ހުލާސާކޮށް އިއްޔެ: ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައީސް ސޯލިހު އާއި މައުމޫނުގެ ބައްދަލުވުން

Mar 20, 2023, 1:13 AM
ރައީސް ސޯލިހާއި ކުރީގެ ރައީސް އިއްޔެ ބޭއްވެވި ބައްދަލުވުން

ރައީސް ސޯލިހާއި ކުރީގެ ރައީސް އިއްޔެ ބޭއްވެވި ބައްދަލުވުން

ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔާމު އިއްޔެ ބޭއްވެވި ބައްދަލުވުމުން ނިންމެވީ ކޮމިޓީއެއް އެކުލަވާލައި އިތުރަށް މަޝްވަރާ ކުރައްވަން ކަމަށް ސަރުކާރުން ބުނި ކަމަށް ރިޕޯޓުކުރި އެވެ.

ރައީސް އޮފީހުގައި އިއްޔެ މެންދުރު 12:00 ޖެހިއިރު ބޭއްވި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ރައީސް ސޯލިހުގެ އިތުރުން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ އާއި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ. އެމްއާރުއެމްގެ ފަރާތުން، މައުމޫނުގެ އިތުރުން، އެ ޕާޓީގެ ރައީސް ފާރިސް މައުމޫން އާއި ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އަދި ޝަޒާއިލް ޝިޔާމް ބައިވެރިވެވަޑައިގަތެވެ.

ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު" ނޫހަށް ވިދާޅުވީ ބައްދަލުވުން ދިޔައީ ރަނގަޅަށް ކަމަށާއި، މަޝްވަރާ ކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ކަމަށެވެ.

"ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް. މަޝްވަރާ ކުރެވުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން. ދެ ފަރާތުން ޓީމު ނަގައިގެން މި ކަމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކުރަން ނިންމުނު،" މިއުވާނު ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވާއިރު ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް މިހާރު ވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި މަހުޖަނު، އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް ވަނީ ނިންމައިފަ އެވެ.

ސަރުކާރު ކޯލިޝަނުގައި މިހާރު ވެސް ހިމެނޭ މަހުޖަނު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ނިންމީ، އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށެވެ.

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހު ކާމިޔާބު ކުރައްވާފައިވާއިރު އެމަނިކުފާނާއެކު އެ އިންތިހާބުގައި ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސްގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިތުރު ބައެއް ހަބަރު

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ބޯމަތިވެފައި އޮއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބައެއް އަރިސް ބޭފުޅުން ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު (އުއްޗު) މޫސާއާ ބައްދަލު ކުރެއްވީ އޭނާ ދައުވަތު ދީގެން ކަމަށް އެ ބައްދަލުވުމަށް ވަޑައިގެންނެވި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލަފާދިނުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމިޓީއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކު އިތުރު ކުރުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ގޮވާލައްވައިފި އެވެ.

"ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި ބައްދަލުވުމުގައި ފްލެޓުގެ ކުލި ކުޑަ ކުރެވިދާނެ ގޮތްތަކެއް ހުށަހަޅުއްވައިފި އެވެ.

ދިވެހި ސިފައިން ހިންގާ ސެނަހިޔާ ހޮސްޕިޓަލަށް އިންޑިއާ ސަރުކާރުން ބައެއް ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.

މާލޭ އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު ޑިޒައިންކޮށް އެޅުމަށް އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މާރާމާރީއަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ މީހަކު ފޮރުވައިގެން ގެންގުޅުނު ތުހުމަތުގައި, މާލޭގައި އޮޕަރޭޓްކުރާ ބޮޑު ގޭންގެއްގެ އިސް ހަތަރު މީހަކު ކޯޓު އަމުރުގެ ދަށުން މިރޭ ހައްޔަރުކޮށްފި އެވެ.

ދުވަހުގެ ކޯޓޭޝަން

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ލަފާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެންމެ ފުރަތަމަ މި އަހަރުގެ ރިޔާސީ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓެއް ދެއްކި ޕާޓީއަކީ ޕީޕީއެމް ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި، ރިޔާސީ ކެންޑިޑޭޓަކަށް ވެ ހުންނަވަނިކޮށް ޔާމީނާއި ދޭތެރޭ ރާއްޖޭގެ ޝަރުއީ ނިޒާމުން ކަންކުރަމުންދާ ގޮތުގެ ސަބަބުން އެ ކޮމިޓީގައި ޖޭއެސްސީ އޮތުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ ޖޭއެސްސީ މިތާ މުހިންމު ވަނީ. ދަށު ކޯޓުން ރައީސް ޔާމީނަށް ހުކުމް ޖަހާ ފަނޑިޔާރު، ހައި ކޯޓަށް މައްސަލަ ދާއިރަށް ހައި ކޯޓަށް، ސުޕްރީމް ކޯޓަށް މައްސަލަ ދާއިރަށް ސުޕްރީމް ކޯޓަށް، މި ކަންތައްތައް އިލެކްޝަން ކޮމިޝަނަށް ނުފެނޭ، ރިޔާސީ ކެންޑިޑޭޓަކަށް މިވަރު ވާއިރު, އިލެކްޝަން ކޮމިޝަން ހިމޭނުން،"

ދުވަހުގެ ފޮޓޯ

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑެން ފުޓްސަލް މުބާރާތުގެ ފައިނަލްގައި ރޭ ގދ. ވާދޫއާ ބައްދަލުކޮށް ޗެމްޕިއަންކަން ހޯދި، ލ. ގަން ޓީމު ޓްރޮފީއާއެކު އުފާފާޅުކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑެން ފުޓްސަލް މުބާރާތުގެ ފައިނަލްގައި ރޭ ގދ. ވާދޫއާ ބައްދަލުކޮށް ޗެމްޕިއަންކަން ހޯދި، ލ. ގަން ޓީމު ޓްރޮފީއާއެކު އުފާފާޅުކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑެން ފުޓްސަލް މުބާރާތުގެ ފައިނަލްގައި ރޭ ގދ. ވާދޫއާ ބައްދަލުކޮށް ޗެމްޕިއަންކަން ހޯދި، ލ. ގަން ޓީމު ޓްރޮފީއާއެކު އުފާފާޅުކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox