ރޯދަ ވީއްލުމުގެ ފުރުސަތު ދޭން ކުޅުން މެދުކަނޑާނުލުމަށް ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ރެފްރީންނަށް އަންގައިފި

Apr 1, 2023, 10:33 AM
ފްރާންސް ލީގުގެ މެޗެއްގެ ތެރެއިން އަޝްރަފް ހަކީމީ މެއިން ބޯޅަ ކޮންޓްރޯލް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ފްރާންސް ލީގުގެ މެޗެއްގެ ތެރެއިން އަޝްރަފް ހަކީމީ މެއިން ބޯޅަ ކޮންޓްރޯލް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 1) - ފްރާންސްގެ ފުޓްބޯޅަ ލީގުތަކުގެ މެޗުތަކުގައި ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މެޗުތައް ނުހުއްޓުވުމަށް ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން އެ ގައުމުގެ ރެފްރީންނަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ ފުޓްބޯޅަ ލީގުތަކުގެ ބައެއް މެޗުތަކުގައި ރެފްރީން ވަނީ ރޯދަ ވީއްލުމުގެ ފުރުސަތު މުސްލިމް ކުޅުންތެރިންނަށް ދިނުމުގެ ގޮތުން މެޗުގެ ކުޅުން މެދުކަނޑާލައި، ކުޑަ ވަގުތު ކޮޅެއް ދީފަ އެވެ. މިކަން އޮތީ ފްރާންސް ފުޓްބޯޅަ ފެޑަރޭޝަނަށް ފާހަގަވެފަ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަންގެ ރެފްރީޒް ކޮމިޝަންގެ ހެޑް އެރިކް ބޮރްގީނީ ވަނީ މެޗުތަކުގައި ރޯދަ ވީއްލުމުގެ ފުރުސަތު ނުދިނުމަށް އީ-މެއިލް މެދުވެރިކޮށް ހުރިހާ ރެފްރީންނަށް އަންގައިފަ އެވެ.

އެ އީ-މެއިލްގައި ބޮރްގީނީ ބުނެފައިވަނީ ރޯދަ ވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން މެޗުތަކުގެ ކުޅުން މެދުކަނޑާލުމަކީ ފްރާންސްގެ ފުޓްބޯޅައިގެ ގަވައިދުތަކާ ހިލާފު ކަމެއް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ނީސްގެ ކޯޗު ޑިޑިއޭ ޑިގާޑް ބުނީ މެޗުތަކުގެ ތެރެއިން ރޯދަ ވީއްލުމުގެ ފުރުސަތު ނުދިނަސް، ގިނަ ކުޅުންތެރިން މީގެ ކުރިން ވެސް ރޯހަ ހިފާ ކަމަށެވެ.

"އެއީ މާބޮޑު ކަމަކަށް ނުހަދަން. އެއީ އަހަރެން މި ތިބީ މުސްލިމް ގައުމެއްގައެއް ނޫން. އެ ގައުމެއްގެ އޮންނަ އުސޫލުތަކަށް އިހުތިރާމް ކުރަންޖެހޭނެ،" ޑިގާޑް ބުންޏެވެ.

ފްރާންސްގެ ފެޑަރޭޝަނުން މި ގޮތަށް އެންގި ނަމަވެސް، އިނގިރޭސި ޕްރިމިއާ ލީގުން ވަނީ ރަމަޟާން މަހު ކުޅޭ މެޗުތަކުގެ ތެރެއިން މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ވަގުތުކޮޅެއް ދިނުމަށް ނިންމައިފަ އެވެ. އަދި ޖަރުމަނު ލީގާއި ނެދަލެންޑްސް ލީގުގައި މިކަން ވަނީ ރެފްރީންގެ އިހުތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox