ބާސެލޯނާ އިން މެސީ އަށް ފާރަލާއިރު، ޕީއެސްޖީން ވެސް ދުލެއް ނުދޭ

Apr 1, 2023, 1:47 AM
ފީފާ ބެސްޓް އެވޯޑްސް ހަފްލާގެ ތެރެއިން މެސީ.

ފީފާ ބެސްޓް އެވޯޑްސް ހަފްލާގެ ތެރެއިން މެސީ.

ޕެރިސް (އޭޕްރީލް 1) - ލިއޮނަލް މެސީ އަލުން ގެނެވޭތޯ ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކްލަބްގެ ނައިބު ރައީސް ރަފައެލް ޔޫސްޓޭ ވިދާޅުވެފައިވަނިކޮށް، ޕީއެސްޖީން ވެސް މެސީގެ ކޮންޓްރެކްޓް އާ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން، މެސީ، 35، ބާސެލޯނާ ދޫކޮށްލަން ޖެހުނީ އެ ކްލަބްގެ މާލީ ހާލަތު އަޑިއަޅާލާފައި އޮތް ދަނޑިވަޅެއްގައި ކޮންޓްރެކްޓް އާ ކުރެވޭނެ އެއް ގޮތެއް ވެސް ނުހޯދުމުންނެވެ. އެ ފަހަރު، މެސީ ޕީއެސްޖީ އަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

"އަހަރެެމެން މެސީ ގެނެވޭތޯ މަސައްކަތް ކުރަން. ހަމަގައިމު ވެސް އަހަރެންގެ ހިތުގައި މެސީ އަށް އޮތް ގަދަރާއި ބާސެލޯނާ ސަޕޯޓަރުން މެސީ ދެކެ ވާ ލޯބި އެ ދަނީ އަދިވެސް ފެންނަމުން، އަހަރެމެން މެސީ ގެނެވޭތޯ މަސައްކަތްކުރަން،" ސްޕެއިނުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޔޫސްޓޭ ވިދާޅުވި އެވެ.

ބާސެލޯނާގައި ހޭދަކުރި 17 އަހަރު ތެރޭގައި މެސީ ވަނީ އެ ޓީމަށް 778 މެޗުން 672 ގޯލު ޖަހައިފަ އެވެ. މެސީ އަލުން ބާސެލޯނާ އަށް ދާން އުޅޭ ވާހަކަތައް މީޑިއާގައި ދެކެވުމާ އެކު، އެކަމާ ގުޅޭ ސުވާލުތައް ޕީއެސްޖީގެ ކޯޗު ގަލްޓިއޭ އަށް ވެސް ވަނީ އަމާޒުވެފަ އެވެ.

"މެސީގެ ކޮންޓްރެކްޓާ ބެހޭގޮތުން ވާހަކަ ދައްކަން އަދި ވަރަށް އަވަސް. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ، މެސީ އާއި ޕީއެސްޖީ ބޯޑުން އަންނަނީ މަޝްވަރާތަކެއް ބާއްވަމުން. މެސީ، ޕީއެސްޖީގައި އަންނަ ސީޒަނުގައި ވެސް މަޑުކުރަން ނިންމާނީ ދެ ފަރާތުން ވެސް ރުހޭ ގޮތަށް އެއްބަސްވެގެން، މެސީ ޕީއެސްޖީގައި ހުރީ އުފަލުން،" މެސީގެ މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ގަލްޓިއޭ ބުންޏެވެ.

ދާދި ފަހުން ފީފާގެ ބެސްޓް އެވޯޑްސްގައި ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެސީ ގެންދަން އިޓަލީގެ އިންޓަ މިލާނުން މަސައްކަތް ކުރާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އޭގެ އިތުރުން، ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިން ރެކޯޑް މުސާރަ އަކަށް މެސީގެ ސޮއި ހޯދޭތޯ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox