ކަދުރުގެ ވާހަކައިން ކިޔާ މަރުހަބާ

ކަދުރަކީ ގިނަ ގުނަ ފައިދާތަކެއް ލިބިދޭ، މުސްލިމުންނަށް ރޯދަ މަހު އެންމެ މުހިންމު އެއް މޭވާ

ކަދުރަކީ ގިނަ ގުނަ ފައިދާތަކެއް ލިބިދޭ، މުސްލިމުންނަށް ރޯދަ މަހު އެންމެ މުހިންމު އެއް މޭވާ

ވަކި ރާގަކަށް ކިޔަމުންދާ ކުރުވާހަކައެއްގެ ރިކޯޑިން އަޑުއިވުމުން، އެއީ ރޯދަ މަސް ނޫނަސް ރޯދަމަހުގެ ހަނދާންތައް އެކަމުން އަޅުގަނޑަށް އާވާ ކަމެކެވެ. ހާޖަރާގޭ ތައުފީގުގެ އަޑުފުޅުން ރިކޯޑުކުރެވިފައިވާ ކީރިތި ރަސޫލާގެ ސިޔަރަތުގެ އަޑު އިވުނަސް އެފަދަ އެވެ. އެހެން އެކަން ވަނީ އަޅުގަނޑުމެން ބޮޑުވެގެން އައިއިރު، އެއީ ރޯދަމަހާ މާހާއްސަ ގޮތަކުން ގުޅިފައި އޮންނަ ދެ ޕްރޮގްރާމްކަމަށްވެފައިވާތީ، އަޅުގަނޑުގެ ހަނދާނާ އެކަން ވަރަށް ބޮޑަށް ލާމެހިފައި ހުންނަނީ އެވެ. އެކަމަކު މިދެންނެވުނު ދެކަންތައް ރޯދަމަހުގެ ހަނދާންތަކާއި ރޫޙާނިއްޔަތާ ގުޅިފައި އޮތީ އަޅުގަނޑަށާއި އަޅުގަނޑު ނިސްބަތްވާ ދިވެހިންގެ ތެރެއިންވެސް ވަކި ޖީލަކަށް އެކަންޏެވެ. އެކަމަކު ދުނިޔޭގެ ހަމަ ކޮންމެ ކަންކޮޅެއްގައި ދިރިއުޅޭ ކޮންމެ މުސްލިމަކަށްވެސް ކަދުރު ފެނުމުން ރަމްޟާން މަހުގެ ހަނދާންތައް ދިރުވާނެކަމާމެދު އެއްވެސް ޝައްކެތް ނެތެވެ. އެއީ ކަދުރަކީ ރޯދަ ވީއްލުމަށް މުސްލިމުންނަށް ހާއްސަ އެއްޗަކަށްވެފައި އޮންނާތީ އެވެ. އަދި އޭގެ އިތުރަށް ހާރުކެއުމުގެ ވަގުތުގައި ވެސް މާތް ނަބިއްޔާ އެންމެ ގިނައިން ބޭނުންފުޅުކުރެއްވި ކާނާގެ ބާވަތަކަށް ކަދުރުވެފައިވާތީ އެވެ.

ހިޖުރައިން 1444 ވަނަ އަހަރުގެ ރަމްޟާން މަހުގެ ހެޔޮ ތަހުނިޔާ ތިޔަ އެންމެ ބޭކަލުންނަށް އަރިސްކުރަމެވެ. މިރޯދަ މަހުގެ ތަހުނިޔާގެ ފުރަތަމަ ކިޔުން ތިޔަ ބޭފުޅުންނަށް އަޅުގަނޑު ހުށަހަޅާހިތްވަނީ ރޯދަމަހާ ގުޅިލާމެހިފައިވާ ރޯދަމަހުގެ މޭވާކަމުގައިވި، ކަދުރުގެ ވާހަކައިންނެވެ.

މިކަމުގައި އަޅުގަނޑުގެ ހިތަށް އެންމެ ކުރިޔަށް އަންނަނީ މަރްޔަމް ސޫރަތުގެ 25 ވަނަ އާޔަތާއި 26 ވަނަ އާޔަތެވެ. އެއާތްތަކުގައި ވާހަކަދެކެވެނީ އަހަރެމެންގެ މާތް ނަބިއްޔާއަށްވުރެ މާކުރީގެ އެހެން އުންމަތެއްގެ ހަބަރުތަކަކުންނެވެ. އާދޭހެވެ! މަރްޔަމްގެފާނުގެ ވާހަކައިން ތަންކޮޅެކެވެ. "އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެއެވެ. ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، އޯގާވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ." ކޮންމެއަކަސް އާޔަތުގައި އައިސްފައިވާ ރޯދައަކީ އިހުގެ އުންމަތްތަކުގެ މީހުންނަށް އޮތް ރޯދައިގެ ބާވަތެކެވެ. އެކަމަކު ދެއާޔަތުން ފެންނަ މި ލިޔުމާ ގުޅުންހުރި މުހިންމު ނުކުތާއަކީ، ފުރަތަމަ އާޔަތުގައި ކަދުރުގެ ވާހަކަ އައިސްފައި ދެވަނަ އާޔަތުގައި ރޯދައިގެ ވާހަކަ އޮތުމުންނެވެ. އެހެންވީމާ މިއީ ތާރީހީ ވެސް ގުޅުމެއްތާ އެވެ.

މައުލޫއާ ނުގުޅަނަސް މިއާޔަތުން ދޭހަކުރެވޭ ވަރަށް މުހިންމު އެހެން ދެކަމެއްގެ ވާހަކަ ވެސް ދައްކާނުލައި މިލިޔުން ކުރިޔަށް ގެންދަން ނުފެންނާތީ ދަންނަވާލާނަމެވެ. އެއް ކަމަކީ މަރިޔަމްގެފާނު މާބަނޑުހާލުކޮޅުގައި މާތް ﷲ ގެ މުއުޖިޒާތުގެ ތެރެއިން ކަދުރުގެ ރުކުގެ ރިޒްގު އެކަމަނާއަށް މިންވަރުކުރެއްވުމުން، ކަދުރަކީ މާބަނޑު މީހުންނަށާއި އެމީހުންގެ ތުއްތު ދަރީންނަށް އެންމެ ފައިދާހުރި ކާނާގެ އެއްބާވަތްކަމާމެދަށް ޝައްކެތްކުރާނެ ކަމެއް ނެތެވެ. ދެވަނަ ފައިދާއަކީ، މަރްޔަމްގެފާނު އެފަދަ ހާލުކޮޅުގައިވަނިކޮށް، މުއުޖިޒާތުގެ ތެރެއިން ރިޒްގުގެ ކަންތައް ހަމަޖެހިގެންދިޔައިރުވެސް އެކަމަނާއަށް އެންގެވުނީ، ކަދުރުރުއް ހަލުވާލެއްވުމަށެވެ. އާދޭހެވެ. ކޮންމެ ވަގުތަކުމެ އިންސާނާ ކުރަން ބޭނުންވާ ކަންތަކަށް އެކަމާ ގުޅޭ ސަބަބުގައި ހިފަންޖެހޭނެކަމަށް ދީފައިވާ ފިލާވަޅެކެވެ. މަގުސަދު ހާސިލުވުން އޮތީ އިރާދައާއި ނަސީބުގެ މަތީގައި ތިމާ ކުރާ މަސައްކަތާއި ހިފާ ސަބަބުތަކުގެ މައްޗަށްކަން ދެއްކެވުމެވެ.

ކަދުރުގެ ވާހަކައަށް އަންނާށެވެ! ކަދުރު ރުކުގެ އެއްތަކުން ގާތްގާތުން އިހާތައް ނެރުއްވައި ގޮތަކީ ކަލާނގެ ކުޅަދުންވަންތަކަމާމެދު ވިސްނާފިކުރުކުރުކޮށް އިބުރަތްލިބިގަންނަންޖެހޭ ފަދަ ކަމެއްގެ ގޮތުގައި އަންޢާމް ސޫރަތުގެ 99 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ. ހަމަ އެސޫރަތުގެ 141 ވަނަ އާޔަތުގައި، އޮށްޓަރު ތަފާތުވެގެންވާ ގޮތުގައި ކަދުރުރުކުގެ ބާވަތް ލެއްވިފައިވާކަން އެފަދަ ކަމެއްގެ ގޮތުގައި އައިސްފައިވެއެވެ. ކަހަފް ސޫރަތުގެ 32 ވަނަ އާޔަތުގައި ބަޔާންކުރާ މާތް ﷲ މޭބިސްކަދުރުގެ ދެބަގީޗާ ދެއްވި މީހާގެ ދެބަގީޗާގެ ވަށައިގެން ލެއްވިފައިވަނީ ކަދުރުރުއްތައް ކަމުގައި އެއާޔަތުގައިވެއެވެ. މޫސާގެފާނަށް އީމާންވެ ފިރުޢައުނަށް ކާފަރުވީ ސިހުރުވެރިން ޝަހީދުކުޅައުމުގެ ގޮތުން، ފިރުޢައުނު އެބައިމީހުން ޝަހީދުކުޅައީ ކަދުރު ރުކުގެ ގަސްގަނޑުގައި ސަލީބަށް އަރުވައިގެންކަން ޠާހާ ސޫރަތުގެ 71 ވަނަ އާޔަތުން އެނގެއެވެ.

އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރުރުއްތަކުގެ މެދުގައި ދިރިއުޅެން ލިބުމަކީ ދުނިޔޭގެ ނިއުމަތެއްގެ ގޮތުގައި، ޝުޢަރާއު ސޫރަތުގެ 148 ވަނަ އާޔަތުގައި ސިފަކުރައްވާފައިވެއެވެ. މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައް ފެޅުއްވީ، އަޅުތަކުންނަށް ހުރި ރޯއްޖެއްގެ ގޮތުގައިކަމަށް ޤާފް ސޫރަތުގެ 10 އަދި 11 ވަނަ އާޔަތުގައި އަންގަވައެވެ. މިނޫންވެސް މިފަދަ އެތައް އާޔަތެއްގައި ކަދުރު ރުކުގެ ވާހަކަ އައިސްފައިވެއެވެ.

މީގެ އިތުރުން ކަދުރުގެ އެކި ބައިތަކުން ކީރިތި ޤުރުއާނުގައި މިސާލު ޖައްސަވާފައިވަނީ ވެސް މަދެއް ކޮށެއް ނޫނެވެ. މުސްލިމުންނާ ކަދުރާއި ގުޅިފައިވާލެއް ބޮޑުކަމަށްޓަކައި ކަދުރުގެ ވާހަކައިން މިސާލުޖެހުމުން މުސްލިމުންގެ ސިކުނޑިތަކާއި އެގޮތް ކައިރީކަމަށްވުން ގާތެވެ. މިސާލަކަށް ފާޠިރު ސޫރަތުގެ 13 ވަނަ އާޔަތުގެ ފަހުބައި ބައްލަވާށެވެ. "...އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެ އެވެ."

އާދޭހެވެ! ކަދުރުގެ ބާވަތަކުން ރޯދަވީއްލެވުމާއި، ހާރުދަމުގެ ވަގުތުގައި ކަދުރުގެ ބާވަތަކުން ހާރު ފަރިއްކުޅުއްވުމާއި، މިކަންކަމަކީ މާތް ނަބިއްޔާގެ ސުންނަތުގައި ހިމެނިފައި ހުރި ކަންކަމެވެ. އަދި ކަދުރާ ބެހޭގޮތުން މާތް ނަބިއްޔާގެ ބަސްފުޅުތައް ތަފާތު މަގުމަގުން ރިވާވެފައިވެ އެވެ. ކަދުރުގެ ވާހަކައިން މިބަރަކާތްތެރި ރޯދަމަހުގެ ތަހާނީ ދެންނެވުމަށް އިސްވެ ދެންނެވުނު މިންވަރުން ފުދޭކަމުގައި ހިތާ ބަރަކާތްތެރި ރޯދަމަހުގެ ހެޔޮވެދުމާއި ސަލާމް ފޮނުވަމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox