ޕާކިސްތާނާއި ރާއްޖެ ކުޅޭ މެޗު އޮތީ ލ. ގަން ޒޯން ސްޓޭޑިއަމްގައި

Mar 15, 2023, 10:34 AM
ގަމު ޒޯން ދަނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: ސޯޝަލް މީޑިއާ

ގަމު ޒޯން ދަނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: ސޯޝަލް މީޑިއާ

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މި މަހު 21 ވަނަ ދުވަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ޕާކިސްތާން ޓީމު ކުޅޭ މެޗު ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭ ގޮތަށް ނިންމައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން، ގަމު ޒޯން ސްޓޭޑިއަމްގައި މި މަހު 21 ވަނަ ދުވަހު މެޗު ކުޅެން ނިންމީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ އެދިލެއްވުމުގެ މަތިންނެވެ. މިއީ، ފީފާ އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ޒޯން ސްޓޭޑިއަމްގައި ޕާކިސްތާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ 21 ވަނަ ދުވަހު، 15:45 ގަ އެވެ.

މިއީ، ސ. ހިތަދޫ ޒޯން ސްޓޭޑިއަމަށް ފަހު، ބައިނަލްއަގުވާމީ މެޗެއް ރާއްޖޭގެ އެހެން ސަރަހައްދެއްގައި ކުޅެވޭ ފުރަތަމަ ފަހަރެވެ.

ގަމު ޒޯން ސްޓޭޑިއަަމަކީ މި ސަރުކާރުން ތަރައްގީކޮށް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި ހުޅުވި ދަނޑެކެވެ.

އެ ދަނޑު، ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު، މަހުލޫފް ވަނީ އޭއެފްސީ ކަޕްގެ މެޗުތައް އެ ދަނޑުގައި ހޯސްޓް ކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން، 2021 ވަނަ އަހަރު އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ރާއްޖޭގައި ކުޅުނުއިރު، ގަމު ދަނޑުގައި ކުޅެވޭތޯ ބެލި ނަމަވެސް އޭރު އެކަން ކާމިޔާބެއްނުވި އެވެ.

ރާއްޖެ އާއި ޕާކިސްތާން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މި ބައްދަލުކުރަނީ 10 އަހަރު ފަހުންނެވެ. ރާއްޖޭން ވަނީ މީގެ ކުރިން 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާލޭގައި ޕާކިސްތާނާ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން ރާއްޖެ މޮޅުވީ 3-0 އިންނެވެ. މިއީ އޭގެ ފަހުން، މި ދެ ޓީމު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ފީފާ ސަސްޕެންޝަންގެ ސަބަބުން މިިދިޔަ އަހަރުތަކުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ޕާކިސްތާނުން އަނެއްކާ ވެސް މެދުކެނޑުމަކަށް ފަހު، މި އަހަރު ޖޫން މަހު އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނުން އަންނަނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ޕްރެކްޓިސް ކުރަމުންނެވެ.

ޕާކިސްތާން ވަނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ކުޅެފަ އެވެ. އެއީ 13 އަހަރަށް ފަހު، ސާފްގެ ސެމީގައި ޕާކިސްތާންގެ ފުރަތަމަ ފެނިލުމެވެ. އެންމެ ފަހުން، 2021 ވަނަ އަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރިއިރު، ޕާކިސްތާން އޮތީ ސަސްޕެންޝަނެއްގަ އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަށް ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ޕްރެކްޓިސް ކުރަން އެކަށީގެންވާ މުއްދަތެއް ނެތެވެ. މިއީ ރާއްޖޭގެ ޕްރީ ސީޒަން ދުވަސްވަރު ކަމަށްވެފައި، ރަސްމީކޮށް ފުޓްބޯޅަ މެޗެއް ނުކުޅޭތާ ހަތް މަސްވާން ގާތްވެފައިވާއިރު، ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން މި ވަގުތު ޕްރެކްޓިސް ކުރަނީ ދެ ޓީމު ކަމަށްވާތީ އެވެ. އެއީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންްޑް ރެކްރިއޭޝަނާއި ރަނަރަޕް ކްލަބް އީގަލްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox