ބ. ފަރެސްގައި ތަރައްގީކޮށްފައިވާ ފަސް ތަރީގެ އަވާނީ ފަރެސް މޯލްޑިވްސް އޭޕްރީލް 1، ގައި ހުޅުވާނެ ކަމަށް އިއުލާނުކޮށްފި އެވެ.
ފަރެސް މޯލްޑިވްސްގައި ތަރައްގީ ކުރީ 176 އެނދުގެ ރިސޯޓެކެވެ. އޭގެ ތެރޭގައި ސްޓޫޑިއޯ ކޮޓަރި އާއި މޫދު ކޮޓަރި ވެސް ހިމެނެ އެވެ. އޭގެ އިތުރުން އެ ރިސޯޓުގައި ނުވަ ރެސްޓޯރަންޓާއި ކިޑްސް ކްލަބަކާއި ސްޕާއަކާއި ޖިމެއް ވެސް ހުރެ އެވެ.
އަވާނީ ފަރެސް މޯލްޑިވްސްއަކީ ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ. އަވީނާ ބްރޭންޑަކީ ތައިލެންޑުގެ މައިނާ ހޮޓެލްސް ހިންގާ ކުންފުނީގެ ބްރޭންޑެކެވެ. ފަރެސްގެ ދިވެހި ޕާޓްނަރުންނަކީ ސީޕްރިއާ މޯލްޑިވްސް އެވެ.
ފަރެސްގައި ރިސޯޓު ތަރައްގީ ކުރަން ހަވާލު ކުރީ 2017 ވަނަ އަހަރެވެ. އޭގެ ކުރިން އަ ރަށުގައި ކޮންމެވެސް ވަރަކަށް ދަނޑުވެރިކަން ކުރި އެވެ.
ފަރެހުގައި އެންމެ ފުރަތަމަ ރިސޯޓު ހުޅުވަން މަސައްކަތް ކުރީ 2019 ވަނަ އަހަރެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާހެދި ރިސޯޓުގެ މަސައްކަތްތައް މަޑުޖެހުނީ އެވެ.












