ސްރީލަންކާއަށް ތިން ބިލިއަން ޑޮލަރުގެ އައިއެމްއެފް ޕެކޭޖް ޔަގީންވެއްޖެ

ސްރީލަންކާގެ ސައިފަތް ދަނޑެއްގައި މަސައްކަތް ކުރާ ބަޔަކު މަޑުކޮށްގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްރީލަންކާގެ ސައިފަތް ދަނޑެއްގައި މަސައްކަތް ކުރާ ބަޔަކު މަޑުކޮށްގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްރީލަންކާއަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ބެއިލްއައުޓް ޕެކޭޖުގެ ދަށުން ތިން ބިލިއަން ޑޮލަރު ލިބޭނެކަން ޔަގީންވެއްޖެ އެވެ.

އައިއެމްއެފްގެ އެހީ ހޯދަން ސްރީލަންކާއިން މަސައްކަތް ކުރާތާ ގާތްގަނޑަކަށް އަހަރެއް ވެއްޖެ އެވެ. އެތައް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ ސްރީލަންކާއަށް އައިއެމްއެފް އެހީއަކީ ބޮޑު އުއްމީދެކެވެ.

ފޮރިން މިނިސްޓަރު އަލީ ސަބްރީ ބީބީސީއަށް ވިދާޅުވީ ސަރުކާރުން އިތުރު ފައިސާ ހޯދަން ރާވާފައި ވަނީ ދައުލަތުގެ ކުންފުނިތައް ރީސްޓްރަކްޗާކޮށް، ގައުމީ އެއާލައިން ޕްރައިވަޓައިޒްކޮށްގެން ކަމަށެވެ.

އެހެން ނަމަވެސް އެނެލިސްޓުން ލަފާދޭ ގޮތުގައި ސްރީލަންކާއަށް އަދިވެސް ގޮންޖެހުންތައް ގިނަ އެވެ. ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބުނު އިރު، ކަރަންޓާއި ތެލުގެ އަގު އުފުލި، އިންފްލޭޝަން 50 ޕަސެންޓަށް މަތިވި އެވެ.

ރައްޔިތުންނަށް ދިމާވަމުން ދިޔަ ދަތިތަކާ ހެދި މުޒާހަރާކޮށް 2022 ވަނަ އަހަރު ސަރުކާރު ބަދަލުކުރި އެވެ. ލަންކާއިން ޑޮލަރު ހުސްވެ، އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަރަނިތައް ޑީފޯލްޓުވީ މިދިޔަަ މޭ މަހު އެވެ.

އާއްމުންނަށް ގޮންޖެހުން ދިމާވަމުން ދިޔަ ނަމަވެސް ޓެކްސް އިތުރުކޮށް ފައިސާ ހޯދޭނެ ގޮތްތައް ސަރުކާރުން ދަނީ ހަދަމުންނެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު ޕްރޮފެޝަނަލް ވަޒީފާތަކުގައި އުޅޭ މީހުންގެ އަތުން 12.5 ޕަސެންޓުން ފެށިގެން 36 ޕަސެންޓާ ހަމައަށް އިންކަމް ޓެކްސް ނަގަން ނިންމި އެވެ.

އޭގެ އިތުރުން ވެސް ގައުމަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރަން ފައިސާ ހޯދުމުގެ ގޮތުން ތެލާއި ކާބޯތަކެތިން ނަގާ ޓެކްސް ވެސް މަތިކުރި އެވެ.

އެއާ ހިލާފަށް، މިދިޔަ އަހަރު އިސްތިއުފާ ދޭން މަޖުބޫރުވި ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރުގައި އޮތީ ޓެކްސް ކުޑަކޮށްފަ އެވެ. އޭގެ ސަބަބުން 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ސަރުކާރަށް 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ގެއްލެމުން ދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox