތަކަށް ފަހު އާސެނަލް އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް ވަނީ 29 މެޗުން 72 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 28 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ލިވަޕޫލުން ވަނީ މުހައްމަދު ސަލާހު ޖެހި ގޯލުން 17 ވަނަ މިނިޓްގައި ލީޑުނަަގައިފަ އެވެ. ސަލާހަކީ ލިވަޕޫލަށް ކުޅެމުން އެއް ސީޒަނެއްގެ ހަތަރު މެޗުގައި ސިޓީ ކޮޅަށް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ. ސިޓީން ވަނީ ފުރަތަމަ ހާފުގައި އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. އަލްވަރޭޒަށް މި މެޗުގައި ސިޓީގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އަނިޔާގެ ސަބަބުން އާލިން ބްރައުޓް ހާލަންޑަށް ނުކުޅެވޭތީ އެވެ.

ސިޓީގެ ޖެކް ގްރީލިޝް (ކ) އަތުން ބޯޅަ ހޯދަން ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް މަސައްކަތްކުރަނީ

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 53 ސިކުންތު ހިނގިތަނާ ސިޓީން ލީޑުނެގި އަލްވަރޭޒް ނެގި ހުރަހަކުން ކެވިން ޑިބްރޭނާ ޖެހި ގޯލުންނެވެ. ލިވަޕޫލް ޑިފެންސް ތެރެއިން ސަލާމަތްނުކުރެވިދިޔަ ބޯޅައެއް ހޯދައި، މެޗުގެ 53 ވަަނަ މިނިޓްގައި އިލްކާއި ގުންޑޮގާން ސިޓީގެ ތިން ވަނަ ގޯލު ޖެހި އެވެ. އަދި މެޗުގެ 74 ވަނަ މިނިޓްގައި ޑިބްރޭނާ ދިން ބޯޅައަކުން ސިޓީގެ ފަހު ގޯލު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖެކް ގްރީލިޝް އެވެ.

މިއީ މި ފަހަރު ލީގުގައި ސިޓީން ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުުން، މެޗެއްގައި ލީޑުނެގުމަށް ފަހު ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ލީޑްސް ކައިރިން އާސެނަލަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ގަބްރިއެލް ޖީސޫސް އެވެ. މިއީ ލީޑްސްގެ ލޫކް އެއިލިން އޭރިއާތެރެއިން ޖީސޫސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ބެން ވައިޓް ވަނީ އާސެނަލްގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް ދިން ބޯޅައަކުން ޖީސޫސް ވަނީ އާސެނަލަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ.

އާސެނަލަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 76 ވަަނަ މިނިޓްގައި ލީޑްސްގެ ރަސްމުސް ކްރިސްޓެންސަން ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ. އޭގެ ފަހުން، މެޗުގެ 84 ވަނަ މިނިޓްގައި އާސެނަލްގެ ފަހު ގޯލު ޖެހީ ގްރޭނިޓް ޝަކާ އެވެ.

ޗެލްސީ ދަނޑުގައި ފުރަތަމަ ހާފުގައި އެސްޓަން ވިލާ އިން ލީޑުނެގީ އޮލީ ވަޓްކިންސް ޖެހި ގޯލުންނެވެ. މިއީ، ޗެލްސީގެ މާކް ކުކުރޭލާ ހެދި ގޯހަކުން ޖެހި ގޯލެކެެވެ. ދެ ވަނަ ހާފުގައި އޭރިއާބޭރުން އެސްޓަން ވިލާގެ ޖޯން މެކްގިން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މި މެޗުގައި ޗެލްސީން ގޯލެއް ޖަހަން ކުރި މަސައްކަތް ހުއްޓުވުމުގައި އެސްޓަން ވިލާގެ ކީޕަރު، އާޖެންޓީނާގެ އެމިލިއާނޯ މާޓީނޭޒް އިސް ރޯލެއް ކުޅެފައިވެ އެވެ.

މި ނަތީޖާއާ އެކު ޗެލްސީ ވަނީ ލީގުގެ 11 ވަނަ އަށް ވެއްޓިފަ އެވެ. ޗެލްސީ ފަހަތަށް ޖައްސާލައި އެސްޓަން ވިލާ ވަނީ ކުރިއަށް ޖެހިލައިފަ އެވެ. ނުވަ ވަނައިގައި އޮތް އެސްޓަން ވިލާ އަށް 28 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، 10 ވަނައިގައި އޮތް ފުލަމް އަށް ވަނީ 28 މެޗުން 39 ޕޮއިންޓް ލިބިފަ އެެވެ. ޗެލްސީ 11 ވަނައިގައި އޮތީ 28 މެޗުން 38 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox