ޑެހެއާއާ މެދު ޓެން ހާގް ކަންބޮޑުވާ ކަމެއް އެބައޮތް

Mar 11, 2023, 8:15 AM
ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ޑެހެއާ (ކ) އާއި ޓެން ހާގް ވާހަކަ ދައްކަނީ.

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ޑެހެއާ (ކ) އާއި ޓެން ހާގް ވާހަކަ ދައްކަނީ.

މެންޗެސްޓާ (މާޗް 11) - މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު، ޑޭވިޑް ޑެހެއާގެ ކުޅުމުގެ ސްޓައިލުގައި ކަންބޮޑުވާ އެއް ކަމެއް އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިިކް ޓެން ހާގް ބުނެފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން 4-1 އިން މޮޅުވި މެޗުގައި، ސްކޯ 1-1 ގައި އޮއްވައި، ޑެހެއާ، 32، އަތުން ހެދުނު ގޯހެއްގައި ބެޓިސް ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޑެހެއާ ކުރިއަށް ޖެހި ބޯޅައެއް ބެޓިސް ކުޅުންތެރިއަކަށް ލިބި އެ ޓީމުން ކުރި އެޓޭކުގައި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗަށް ފަހު، އެކަމަށް އިޝާރާތްކޮށް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓެން ހާގް ބުނީ، ޑެހެއާ، ޑިފެންސިވް އޭރިއާއިން އެ ޖަހާ ބޯޅަތަކުގައި ކަންބޮޑުވާ ކަންތައްތަކެއް، ޔުނައިޓެޑާ ހަވާލުވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފާހަގަކުރެވުނު ކަމަށެވެ.

"އެކަން އަހަންނަށް އެންމެ ފުރަތަމަ ދުވަހު ވެސް ފާހަގަވި، މިއަދު (ބުރާސްފަތި ދުވަހުގެރޭ) ވެސް އެކަން ފެނިއްޖެ، އެހެންވީމަ އެކަން އެބަޖެހޭ ރަނގަޅުވާން. މިހެން ބުނާއިރު ވެސް އަހަރެމެން ވިސްނާލަން ޖެހޭ މި ސީޒަނުގައި ޑެހެއާގެ ވަރަށް ރަނގަޅު މެޗުތަކެއް ފެނިގެން ގޮސްފިކަން،" ޓެން ހާގް ބުންޏެވެ.

"މި މެޗުގައި (ބެޓިސް މެޗުގައި) ޑެހެއާ އަތުން އެ ގޯސް ހެދުނު ސަބަބެއް ކަމަށް ވެދާނެ، މެޗު ކުޅުނީ ވަރަށް ވައިގަދަ ވަގުތެއްގައި. އެކަމަކު، މި ކަމަށް އަހަރެމެން އެބަޖެހޭ ހައްލުތަކެއް ގެންނަން، ޓްރެއިނިންގައި އެކަމަށް ސަމާލުވާނަން،"

ދާދި ފަހުން، ޑެހެއާ ވަނީ ޔުނައިޓެޑްގެ ލެޖެންޑަރީ ކީޕަރު، ޕީޓަ ޝްމައިކަލްގެ ކްލީންޝީޓް ރެކޯޑާ ހަމަކޮށްފަ އެވެ. ޑެހެއާ ވަނީ ކޮޅަށް ގޯލެއް ނުވައްދައި، 180 މެޗުގައި ކްލީންޝީޓް ހަދައިފަ އެވެ.

ޔުނައިޓެޑާ އެކު ޑެހެއާ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އާ ކޮންޓްރެކްޓެއް ހަދަން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް އަދި ދެ ފަރާތަށް އެއްބަސްނުވެވޭ ކަންތައްތައްކެއް އަދި ހުރުމުން އެއްބަސްވުމަކާ ހަމައަށް ނާދެވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ހުށަހަޅަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. އެކަމަކު، ޑެހެއާ ބޭނުންވާ މުސާރަ ދިނުމާ މެދު ޔުނައިޓެޑުން ގޮތެއް ނުނިންމަ އެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް، ޑެހެއާ ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ޔުނައިޓެޑުން ވަނީ އޭރު ޑެހެއާ ގަންނަން އެތުލެޓިކޯ އަށް 18 މިލިއަން ޕައުންޑް (24 މިލިއަން ޑޮލަރު) ދީފަ އެވެ.

ޑެހެއާ، ޔުނައިޓެޑް ދޫކޮށްލުމާ އެންމެ ގާތަށް ދިޔައީ 2015 ވަނަ އަހަރު އެވެ. އެ ފަހަރުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ޑެހެއާ އަށް ރެއާލް މެޑްރިޑަށް ސޮއިނުކުރެވުނީ ޔުނައިޓެޑުން ފަހު ވަގުތު ރެއާލަށް ބޭނުންވާ ލިޔެކިޔުންތައް ފެކްސް ނުކުރުމުންނެވެ. އޭގެ ފަހުން، ދޮޅު އަހަރެއްހާ ދުވަހުގެ މުއްދަތަށް ޔުނައިޓެޑާއި ޑެހެއާގެ ގުޅުން ހީނަރުވި އެވެ. އެކަމަކު، އަލުން ޓީމާ އެކު، ގުޅުން ރަނގަޅުވެ، ޑެހެއާ ވަނީ ގިނަ މެޗުތަކެއްގައި ޔުނައިޓެޑްގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox