މުސްތަގުބަލާ މެދު ގޮތެއް ނިންމަން ބެލިންހަމް އަށް ޕްރެޝަރެއް ނެތް

Mar 28, 2023, 12:47 AM
މުސްތަގުބަލާ މެދު ގޮތެއް ނިންމަން ބެލިންހަމް އަށް ޕްރެޝަރެއް ނެތް

ލަންޑަން (މާޗް 28) - ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމްގެ މުސްތަގުބަލާ ގުޅޭގޮތުން ނިންމުމެއް ނިންމަން އެއްވެސް ފަރާތެއްގެ ޕްރެޝަރެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާއާ އެކު އިންގްލެންޑް ޓީމަށް ކުޅެމުން އަންނަ މިޑްފީލްޑަރު، ޖޯޑަން ހެންޑަސަން ބުނެފި އެވެ.

ބެލިންހަމް، 19، ޑޯޓްމަންޑާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރެއްހާ ދުވަސް އޮތް ނަމަވެސް، މި ސީޒަނަށް ފަހު އޭނާ އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޑިމާންޑް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި އޮތް، ބެލިންހަމްގެ ސޮއި ހޯދަން ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލުން މަސައްކަތް ކުރެ އެވެ.

ލިވަޕޫލްގެ ކެޕްޓަން، ހެންޑަސަން ވަނީ ބެލިންހަމްގެ މުސްތަގުބަލާ ގުޅޭ ނިންމުން ނިންމަން ޖެހޭނީ ވަރަށް ވިސްނާފައި ކަމަށް ބުނެފަ އެވެ. އަދި ފެންނަ ފެނުމަށް އެ ނިންމުން ނިންމަން ބެލިންހަމް އަށް މާ ބޮޑު ޕްރެޝަރުތަކެއް ނެތް ކަމަށް ވެސް ހެންޑަސަންގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރެން ބޭނުމީ ބެލިންހަމް އަށް މީގެ އެންމެ ރަނގަޅު ގޮތްވުން. އޭނާގެ އެ ހުރި ހުނަރުގެ ބޭނުންކޮށްގެން އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާތަން ދެކެން އަހަރެން ބޭނުން، ދެން، މިސާލަކަށް އެއީ އޭނާ ލިވަޕޫލަށް އައިސްގެން ކަމަށްވާނަމަ އެއީ އަހަރެމެންނަށް ވަރަށް ރަނގަޅު ނިންމުމަކަށް ވާނެ، އެކަމަކު، ވަކި ގޮތަކަށް ނިންމަން ބެލިންހަމް އަށް ޕްރެޝަރެއް ނެތް،" ހެންޑަސަން ބުންޏެވެ.

ހެންޑަސަން ބުނީ ބެލިންހަމް މިހާރު އެ ހުރި އުމުރަށް ބަލާއިރު، ދެން އޭނާ ބަދަލުވާ ކްލަބް ވާން ޖެހޭނީ ކެރިއަރުގެ އެންމެ "ޕީކް" އަހަރުތަކުގައި އެންމެ ރަނގަޅު ކުރިއެރުންތައް ހޯދޭނެ ޓީމަށް ކަމަށެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޑޯޓްމަންޑުން ބެލިންހަމް ވިއްކާލަން ކިޔާ އަގުބޮޑުވުމުން ރެއާލުން ބެލިންހަމް ހޯދުމުގެ ރޭހުން ބޭރުވުމުގެ ފުރުސަތު އެބައޮތެވެ. ބާމިންހަމް ސިޓީ ދޫކޮށް 2020 ވަނަ އަހަރު ޑޯޓްމަންޑާ ގުޅުނު ބެލިންހަމް ވިއްކާލަން ކިޔާ އަގު އުޅެނީ 130-150 މިލިއަން ޑޮލަރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox