ކްލޮޕް ދެކޭގޮތުގައި ލިވަޕޫލަށް ވެސް ހަރަދުކުރުން ނޫން ގޮތެއް ނެތް

Apr 1, 2023, 1:30 AM
ކްލޮޕް ދެކޭގޮތުގައި ލިވަޕޫލަށް ވެސް ހަރަދުކުރުން ނޫން ގޮތެއް ނެތް

މެންޗެސްޓާ (އޭޕްރީލް 1) - މި ސީޒަނުގައި ފޯމު ގެއްލި ނަތީޖާ އެއް ފެންވަރެއްގައި ދެމެހެއްޓުމުގައި ގިނަ މައްސަލަތަކެއް ދިމާވެފައިވާ ލިވަޕޫލުން މިހާރު އޮތް ހާލަތު ބަދަލުކޮށް، އަންނަ ސީޒަނުގައި ކަންކަން ރަނގަޅު ކުރަން ބޭނުންނަމަ އޮތް ހަމައެކަނި ގޮތަކީ ޓީމު ވަރުގަދަކުރަން ހަރަދުކުރުން ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ހަތަރު މުބާރާތަށް ވާދަކުރި، ލިވަޕޫލް ސީޒަން ނިންމާލީ އެފްއޭ ކަޕާއި ލީގު ކަޕް ކާމިޔާބުކޮށްގެންނެވެ. މި ސީޒަން ފެށިއިރު، އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބުުކުރި ލިވަޕޫލަށް ސީޒަނުގެ ތެރޭގައި ގިނަ މައްސަލަތަކެއް ދިމާވިއިރު، އެއްވެސް މުބާރާތެއްގެ ތަށި ނުލިބި ސީޒަން ނިންމާލަން ޖެހޭނެކަން ވަނީ ޔަގީންވެފަ އެވެ.

ލިވަޕޫލަށް މި ސީޒަނުގައި ގިނަ މައްސަލަތަކެއް ދިމާވި ކަމަށް އެ ޓީމުގެ ކޯޗު ކްލޮޕް ވެސް ވަނީ އެއްބަސްވެފަ އެވެ.

"މި ވަގުތު ހަމައެކަނި ހިތްހަމަޖެހޭ ކަމަކަށް އޮތީ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެވޭ ހިސާބުގައި ޓީމު އޮތުން،" ކްލޮޕް ބުންޏެވެ. "ޔަގީންކަމާ އެކު ބުނަން އެނގޭ އެއް ވާހަކަ އަކީ، އަހަރެމެން ދިމާވި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުހޯދޭ، އޭގެ ވާހަކަ ދެއްކުމުގެ މާނައެއް ދެން ނެތް، އަހަރެމެން މި އަންނަނީ އަންނަ ސީޒަނަށް ވެސް ތައްޔާރުވަމުން، އެކަން ކުރަން ބަލާއިރު ޔަގީނުން ވެސް ޓީމު ވަރުގަދަ ކުރަން ހަރަދުކުރަން ޖެހޭ،"

ކްލޮޕް ބުނީ ލިވަޕޫލުން ހަރަދުކުރަނީ ކިހާ ވަރަކަށްތޯ، ކިތަށް ކުޅުންތެރިންނަށްތޯ އެ ފަދަ ސުވާލުތަކަށް މި ވަގުތު ޖަވާބު ދިނުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. ޔަގީންކަމާ އެކު ބުނަން އެނގޭ އެއް ވާހަކަ އަކީ، ލިވަޕޫލްގައި މިހާރު އޮތް ޓީމަށް ބަދަލު އަންނަން ޖެހޭކަން ކަމުގައި ކްލޮޕް ވަނީ ބުނެފަ އެވެ.

"ވާދަވެރި އެހެން ޓީމުތަކުން ވެސް އެ އަންނަނީ ހަރަދުކޮށްގެން ޓީމު ވަރުގަދަކުރަމުން. އަހަރެމެން ވެސް އެ ހިސާބުގައި ހިފެހެއްޓޭނީ ހަރަދުކޮށްގެން،" މީގެ ކުރިން ޓީމުތަކުގެ ހަރަދުކުރުމުގެ ވައްޓަފާޅި އަށް ފާޑުކިޔާފައިވާ ކޯޗު ކްލޮޕް ބުންޏެވެ.

ބައިނަލްއަގުވާމީ މެޗުތަކަށް ފަހު، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާއިރު، ލިވަޕޫލުން ރަށުންބޭރުގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox