ރާއްޖޭގައި އަދި ނުހަދާ ވަރުގެ ރިސޯޓެއް އެސްތިތުމާރުން ހަދަނީ

އެސްތިތްމާރު ހޯލްޑިންސް ގެ ވައިސް ޗެއާމަން ރާމިޒް އަލް ހައްޔާތު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- އަދަދު ފޮޓޯ މުހައްމަދު ޝާބިން

އެސްތިތްމާރު ހޯލްޑިންސް ގެ ވައިސް ޗެއާމަން ރާމިޒް އަލް ހައްޔާތު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- އަދަދު ފޮޓޯ މުހައްމަދު ޝާބިން

ގަތަރުގެ ބިޔަ ކުންފުންޏެއް ކަމަށްވާ އެސްތިތުމާރު ހޯލްޑިންސް އިން ރާއްޖޭގައި ކުރި ފުރަތަމަ ތަޖުރިބާ ކާމިޔާބު ވުމުން، ކިތަންމެ ބޮޑު އިންވެސްޓެއް ކުރަން ވެސް އެ ކުންފުނިން އޮތީ ތައްޔާރަށެވެ. މާލެ އަތޮޅު ދެކުނު ބުރީގައި، ފަޅެއް ހިއްކައިގެން 343 މިލިއަން ޑޮލަރުގެ (5.3 ބިލިއަން ރުފިޔާ) އަގުބޮޑު، ރާއްޖޭގައި އަދި ނެތް ވަރުގެ ރިސޯޓެއް ހެދުމަށް އެކުންފުނިން ވަނީ މިހާރު މަސައްކަތް ފަށައިފަ އެވެ.

ސާޅީސް ހާހެއްހާ މުވައްޒަފުން ތިބި އެސްތިތުމާރު އަކީ ތަފާތު ސާވިސްތަކާއި ސިއްހީ ދާއިރާ އާއި ކޮންޓްރެކްޓިން ދާއިރާ އާއި ބޮޑެތި އިންޑަސްޓްރިއަލް މަސައްކަތްތަކުގައި އަރާހުރި ކުންފުންޏެކެވެ. އެ ކުންފުނީގެ ވައިސް ޗެއާމަން ރާމިޒް އަލް ހައްޔާތު އަކީ، ރާއްޖޭގެ ލަގްޒަރީ ރިސޯޓް ވޯލްޑްރޯފް އެސްޓޯރިއާ، އިތާފުށި ރިސޯޓް، އިތާފުށި އިންވެސްޓްމަންޓްގެ އެއް ހިއްސާދާރު، ދޯހާގެ އެސެޓް ގްރޫފްގެ ވެސް ވައިސް ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރެވެ. ފަޅެއް ހިއްކައިގެން ހަދައި 2019 ވަނަ އަހަރު ހުޅުވި އިތާފުށި ރިސޯޓުގައި ދެން ހިއްސާ ވަނީ ރިސޯޓް އެންޑް ހޮޓެލް ކޮންސްޓްރަކްޝަން ކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އެވެ.

ގަތަރުގައި 2015 ވަނަ އަހަރު ހުޅުވި ބަނާނާ އައިލެންޑް ރާމިޒުގެ ކުންފުންޏަކުން ތަރައްގީ ކުރީ ޖަނާހުގެ ކުންފުންޏާއި ގުޅިގެންނެވެ. އެ ގުޅުން އިތުރަށް ބަދަހިވެ، ރާމިޒް ގެ އެސެޓް ގްރޫޕުން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމީ ޖަނާހު ދެއްވި ޔަގީން ކަމުގެ މައްޗަށެވެ. ރާއްޖޭގައި އިތުރު ރިސޯޓެއް ތަރައްގީ ކުރުމާ ގުޅޭ ގޮތުން އިތާފުށި ރިސޯޓުގައި، އާދީއްތަ ދުވަހު އެ ދެ ބޭފުޅުން ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާފައެވެ.

ވޯޑްރޯފް އެސްޓޯރިއާ އިތާފުށީ ރިސޯޓޫގެ ދެ ހިއްސާދާރުން ކަމަށްވާ ރާމިޒް (ކ) އާއި ޖަނާހު -- އަދަދު ފޮޓޯ މުހައްމަދު ޝާބިން
ވޯޑްރޯފް އެސްޓޯރިއާ އިތާފުށީ ރިސޯޓޫގެ ދެ ހިއްސާދާރުން ކަމަށްވާ ރާމިޒް (ކ) އާއި ޖަނާހު -- އަދަދު ފޮޓޯ މުހައްމަދު ޝާބިން

ވޯޑްރޯފް އެސްޓޯރިއާ އިތާފުށީ ރިސޯޓޫގެ ދެ ހިއްސާދާރުން ކަމަށްވާ ރާމިޒް (ކ) އާއި ޖަނާހު -- އަދަދު ފޮޓޯ މުހައްމަދު ޝާބިން

"މި ގާތް އެކުވެރިޔާ އާ އެކު، ފުރަތަމަ ހެދި ރިސޯޓަކީި (ގަތަރުގައި) ބަނާނާ އައިލެންޑް، ދެން 2019 ވަނަ އަހަރު އައިސް ފަޅެއް ބަލާފައި، އިތާފުށީ ތަރައްގީ ކުރަން ނިންމީ،" ޒާމިޒް ވިދާޅުވި އެވެ. "ވޯޑްރޯފް އެއްޓޯރިޔާ، އިތާފުށްޓަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ރަނގަޅު އަދި އެހާމެ ކާމިޔާބު ރިސޯޓެއް."

ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެއިން ކޮވިޑް މެނޭޖު ކުރި ގޮތް ފަހަގަ ކުރައްވާ ރާމިޒް ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ. ރާއްޖެ އަކީ ޓޫރިޒަމް މެނޭޖު ކުރުމުގައި ހަރުދަނާ ގޮތް ގެންގުޅޭ ގައުމެއް ކަމާއި، ރާއްޖެ އަކީ ޓޫރިޒަމްގެ އިންޓްމަންޓުގެ ރިޓާން އަވަހަށް ލިބޭ، އިންވެސްޓް ކުރަން ވަރަށް އެކަށީގެންވާ ގައުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީ ރީތި ގައުމެއް، ރިޓާން ރަނގަޅު ގައުމެއް، އިންވެސްޓްމަންޓާ ބެހޭ ގާނޫނުތައް ވެސް ހުޅަނގާ ރައްޓެހި، އެހެންވީމާ މިތަނުގައި އަދި ވެސް ގިން ގިނަ އިންވެސްޓްމަންޓްތައް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އިތުރު ފަޅެއް ހިއްކައިގެން ރާއްޖޭގައި އަދި މިހާތަނަށް ހުޅުވާފައި ނުވާ ފެންވަރުގެ ފެމެލީ ފްރެންޑްލީ ރިސޯޓެއް ތަރައްގީ ކުރަނީ ރާމިޒްގެ އެސްތިތުމާރު ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ރޯޔަލް ރިސޯޓްސް އިން ނެވެ. ފަސް ޕްރައިވެޓް އައިލެންޑާއި ރާއްޖޭގެ ފުރަތަމަ ވޯޓާ ޕާކް ހިމެނޭ 128 ވިލާގެ މި ރިސޯޓް މެނޭޖު ކުރާނީ އަލްޓްރާ ލަގްޒަރީ ހޮސްޕިޓަލިޓީ ބްރޭންޑް، ރޯސްވުޑް ހޮޓެލް އެންޑް ރިސޯޓްސް އިން ނެވެ. މިހާރު ފަޅު ހިއްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، 2025 ގެ ކުރީ ކޮޅު ރިސޯޓް ހުޅުވަން ވަނީ ޕްލޭން ކޮށްފަ އެވެ.

އެސްތިތްމާރުން ރިސޯޓް ތަރައްގީ ކުރަން ނިންމާފައިވާ ފަޅު: މި ފަޅު އޮންނަނީ މާލެ އަތޮޅު ދެކުނު ބުރީގައި -- އަދަދު ފޮޓޯ
އެސްތިތްމާރުން ރިސޯޓް ތަރައްގީ ކުރަން ނިންމާފައިވާ ފަޅު: މި ފަޅު އޮންނަނީ މާލެ އަތޮޅު ދެކުނު ބުރީގައި -- އަދަދު ފޮޓޯ

އެސްތިތްމާރުން ރިސޯޓް ތަރައްގީ ކުރަން ނިންމާފައިވާ ފަޅު: މި ފަޅު އޮންނަނީ މާލެ އަތޮޅު ދެކުނު ބުރީގައި -- އަދަދު ފޮޓޯ

"އެއީ ފެމެލީ ޕްރެންޑްލީ ރިސޯޓެއް، ފަސް ޕްއިވެޓް އައިލެންޑް އޮންނާނެ، ދުނިޔޭ ފެންވަރުގެ ރާއްޖޭގެ ފުރަތަމަ ވޯޓާ ޕާކު އެތަކުގައި ހަދާނެ، ނުވަ ރެސްޓޯރަންޓް ހުންނާނެ، ހުރިހާ ހިސާބެއްގެ ކެކުން ލިބެން ހުންނާނެ،" ރާމިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އަކީ މަތީ ފަންތީގެ ޓޫރިޒަމް މަންޒިލަކަށް ވުމުން އިގްތިސާދީ ލޮޅުންތަކުގެ އަސަރު ކުޑަ ކަމަށެވެ. އެހެން ކަމުން ދެ ވަނަ ރިސޯޓެއް ތަރައްގީ ކުރުމާ ހަމައިން ނުނިންމާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން އެނާ ދެއްވި އެވެ.

"އަހަމެންގެ އެބަހުރި އިތުރު ބްރޭންޑްތައް، އެ ބްރެންޑްތައް ރާއްޖެ ގެންނަން ބޭނުންވޭ، ކުރިއަށް އޮތް ތިނެއް ނުވަތަ ފަސް އަހަރު ދުވަހުގެ ތެރޭގައި ތިނެއް ނުވަތަ ހަތަރު ޕްރޮޖެކްޓް ގެންނާނަން،" ރާމިޒް ވިދާޅުވި އެވެ.

ރާމިޒް ވިދާޅުވީ ޓޫރިޒަމް ނޫން ދާއިރާތަކުން ވެސް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި އެސްތިތުމާރު އިން ކުރިއަށް ދާން ވިސްނާފައިވާ ގޮތް ސަރުކާރާއި ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އުންމީދަކީ އެކުންފުނީގެ އިންވެސްޓްމަންޓް ތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް ވެސް ފައިދާ ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox