39 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސްކޮޓްލެންޑުން ސްޕެއިން ބަލިކޮށްފި

Mar 29, 2023, 1:08 AM
ސްޕެއިން ކޮޅަށް ގޯލު ޖެހުމަށް ފަހު ސްކޮޓްލެންޑްގެ މެކްޓޮމިނޭއި އުފާފާޅުކުރަނީ.

ސްޕެއިން ކޮޅަށް ގޯލު ޖެހުމަށް ފަހު ސްކޮޓްލެންޑްގެ މެކްޓޮމިނޭއި އުފާފާޅުކުރަނީ.

ގްލާސްގޯ، ސްކޮޓްލެންޑް (މާޗް 29) - ޖަރުމަނުގައި 2024 ވަނަ އަހަރު ހޯސްޓްކުރާ ޔޫރޯގެ ކޮލިފައިންގައި ރޭ ސްޕެއިންގެ މައްޗަށް 2-0 އިން ކުރިހޯދައި، އެ ޓީމު އަތުން 39 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސްކޮޓްލެންޑް މޮޅުވެއްޖެ އެވެ.

މިއީ ސްޕެއިންގެ އާ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން ބަލިވި ފުރަތަމަ މެޗެވެ. އަނެއްކޮޅުން، ސްކޮޓްލެންޑުން މި ވަނީ 1984 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ސްޕެއިން އަތުން މޮޅުވެފަ އެވެ. އެ ފަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ސްޕެއިން އަތުން ސްކޮޓްލެންޑް މޮޅުވީ 3-1 އިންނެވެ. ރޭގެ ކާމިޔާބީއާ އެކު، ބައިނަލްއަގުވާމީ ލެވަލްގައި ސްކޮޓްލެންޑުން މި ވަނީ ތިން ވަނަ ފަހަރަށް ސްޕެއިންގެ މައްޗަށް ކުރިހޯދައިފަ އެވެ.

ސްކޮޓްލެންޑްގެ ހެމްޕްޑަން ޕާކުގައި ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ސްކޮޓް މެކްޓޮމިނޭއި އެވެ. ސްކޮޓްލެންޑްގެ އެންޑީ ރޮބަޓްސަން ދިން ބޯޅައެއް މެކްޓޮމިނޭއި ފޮނުވާލިއިރު، ގޯލަށް އެ ބޯޅަ ވަނީ ސްޕެއިނުގެ އިނީގޯ މާޓީނޭޒް ގައިގައި ޖެހިފަ އެވެ. ސްކޮޓްލެންޑަށް ލީޑުފުޅާކޮށްދޭން ރަޔާން ކްރިސްޓީ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ހޮނިހިރު ދުވަހު ނޯވޭ އަތުން މޮޅުވި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް އަށް ބަދަލެއް ގެނެސްގެން ރޭގެ މެޗުގައި ކުޅުނު ސްޕެއިނަށް ގޯލު ޖަހައިދޭން ރޭގެ މެޗުގައި އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ހޮސޭލޫ އަށެވެ. ބަދަލަކަށް ކުޅެން އަރައި، ނޯވޭ ކޮޅަށް ދެ ގޯލު ޖެހި ހޮސޭލޫ އަށް ރޭ ލިބުނު ފުރުސަތުތަކަށް ބަލާއިރު، އެެއް ހަމަލާ ވަނީ ސްކޮޓްލެންޑްގެ ކީޕަރު އެންގަސް ގަން އަތަށް ފޮނުވާލައިފަ އެވެ. އަނެއް ބޯޅަ ހޮސޭލޫ ފޮނުވާލި ނަމަވެސް ޖެހުނީ ހުރަސްދަނޑީގަ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި، މެކްޓޮމިނޭއި ވަނީ އިތުރު ގޯލެއް ޖަހައި، ސްކޮޓްލެންޑަށް މެޗުގެ ކޮންޓްރޯލް ހޯދައިދީފަ އެވެ. މެކްޓޮމިނޭ، ވާތުފައިން ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު، ކެޕާ އަރިއްޒަބަލާގާ އަށް ނުހުއްޓުވުނެވެ.

މިއީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން، ޔޫރޯ ކޮލިފައިންގެ މެޗަކުން ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޔޫރޯ ކޮލިފައިންގައި ސްޕެއިން ކުޅުނު 19 މެޗުގެ ތެރެއިން 17 މެޗުން ވަނީ މޮޅުވެފަ އެވެ.

އަނެއްކޮޅުން، މިއީ 2007 ވަނަ އަހަރު ފްރާންސް ބަލިކުރި މެޗަށް ފަހު، އެއް މެޗެއްގައި ސްކޮޓްލެންޑް ފުޓްބޯޅައިގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. ސްކޮޓްލެންޑުން މި ވަނީ 2007 ވަނަ އަހަރުގެ ފަހުން، ފުރަތަމަ ފަހަރަށް އަމިއްލަ ގައުމުގައި ޖެހިޖެހިގެން ކުޅުނު ބައިނަލްއަގުވާމީ ފަސް މެޗުން މޮޅުވެފަ އެވެ.

ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި ސްކޮޓްލެންޑް އޮތީ ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާ އެކު އެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ތުރުކީ ދަނޑުގައި ކްރޮއޭޝިއާ އިން ވަނީ 2-0 އިން މޮޅުވެފަ އެވެ. ނޯވޭ އާއި ޖޯޖިއާ 1-1 އިން އެއްވަރުވިއިރު، ލެޓްވިއާ އަތުން 1-0 އިން ވޭލްސް ވަނީ މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox