ބަދަލުވަމުންދާ "ރޯދަކާދަ"

ވިލިމާލޭ އަތިރިމަތީގައި ކުދިބަޔަކު ކުޅެނީ. -- ފޮޓޯ އަދަދު

ވިލިމާލޭ އަތިރިމަތީގައި ކުދިބަޔަކު ކުޅެނީ. -- ފޮޓޯ އަދަދު

އަހަރެން ވެސް ބުރާސްފަތި ވިލޭރޭ ރޯދަ ވިޔަފާރިއަށް ނިކުތީ، ފޫކޮޅުގައި ރޯވުމުން ހުރިހާ ކަމެއް ކުރާ ދިވެހިންގެ އާބާދީގައި ބައިވެރިވެލާށެވެ. ލިސްޓުގެ އެންމެ ކުރީގައި އޮތީ ބަދިގޭގައި އަޅާނޭ ފައިފުއްސެކެވެ. ނަސީބަކުން ދެވަނައަށް ވަން ފިހާރައިން ފައިފުހި ފެނުނެވެ. ފައިސާ ދައްކަން ދިޔައިރު ކައުންޓަރުގައި އިން ހިތްހެޔޮ އަންހެން މީހާ ބުނެތްޕެވެ. "މިހާރު ރޯދަމަސް އަންނަނީ ކިޗަން މެޓާއި ނަމާދު ދޮޅިން ދޯއެވެ."

މާޒީގެ ރޯޅީގެ ބާރުގައި ހަނދާނުގެ ސަފުޙާތައް އުކެމުން ގޮސް ހުއްޓުނީ ނުވަދިހައިގެ އަހަރުތަކަށެވެ. ރޯދަމަހަށް ތައްޔާރުވުމަށް ގޭގައި ކޮށް އުޅުނު ކަންތައްތަކަށެވެ. އެންމެ މަޖާ ހަނދާނަކީ ރޯދައަށް ވެލިލާ ހަނދާނެވެ. ރޯދައަށް ދެތިން މަހަށް ވާއިރު، ކަށިވެލި ނުވަތަ ދޮންވެލި ބަސްތާތައް ގެއިން ފެންނަން ފަށާނެއެވެ. އަހަރެމެންގެ ގޭގައި ވެލި ބަސްތާތައް އޮއްސަން ފަށަނީ ތަންކޮޅެއް ދުވަސް ކައިރިވީމައެވެ. ބުޅަލުގެ އުނދަގުލުން ރައްކާތެރިވުމަށްޓަކައެވެ. ވެލިލާ ދުވަހަށް މާއިރާ ހޭލައިގެން އެންމެ ބޮޑު ތައްޔާރީއެއް ވަނީ އަހަރެމެން ކުދިވެރިންނެވެ. ކުރިން ހުރި ވެލިގަނޑު ނަގައި ގޯނިގޯންޏަށް އަޅައި، ފަސްގަނޑު އެއްވަރުކުރަން މަށަންދަތި އަޅާ ގަޑިއަކީ އަހަރެމެން ކުދިވެރިންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ވެލިފުނި ތަކަކީ އަހަރެމެން އަރަން ޖެހޭ "ފަރުބަދަ"ތަކެވެ. ވެލިގަނޑު ފަތުރާލީމާ ދެން އެ ލިބުނީ އަހަރަކު އެއްފަހަރު ލިބޭ ފުރުޞަތެކެވެ. ސާފު، ވެލިގަނޑުގައި ފެތުރިލައިގެން ކުޅެލަން ލިބޭ ހައެއްކަ މިނެޓެވެ. މިހެން ތިބޭ އިރު ބައެއްފަހަރު ބިޗޫފަދަ ސޫފީގެ ދޯކާވެސް ލިބެއެވެ. މަށަންދަތި އަޅައި ފަސްގަނޑު އެއްވަރުކުރަން ފެށުމުން، ދެން ބޮޑެތި މީހުންގެ ގަޑި ޖެހުނީއެވެ.

އެ ދުވަސްވަރު މާލެތެރޭ ހިނގާލިޔަސް ރޯދަމަސް އަންނަން އުޅޭކަމުގެ ނިޝާންތައް ފެންނާނެއެވެ. ފިހާރަތަކުގައި "ރޯދަ ސޭލް" ލިޔެފައި ހުންނަ ކަރާފަޅީގެ ތަސްވީރު ހިއްޕާފައި ނެތަކަސް، ފިހާރަތަކުގެ ހަރުތައް މުއްސަނދިވާން ފަށާނެއެވެ. ގޭގޭ ފާރުތަކުގައި ކުލަލާން އުޅޭ މީހުން ގިނަވާނެއެވެ. ހަވާދު ދަވަން އެއްކުރި ހިކިމިރުސްތައް ދޮލަނގު ދޮލަނގުގައި އަވީލާފައި ހުންނާނެއެވެ. ރޯދައަށް އެޅި އަސާރަފުޅިތައްވެސް ގާތްގަނޑަކަށް ކޮންމެ ގެއެއްގެ އަސްކެނީގައި އަވީލާފައި ހުންނާނެއެވެ. މާހަފަން ތައްޔާރުކުރާނޭ އަވެލި އަވީލާފައި ހުންނާނެއެވެ. ރޯދަ އަށް ގަތް މަސް، އަވީލާފައި ނުވަތަ ދިލަޖައްސަން ދުމަށިމަތީ އަތުރާފައި ހުންނާނެއެވެ. ހުވަނދުމާ ގަސްތައް ހައްދާ މީހުން އެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދޭނެއެވެ. ރޯދަމަހު މާފެން އަޅާށާއި، ހުވަނދުމާ ސައި ބުއިމަށް ޑިމާންޑް އިތުރުވާތީއެވެ.

Advertisement
މީހަކު ހަވާދު ދަވަނީ. -- ފޮޓޯ: އަދަދު
މީހަކު ހަވާދު ދަވަނީ. -- ފޮޓޯ: އަދަދު

މީހަކު ހަވާދު ދަވަނީ. -- ފޮޓޯ: އަދަދު

ދަރު އުނދުނުގައި ކައްކާ މީހުން ދަރުގުދަން ފުރާލައި، ތެޔޮ އުނދުނުގައި ކައްކާ މީހުން ފީތާ ހޯދައި، ގުދަންކުރާނެއެވެ. ރޯދަމަހު ކައްކަން ބޭނުންކުރާނެ ހަނޑޫވެސް ހުންނާނީ ދުރާލާ ހޮވައި ފޮޅައި ސާފުކޮށްފައެވެ. އޭރު ލިބޭ ހަނޑުލުގައި ކަޅުހަނޑުލާއި، ހިލައާއި ވީ ގިނަވާނެއެވެ. އެންމެ ބައި ނާޅިއެއް ހޮވުންވެސް ވާނީ ބުރަ މަސައްކަތަކަށެވެ. އެހެންކަމުން އެއީ ދުވަހުން ދުވަހަށް ކުރާ ކަމެއް ކަމަށް ނުހަދައި، ރޯދަމަސް ފެށެން ވާއިރަށް ހަނޑޫ ހޮވައި، ސާފުކޮށް، ފޮޅާފައި، ކާޑު ފޮއްޓަށް އަޅައި ރައްކާކުރާނެއެވެ.

ނުވަދިހައިގެ ކުރީކޮޅުގެ އަހަރުތަކަކީވެސް ކޮންމެ ކޮންމެ ގެއެއްގައި އައިސްއަލަމާރި ހުރި ޒަމާނެއް ނޫނެވެ. މާލޭގައިވެސް ކޮށްޓެއްގައި އެއްގެ ނުވަތަ ދެގޭގައި އައިސްއަލަމާރި ހުރެދާނެއެވެ. އައިސް އަލަމާރި ހުންނަ ގޭގޭ މީހުން ގަނޑުފެން ވިއްކާނެއެވެ. އެހެން މީހުން ރޯދަމަހު ގިރާ ފަނިފޮދު ފިނިކުރާނީ ޖޫސްޕެޓީ ކޮތަޅު ކޮތަޅުގައި ގަނޑުފެން ގަނެ، ބަންގި ގޮވަން ކުޑަ ވަގުތުކޮޅަކަށް ވީމާ، ޖޫސް ގިރާފައި ހުންނަ ބާލިދީގެ ތެރެއަށް އެ ގަނޑުފެންގަނޑު ފުނޑުކޮށް، އަޅައިގެންނެވެ. ކަންމިހެން އޮންނާތީ ގަނޑުފެން ގަންނަން ދާންޖެހެނީ އެންމެ ފަހު ވަގުތުގައެވެ. އެހެންކަމުން، ގަނޑުފެންކޮޅެއް ނުލިބޭ ފަހަރުވެސް އާދެއެވެ. ރޯދައިގެ ކުރިން ބައެއް މީހުން އައިސް އަލަމާރި ހުންނަ ގޭގޭ މީހުންނާ އެއްބަސްކިޔައިގެން އެގޭ ފުރިޖު ގަނޑުކުރާބައިން ހަތަރު ކޮތަޅުގެ "ކޯޓާ" ކަނޑައަޅައި އެއަށް ދުރާލާ އަގުދެއެވެ. އޭރުން މުޅި މަހަށް ފިނި ޖޫސް ކަށަވަރު ވީއެވެ.

އޭރުވެސް ރޯދަމަހާ ދިމާކޮށް ގޭތެރޭ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު އާކޮށް ހެދިއެވެ. އަހަރު ފެށުނީއްސުރެން ގިނަ މީހުން ދާނީ ރޯދައަށް ނަގާނޭ ތަށިސެޓާއި، މިކްސަރު ފަދަ ތަކެތި އެއްކޮށް ގުދަންކުރަމުންނެވެ. އެނދުގެ ތަންމަތިތަކާއި ދޮރުފޮތިތައް ހަނދުބަލާ ދުވަހު ބަދަލުކުރާނެއެވެ. ގޭތެރޭގައި ކުރަން ހުރި މަރާމާތުތައް ކޮށް ނިންމާނެއެވެ. ވަޅުދިޔަ ހިއްކާނެއެވެ. ކަރަންޓު ސާމާނު ޓެސްޓުކުރާނެއެވެ. ވަޅި، ކަތިވަޅި، ހުނިގޮނޑި ތިލަ އަދި ފޯއްވަޅި ހަނުލައި ތޫނުކުރާނެއެވެ. ތަށި ސަމުސާ އާ ނުކުރަނީނަމަ، ބޮޑު ލޯތައްޓަކަށް އަޅައިގެން ބުލިޗުލައިގެން ރަނގަޅަށް އުނގުޅާ ދޮންނާނެއެވެ. ބައެއް މީހުން ގޭގެ ގޯތިތެރެއަށް އަލުންބަލުން ވެލި ނުލާންވެގެން، ކަށިވެއްޔާއި ހިމުން ވެލި އޯމޯފެނުގައި އުނގުޅައިގެން ދޮވެއެވެ. މިހެން ދޮވެފައި ހުންނަ ވެލި ދެން އަޅާއިރު ހުންނާނީ ދެންމެ އަތިރިމަތިން ނަގައިގެން ގެނައި ވެލިހެން ހުދުވެފައެވެ.

ހިފައިގެންގުޅޭ ސާމާނުގެ އިތުރުން، އަޅުކަމަށް ބޭނުންކުރާ ސާމާނުވެސް އާކުރުން އެއީ އޭރުވެސް ކޮށްއުޅުނު ކަމެކެވެ. ދޮޅި، ތާކިހާ، މުސައްލަ، ޚަތިމު އަދި ފޮތްގޮނޑި އާކުރާ މީހުން އާކުރާނެއެވެ. އެ ނޫން މީހުން އެތަކެތި ދޮވެ، ސާފުކޮށް މީރުވަސް ދުއްވައި، މަރާމާތެއް އޮތްނަމަ އެކަމެއް ކުރާނެއެވެ.

ނިމިދިޔަ އަހަރުގެ ރޯދަ މަހު ސަލްމާން މިސްކިތުގެ ހަރިންމައި ތެރޭގައި ބަޔަކު ނަމާދަކުރަން ތައްޔާރުވެގެން. -- ފޮޓޯ: އަދަދު
ނިމިދިޔަ އަހަރުގެ ރޯދަ މަހު ސަލްމާން މިސްކިތުގެ ހަރިންމައި ތެރޭގައި ބަޔަކު ނަމާދަކުރަން ތައްޔާރުވެގެން. -- ފޮޓޯ: އަދަދު

ނިމިދިޔަ އަހަރުގެ ރޯދަ މަހު ސަލްމާން މިސްކިތުގެ ހަރިންމައި ތެރޭގައި ބަޔަކު ނަމާދަކުރަން ތައްޔާރުވެގެން. -- ފޮޓޯ: އަދަދު

ހަނދުބަލާރޭ އަންނަން ވާއިރަށް މިހުރިހާ ކަމެއް ހުންނާނީ ކޮށް ނިމިފައެވެ. އޭރު ހަނދު ސާބިތުކުރަން ބާއްވާ ބައްދަލުވުން ވަގުތުން މުވާސަލާތެއް ނުކުރާނެއެވެ. އެހެންކަމުން އަނެއް ދުވަހަކީ ރަމަޟާން މަހުން އެކެއްކަން އެނގޭނީ ބޮޑު ބަޑީގެ އަޑުންނެވެ. ގިނަ ބަޔަކު އޭރު މާހެފުން ބާއްވަނީވެސް ހަނދުގެ ޚަބަރެއްގެ އިންތިޒާރުގައި ތިބޭ މި ގަޑީގައެވެ. އެއީ އެ ރޭގެ ކެއުންވެސް މެއެވެ. އިތުރަށް ފުރިހަމަކޮށްލަން ބޯކިބާ ފިހެފައި ހުންނާނެއެވެ. ހާރަށް ބަތްކައްކާނީ ބަޑިޖެހީމައެވެ. ހަނދު ނުފެނިއްޖެނަމަ، އެދެން އެރޭގެ ކެއުމެއްކަމުގައި ފުއްދާލާނީއެވެ.

ޒަމާން މި ދަނީ ބަދަލުވަމުންނެވެ. އާދަކާދަތައްވެސް މެއެވެ. އަހަރެންގެ ކުޑައިރުގެ ހަނދާންތަކާއި އަހަރެންގެ މައިންބަފައިންގެ ކުޑައިރުގެ ހަނދާންތަކާ އަޅައިބެލިޔަސް، ހައްސަ ތަފާތު ފެންނާނެއެވެ. އަދި ކިއެއްތަ، އަހަރެންގެ ހަނދާންތަކާއި ރާއްޖޭގެ އެހެން ސަރަޙައްދެއްގެ މީހެއްގެ ހަނދާންތަކުގައިވެސް ތަފާތުތަކެއް ހުންނާނެއެވެ. މިއީ އާދަކާދައިގެ ފާޑެވެ. ޘަޤާފަތުގެ ޒާތެވެ. ހުންނާނީ ބަދަލުވަމުންދާ ބަހާތަކާއި ބަދަލުނުވާ ބަހާތަކެވެ. ރޯދައިގެ އާދަކާދައިގެ ތެރެއިން ބަދަލުނުވާކަމަކީ ދިވެހިންގެ މެދުގައި ރަމަޟާން މަހަށް ދީފައިވާ ޚާއްޞަ މަޤާމެވެ. އެ މައްސަރަށް މަރުޙަބާކިޔުމަށް ދޭ އަހައްމިއްޔަތެވެ. އެ މައްސަރަށް ކުރާ ޤަދަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox