ލިވަޕޫލް މެޗަށް ސިޓީން ހާލަންޑް ރިސްކުނުކުރާނެ

Mar 31, 2023, 1:08 AM
ލިވަޕޫލް މެޗަށް ސިޓީން ހާލަންޑް ރިސްކުނުކުރާނެ

މެންޗެސްޓާ (މާޗް 31) - މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެއްކޮށް ފިޓް ނުވާނަމަ، އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ސިޓީން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި ހާލަންޑް ރިސްކުނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައިނަލްއަގުވާމީ މެޗުތަށް ކުޅެން ގައުމީ ޓީމަށް ކުޅުންތެރިން ވީއްލުމުގެ ކުރިން ސިޓީގެ ކުޅުންތެރިން ހެދި ޓެސްޓްތަކުގައި ހާލަންޑް، 22، އުކުޅުވަޅަށް އަނިޔާވެފައިވާތީ، ސިޓީގެ ލަފާގެ މަތިން ނޯވޭ ގައުމީ ޓީމަށް އޭނާ ނުނަގަ އެވެ. އޭރު ބެލެވުނީ، އިންޓަނޭޝަަލް ބްރޭކަށް ފަހު އަލުން ފަރިތަކުރުންތައް ފަށާއިރު، ހާލަންޑަށް ސިޓީ ޕްރެކްޓިހުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެކަމަކު، ސިޓީން ބުރާސްފަތި ދުވަހު ބޭއްވި އެއްވެސް ޓްރެއިނިން ސެޝަނެއްގައި ހާލަންޑް ބައިވެރިނުވެ އެވެ.

Advertisement

އިނގިރޭސި ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ހާލަންޑަށް މި ހަފްތާގައި ލިވަޕޫލާ ދެކޮޅަށް ކުޅެވުމުގެ ފުރުސަތު އެއްކޮށް ނުގެއްލެ އެވެ.

ސިޓީން އަދިވެސް ބަލަނީ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި ހާލަންޑް ބޭނުންކުރުމަށް ކަމަށާއި އެކަމަކު، އެއްކޮށް ފިޓްނުވާނަމަ ހާލަންޑް މި މެޗުގައި ލިވަޕޫލާ ދެކޮޅަށް ނުކުޅުވަން ސިޓީގެ މެޑިކަލް ޓީމުން ނިންމާފައިވާ ކަމަށެވެ.

ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ސިޓީ އަށް މި ސީޒަނުގައި ބަދަލުވި ހާލަންޑް ވަނީ އެ ޓީމަށް 37 މެޗުން 42 ގޯލު ޖަހައިފަ އެވެ. އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އެންމެ ފަހުން ސިޓީން ކުޅުނު ދެ މެޗުގައި އެކަނި ވެސް ހާލަންޑް ވަނީ އަށް ގޯލު ޖަހައިފަ އެވެ. އެހެންކަމުން، ހުރި ފޯމަށް ބަލާއިރު، ސިޓީ އަށް ލިވަޕޫލް މެޗުގައި ހާލަންޑް ބޭނުންްކުރެވުމަކީ ފައިދާނެގޭނެ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox