ބަޔާނުން ނާގަލްސްމަން ވަކިކުރީ ކީއްވެ؟ ފަހަތުގައި އޮތީ ކޮން ކަމެއް؟

Mar 27, 2023, 12:47 AM
ބަޔާނުން ނާގަލްސްމަން ވަކިކުރީ ކީއްވެ؟ ފަހަތުގައި އޮތީ ކޮން ކަމެއް؟

ބަޔާންގެ ކޯޗުކަމުން ހޫލިއަން ނާގަލްސްމަން ވަކިކޮށް، ތޯމަސް ޓުޗެލް އެ މަގާމަށް އައްޔަންކުރުމަކީ ފަހުގެ ތާރީހެއްގައި ޔޫރަޕްގެ ބޮޑު ކްލަބަކުން ކޯޗަކު ހަމަޖެއްސުމުގައި ފެނުނު އެންމެ ހައިރާން ކުރަނިވި އެއް ބަދަލެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ބަޔާންގެ ނަތީޖާތައް އާދަޔާ ހިލާފަށް ދަށްނުވުމެވެ. އެކަމަކު، މީހަކު ހީވެސްނުކުރާ ފަދަ ގޮތަކަށް ނާގަލްސްމަން މަގާމުން ވަކިކުރުމުން، އެކަމުގެ ފަހަތުގައި އޮތް ސަބަބުތަކާމެދު އުފެދޭ ސުވާލުތައް ގިނައެވެ.

ނާގަލްސްމަން، 35، މަގާމުން ވަކިކުރިއިރު، ބަޔާން އޮތީ ޖަރުމަން ބުންޑަސްލީގާގެ ތާވާލްގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާންއާ ދެމެދު އޮތީ އެއް ޕޮއިންޓްގެ ފަރަގެކެވެ. އެހެންކަމުން، ލީގު ކާމިޔާބުކުރުމުގެ ރޭހުގައި ބަޔާން އޮތީ ވިއްދައިފަ އެވެ.

އަނެެއްކޮޅުން، ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް ބަޔާން ވަނީ ޖާގަ ހޯދައިފައެވެ. ކުއާޓާގައި ބަޔާންއާ ދެކޮޅަށް ނުކުންނަނީ މެންޗެސްޓާ ސިޓީ އެވެ.

މި ސީޒަންގެ ޖަރުމަން ލީގުގައި ބަޔާން ބަލިވެފައިވަނީ އެންމެ ތިން މެޗުންނެވެ. ބަޔާންގެ ކޯޗުކަމުގައި ނާގަލްސްމަން ހޭދަކުރި 19 މަސް ދުވަހުގެ ތެރޭގައި މެޗަކަށް އެވަރެޖްކޮށް 2.19 ޕޮއިންޓް ހޯދިޔަސް، ބަޔާންގެ ބޯޑުން ހިތްހަމަޖެހޭ ވަރެއްނުވިއެވެ.

އެކަމަކު، ބަޔާންގެ ނިންމުމުގައި ހައިރާންވާންޖެހޭ އެއް ކަމަކީ ދާދި ފަހުން ނާގަލްސްމަން އަކީ ބަޔާންގެ ކޯޗުކަމަށް އެންމެ އެކަށީގެންވާ ކޯޗު ކަމަށް ބުނެ ބަޔާންގެ ޗެއާމަން ހާބަޓް ހައިނާ އޭނާ އަށް ތައުރީފް ކުރުމެވެ.

އެހެން ނަމަވެސް، ރިޕޯޓްތަކުން ބުނާގޮތުގައި ބަޔާންގެ މެނޭޖްމަންޓް އިން ނަތީޖާތަކަށްވުރެ ބޮޑަށް، ހިތްހަމަނުޖެހުނީ ބަޔާން އިން ބޮޑު އަގުގައި ގެނައި ތަރިން ކަމަށްވާ ސަޑިއޯ މާނޭ އާއި ލެރޯއީ ސާނޭ ފަދަ ކުޅުންތެރިން ފޯމަކަށް ނޭޅުމެވެ. އަދި ޓީމުގެ ބައެއް ކުޅުންތެރިން ނާގަލްސްމަންއާ މެދު ހިތްހަމަނުޖެހޭ ކަމަށްވެ އެވެ. ނާގަލްސްމަންގެ މަގާމުން ގެއްލުނުއިރު، އޭނާގެ ދިފާއުގައި ބަޔާންގެ އެންމެ މަތީ ފަނޑިން ތެދުވާނެ އެކަކުވެސް ނުވިއެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން ނާގަލްސްމަން ވަކިކުރަން ނިންމިއިރު، އޭނާއާ އެކު ޓީމުގެ ނަތީޖާތަށް އެހާ ދަށެއް ނޫން.

ވޯލްޑް ކަޕްގެ ކުރިން ބަޔާން ރަނގަޅު ފޯމެއްގައި

ބަޔާންއާ އެކު ހޭދަކުރި ފުރަތަމަ ސީޒަންގައި ނާގަލްސްމަން ވަނީ އެ ކްލަބަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައަށް އެ ކްލަބު ދަތުރުކުރިއެވެ.

ފުރަތަމަ ސީޒަނަށް ފަހު ލިބުނު އިތުބާރާ އެކު، މި ސީޒަންގައި ބަޔާންގެ ޓެކްޓިކަލް ސިސްޓަމް އަށް ނާގަލްސްމަން ބަދަލުތަކެއް ގެންނަން ފެށިއެވެ. އެންމެ ބޮޑު ބަދަލަކަށްވީ ބަޔާން އިން އާންމުކޮށް ވިންގަށް ބަރޯސާވެގެން ކުޅެމުން އައި ސިސްޓަމް ބަދަލުކޮށް، ސެންޓްރަލްކޮށް ކުޅޭ ސިސްޓަމަކަށް ބަދަލުކުރިއެވެ. މި ބަދަލަށް ހޭނެން އެ ޓީމަށް ވަގުތުކޮޅެއް ބޭނުންވި އެވެ.

މީގެ އިތުރުން، ޓީމުގެ އެންމެ މުހިންމު ފޯވަޑް ކަމަށްވާ ރޮބާޓް ލެވަންޑޮވްސްކީ ދޫކޮށްލުމަށް ފަހު، އެނާ ނެތްތަން ފޫބެއްދުމަށް ބަޔާން އިން ކުޅުންތެރިއެއް ނުހޯދަ އެވެ.

ވޯލްޑް ކަޕްގެ ކުރިން ބަޔާން އިން ވަނީ ޖެހިޖެހިގެން 10 މެޗުން މޮޅުވެފަ އެވެ. އެކަމަކު، ވޯލްޑް ކަޕަށް ނެގި ބްރޭކަށް ފަހު، ފެނުނީ މުޅިން ތަފާތު ބަޔާންގެ ޓީމެކެވެ. ވޯލްޑް ކަޕަށް ފަހު ކުޅުނު 10 މެޗުގައި އެ ޓީމުން 12 ޕޮއިންޓް ގެއްލުވާލި އެވެ.

ލީގުގައި މިިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބަޔާ ލޭވަކޫސަން އަތުން 2-1 އިން ބަލިވެ، ބަޔާން ވަނީ އޮކްޓޫބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ލީގުގެ ދެ ވަަނަ އަށް ވެއްޓިފަ އެެވެ.

ނޯޔާ އާއި ނާގަލްސްމަންއާ ޖެހުނު މައްސަލަތައް

ނާގަލްސްމަން އާއި ބަޔާންގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއެލް ނޯޔާއާ ދެމެދު ފެށުނީންސުރެ ދެބަސްވުންތަކެއް އުފެދިފައިވެ އެވެ. އެހެންކަމުން، ނާގަލްސްމަން އާއި ނޯޔާއާ ދެމެދު އޮތް ގުޅުން އޮތީ ގޯސްވެފަ އެވެ.

ދެ މީހުންގެ މެދުގައި އޮތް މައްސަލަ ބޮޑަށް ގޯސްވީ މިދިޔަ ޑިސެމްބަރު މަހު ސްކީ ކުރަނިކޮށް ނޯޔާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އެނާ ކުޅުމާ ދުރުގައި ހުއްޓައި، ނޯޔާއާ ގާތްގުޅުމެއް އޮންނަ ގޯލްކީޕަރު ކޯޗު ޓޯނީ ޓަޕަލޮވިޗް ބަޔާނުން ބޭރުކުރުމެވެ.

ނާގަލްސްމަން ބަޔާން ކޯޗުކަމާ ހަވާލުވި ހިސާބުން ފެށިގެން ޓަޕަލޮވިޗް ބޭރުކުރުމަށް އެނާ މަސައްކަތްކުރިއެވެ. އެކަމަކު، ނޯޔާގެ ނުފޫޒުން އެނާ ޓީމުގައި ދެމިހުރީއެވެ. އެކަމަކު، ނޯޔާ ކުޅުމާ ދުރުގައި ހުރި ދުވަސްވަރު، ޓަޕޮލޮވިޗް ވަނީ ޓީމުން ބޭރުކޮށްފަ އެވެ.

މީގެ އިތުރުން ޓީމުގެ އެހެން ކުޅުންތެރިން ވެސް ނާގަލްސްމަންއާ އެކު ހިތްހަމުނެޖެހޭ ކަމަށްވެ އެވެ. މީގެ އިތުރުން ކައިވެނި ރޫޅާލުމަށް ފަހު، ޖަރުމަންގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ "ބިލްޑް"ގެ ރިޕޯޓަރަކާ ލޯބީގެ ގޮތުން ގުޅުމާއެކު، ޓީމުގެ ތެރެއިން ބައެއް މައުލޫމާތު ނާގަލްސްމަންގެ ފަރާތުން ލީކުވާކަމުގެ ތުހުމަތުތަކެއް ކުރެވެން ފެށިއެވެ. މީގެ ސަބަބުން ވެސް ކްލަބުގެ ބޯޑުން އޭނައާ މެދު ހިތްހަމަނުޖެހުނެވެ، ޓީމުގެ އިތުބާރު ހުރި މުހިންމު މައުލޫމާތު ލީކުވާ މައްސަލައިގައި ނާގަލްސްމަން ވަނީ ނުސީދާކޮށް ޓީމުގެ ކުޅުންތެރިންނަށް ވެސް ތުހުމަތުކޮށްފަ އެވެ.

ޖަރުމަނުގެ ތަޖުރިބާކާރު ނޫސްވެރިން ބުނާގޮތުގައި، ނާގަލްސްމަން ވަކިކުރަން ބަޔާންގެ ބޯޑަށް މަޖުބޫރުވީ ކްލަބްގެ ތެރޭގައި ފުޓްބޯޅައިން ބޭރުގެ ޕްރޮފެޝަނަލް ނޫން ގިނަ މައްސަލަތަކެއް ފެންމަތިވާން ފެށުމެވެ. އަނެއްކޮޅުން، ޖަރުމަނު ފުޓްބޯޅަ ދަންނަ، ބަޔާންގެ ބޯޑު މެމްބަރުންނާ ވެސް ގާތް ގުޅުމެއް އޮންނަ ކޯޗު، ޓުޗެލް ވެސް ޓީމަކާ ހަވާލުނުވެ ހުރި ވަގުތަކާ ދިމާވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox