ލިޓަސް އޮޓޯމޮބައިލް އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން 'އާއިލީ ބޯނަސް' ނަމުގައި ބޯނަސް ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.
ލިޓަސް އިން ބުނީ މި ޕްރޮގްރާމަކީ ކުންފުނީގެ ވަފާތެރި ކަސްޓަމަރުންގެ އާއިލާތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮގްރާމެއް ކަަމަށެވެ.
މި ގޮތުން ކުންފުނީގެ ދުވަސްވީ ކަސްޓަމަރުން މެދުވެރިކޮށް ކުންފުނިން އަލަށް ހިދުމަތް ހޯދަން ބޭނުންވާ އާއިލީ ފަރާތްތަކަށް މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ފައިދާތަކެއް ލިބިގެންދާނެ އެވެ.
މި ޕްރޮގްރާމްގައި މި ދިޔަ މަހުގެ ކުރިން އެ ކުންފުނީގައި ރަޖިސްޓްރީވެފައިވާ ކަސްޓަމަރުންގެ އާއިލާ މީހުންނަށް ބައިވެރިވެވޭނެ އެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭނީ ހަމައެކަނި އައިޑީ ކާޑުކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ ކޮންމެ ރަށެށްގެ ލިޓަސް އައުޓްލެޓްގެ ކަސްޓަމަރަކަށްވެސް މި ޕްރިގްރާމްގައި ބައިވެރިވެވޭއިރު މި ޕްރޮގްރާމްގައި ބައިވެރިވާ ކަސްޓަމަރުންނަށް ޕްރޮމޯޝަންތަކުން 1000 ރުފިޔާގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.
މީގެ އިތުރުން ބައެއް ސާވިސްތައް ހިލޭ ލިބިގެންދާއިރު 10 ޕަސަންޓުގެ ޑިސްކައުންޓް ލިޓަސް ސްޕެއާ ޕާޓްސްތަކުން ލިބޭނެ އެވެ.
ލިޓަސް އިން ބުނީ އެ ކުންފުނީގެ އުއްމީދަކީ އަލަށް ތައާރަފްކުރި މި ޕްރޮގްރާމްގެ ސަބަބުން ލިޓަސްގެ ކަސްޓަމަރުންނާއި އެމީހުންގެ އާއިލާތަކަށްގިނަ ފައިދާތައް ލިބިގެން ދިއުން ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށް ދިނުމަށްކަމަށް ލިޓަސް އިން ބުންޏެވެ.










